ސޯލިހު ފައިސަލަށް ތާއިދު ކުރައްވާކަން ހާމަކުރައްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލޭގެ މޭޔަރު އާދަމް އާޒިމަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ. ސޯލިހު ވިދާޅުވީ އެ ދެ ބޭފުޅުން ޕްރައިމަރީގައި ވާދަކުރައްވަނީ އެމަނިކުފާނާ މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. މި އިންތިޚާބުގައި ފައިސަލްގެ އިތުރުން ފައްޔާޒު އިސްމާއީލާއި އަބްދުﷲ ޝާހިދު ވެސް ވާދަކުރައްވާނެކަން ވަނީ އިޢުލާނުކުރައްވާފައެވެ.