މުހައްމަދު ނަޝީދު
2 ލިޔުން
ފަހުގެ
ހަބަރުހުލާސާކޮށް އިއްޔެ: އެއްބަސްވުމާއި މުއާމަލާތުގެ ތަފްސީލެއް ނެތް!
ރަސްމާލޭގައި ވޯޓާ ފްރަންޓް ތަރައްގީކުރުމަށް އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ނެތް ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގޮވާލާފައިވާއިރު، އެއްބަސްވުން ބާތިލުކުރަން ޖެހިއްޖެ ނަމަ އޭގެ ބަދަލު ދޭންޖެހޭނީ މަޝްރޫއަށް ތާއީދުކުރި ފަރާތްތަކުގެ އަމިއްލަ މުދަލުން ކަމަށް ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.
ހަބަރު"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"
ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
