ޔާމީނާ ވާދަކުރައްވައިފި ނަމަ މުއިއްޒަށް ފަސް ޕަސެންޓު ވެސް ނުލިބޭނެ: ފައްޔާޒު

Nov 22, 2026, 9:28 AM
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ މުއިއްޒަށް އިންތިހާބު ކާމިޔާބުކުރެއްވޭނީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައިގެން --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ މުއިއްޒަށް އިންތިހާބު ކާމިޔާބުކުރެއްވޭނީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައިގެން --- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކަމާ އެކު ވާދަކުރައްވަން ފުރުސަތު ލިބިއްޖެ ނަމަ، ރައީސް މުހައްމަދު މުއިއްޒަށް ވޯޓުގެ ފަސް ޕަސެންޓު ވެސް ނުލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.

މި ވެރިކަމާ މެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ފައްޔާޒު ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން އެންމެ މަދު ވޯޓު ލިބިވަޑައިގަންނަވާނެ ބޭފުޅަކަށް ރައީސް މުއިއްޒު ވާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ދިވެހި ތާރީހުގައި ވެސް ރައްޔިތުންގެ މެދުގައި މިހާ މަގުބޫލުކަން ކުޑަ ވެރިއަކު އަދި ފެނިފައި ނުވާ ކަމަށެވެ. އަދި، އެ މަނިކުފާނަކީ ވެރިކަން ކުރެއްވުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން ކަމަށާއި، ގައުމުގެ ހާލަތު ފުނޑުފުނޑުކޮށްލައްވައިފި ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

"މިހާ އަންޕޮޕިއުލާ ވެރިއަކު އަދި އެއް ދިވެހިރާއްޖޭގެ ތާރީހުގައި އެއްވެސް މީހަކު ނުދެކެން. މިޒާޖު ވެސް މީހުންނަށް ކަމުދާ ކަހަލަ މިޒާޖަކަށް ނުވޭ. ގާބިލެއް ނޫން. ގާބިލު ނުވިތާނަ ގައުމު ފުނޑުފުނޑުކޮށްލައިފި." ފައްޔާޒު ވިދާޅުވި އެވެ. 

އިންތިހާބުގައި ރައީސް މުއިއްޒަށް ކާމިޔާބު ލިބޭނެ ހަމައެކަނި ގޮތަކީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައިގެން ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ. އެ ގޮތަށް އަމަލުކޮށްފި ނަމަ، އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނީ ހަމައެކަނި ރައީސް މުއިއްޒުގެ ނަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވާދަވެރި ސިފައެއް ދެއްކުމަށްޓަކައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުގެ ނަން ވެސް ނެރެފާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ފަސް ޕަސެންޓެއް ވެސް ނުލިބޭނެ އިނގޭތޯ. އަދި ހާއްސަކޮށް ރައީސް ޔާމީނު މިނިވަންކޮށް ހުންނަވާ ރައީސް ޔާމީން ކުރިމަތިލުމުގެ ޖާގަ ލިބިއްޖެއްޔާމުން ހަމަ ފަސް ޕަސެންޓް ވެސް ނުލިބޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އޮޅުވާލައިގެން ނުވަތަ ފައިސާ ދީގެން ވޯޓު ގަންނަން ކަމަށް ވެސް ފައްޔާޒު ތުހުމަތުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް މަޖުބޫރުކޮށް، ވަޒީފާގެ ބިރު ދައްކައިގެން ޕީއެންސީއަށް މީހުން ވައްދަމުން ދަނީ އެ ސަބަބާ ހުރެ ކަމަށެވެ.

އެހެންކަމުން ރައްޔިތުން ހިތުން ރުހުމުން ވޯޓު ދީގެން ދެވަނަ ދައުރަކަށް ހޮވޭނެ އެއްވެސް ފުރުސަތެއް މި ސަރުކާރަށް ނެތް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox