ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ދެން އޮތް މުބާރާތް އަންނަ އަހަރުގެ ޖޫން/ޖުލައި ގައި ކުރިއަށްގެންދިއުމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ޝެޑިއުލްކޮށްފި އެވެ.
ސާފް އިން އެކްސްކްލޫސިވް ކޮމާޝަލް ޕާޓްނަރެއް 2027 އިން 2030 ގެ ނިޔަލަށް ހޯދުމަށްޓަކައި ހުޅުވާލިއިރު، އެ ބަޔާނާ އެކު އެއް ކަރުދާސްކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ، އަންނަ އަހަރު މުބާރާތެއްގެ އިތުރުން، 2029 ވަނަ އަހަރު މުބާރާތެކެވެ.
މި އަހަރު ބަންގްލަދޭޝްގެ ވެރި ރަށް، ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތަކީ ހަގީގަތުގައި މިދިޔަ އަހަރު ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ މުބާރާތް މި އަހަރަށް ފަސް ކުރަން ޖެހުނީ އެވެ.
އަށް މަސް ފަހުން ސާފް ޗެމްޕިއަންޝިޕެއް، ސްރީ ލަންކާ އިން ހޯސްޓްކުރަން މަސައްކަތް ފަށަނީ
އަށް މަސްދުވަހުގެ ތެރޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތް ސްރީލަންކާގައި ބޭއްވުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި. އެ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވީ، ލަންކާގެ ފުޓްބޯޅަ ކުރިއަރުވައި ވަރުގަދަ ކުރުމަށްޓަކައި އަމިއްލަ ގައުމުގައި މި މުބާރާތް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް.
އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕެއް އޮންނާނެކަން އިއުލާނުކުރީ، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު އެވެ. ސާފްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން އަންނަ ޖަސްވާރު ވަނީ ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއް މެދުވެރިކޮށް، އަންނަ އަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕް އެ ގައުމުގައި ހޯސްޓްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވަން އޮތީ މިދިޔަ އަހަރު އެވެ. އެ މުބާރާތް ހޯސްޓްކުރަން ވެސް ސްރީ ލަންކާ އިން މަސައްކަތްކުރި އެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ މުބާރާތް މި އަހަރަށް ފަސްކޮށް، އެންމެ ފަހުން ބަންގްލަދޭޝްގައި ހޯސްޓްކުރަން ނިންމީ އެވެ. ސްރީ ލަންކާ އިން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 1995 ވަަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ސާފްގެ ޗެމްޕިއަންކަން ހޯދި އެވެ. އޭގެ ފަހުން، ސްރީ ލަންކާ އަށް ސާފް ޗެމްޕިއަންޝިޕެއް ހޯސްޓްކުރުމުގެ ފުރުސަތު ލިބިފައިވަނީ، ރާއްޖެއާ ގުޅިގެން ކޯ-ހޯސްޓެއްގެ ގޮތުގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލް ކުޅުނީ ސްރީ ލަންކާގަ އެވެ.
ބަންގްލަދޭޝްގައި މި ފަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ނޫން ސަރަހައްދުގެ ހުރިހާ ގައުމެއް ވާދަކުރި އެވެ. ނޭޕާލް މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ. އެކަމަކު، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ނޭޕާލަށް ފީފާގެ ސަސްޕެންޝަނުން ސަލާމަތްވުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ.
ފައިނަލުގައިއ ޕާކިސްތާން ބަލިކޮށް، މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ އިންޑިއާ އެވެ. މިއީ، އިންޑިއާ އިން ސަރަހަައްދުގެ ތަށި ހޯދި 10 ވަނަ ފަހަރެވެ. އެންމެ ފަހުން ތިން ފަހަރު ޗެމްޕިއަންކަން ހޯދީ ވެސް އިންޑިއާ އިންނެވެ.








