ސުޖަން، 17 އަހަރަށް ފަހު ސްރީ ލަންކާ އަށް ކުޅުން ހުއްޓާލައިފި

Nov 17, 2026, 2:22 PM
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެެއިން ސްރީ ލަންކާގެ ގޯލްކީޕަރު، ސުޖަން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެެއިން ސްރީ ލަންކާގެ ގޯލްކީޕަރު، ސުޖަން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސްރީ ލަންކާ ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު ގޯލްކީޕަރު، ސުޖަން ޕެރޭރާ އެ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ. 

އުމުރުން 34 އަަހަރުގެ ސުޖަން ގައުމީ ޓީމަށް ހުއްޓާލިކަން ފުރަތަމަ އިއުލާނުކުރީ ފުޓްބޯލް ފެޑެރޭޝަން އޮފް ސްރީ ލަންކާ (އެފްއެފްއެސްއެލް) އިންނެވެ. އޭގެ ފަހުން، ސުޖަން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ރިޓަޔާކުރިކަން އިއުލާނުކޮށް މެސެޖެއް ހިއްސާކޮށްފަ އެވެ. 

ސްރީ ލަންކާ ޓީމުގައި އެންމެ ފުރަތަމަ 2009 ވަނަ އަހަރު ހިމެނުނު ނަމަވެސް ސުޖަން، އެ ޓީމަށް މެޗެއް ކުޅެފައިވަނީ، 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން ސްރީ ލަންކާ މޮޅުވި މެޗުގަ އެވެ. އޭގެ ފަހުން، މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް ސުޖަން ވަނީ ގައުމީ ޓީމަށް 69 މެޗު ކުޅެދީފަ އެވެ. 

ލަންކާއާ އެކު ހަތަރު ސާފް ޗެމްޕިއަންޝިޕެއްގައި ކުޅެފައިވާ ސުޖަން ބުނީ، އެ ޓީމާ އެކު، އެ މުބާރާތް ކާމިޔާބުކުރުމަކީ އަބަދުވެސް ދެކުނު ހުވަފެނެއް ކަމަށެވެ. 

"ބައެއް ދުވަސް ދުވަހު އަހަރެން ތި މީޙުން ފަހުރުވެރިކޮށްދިނިން. ބައެއް ދުވަސް ދުވަހު ތި އެންމެން އަހަންނާ މެދު މާޔޫސްވާން ޖެހުނު ފަހަރުތަކެއް އައި. އެކަމަކު، އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ތި އެންމެން އަހަންނާ އެކު ހުރުމަކީ ލިބުނު އެންމެ ބޮޑު އުފާ، ސްރީ ލަންކާގެ އެންމެންނަށް ޝުކުރިއްޔާ،" ބަންގްލަދޭޝްގެ ފޯޓިސް އަށް ކުޅެމުން އަންނަ ސުޖަން ބުންޏެވެ. 

ސްރީ ލަންކާ ގައުމީ ޓީމުގައި ހޭދަކުރި އަހަރުތަކަކީ ހިތުން ފިލައިގެން ނުދާނެ ކަންތައްތަކެއް ކަމަށާއި އއެ ހަނދާންތައް އަބަދުވެސް އާ ކުރާނީ ފަހުރުވެރިކަމާ އެކު ކަމަށް ސުޖަން ވަނީ ބުނެފަ އެވެ. ކުރެވުނު ހިތްވަރާއި ދެވުނު ވަގުތާ ހުރިހާ ކަމެއް ވެސް އުފަލާ އެކު ފާހަގަކުރާނެ ކަމަށް ސުޖަން ވަނީ ބުނެފަ އެވެ. 

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ޓީމުގެ ކެޕްޓަން، ސުޖަންގެ ރިޓަޔަމަންޓްގެ ކަންކަން އަންނަ އަހަރުގެ މާޗް މަހު ހާއްސަ ހަފްލާއެއްގެ ތެރެއިން ފާހަގަކުރާނެ ކަމަށް ބުނެފަ އެވެ. އަންނަ އަހަރުގެ މާޗް މަހަކީ ދެން އޮތް ފީފާ ބްރޭކުގެ މުއްދަތެވެ. 

ސުޖަން ވަނީ ކްލަބް ލެވަލްގެ ފުޓްބޯޅައިގައި ބަންގްލަދޭޝް އާއި ސްރީ ލަންކާގެ ޓީމުތަކަށް ކުޅުމުގެ ކުރިން ރާއްޖޭގެ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނެޓްބޯޅަ ކޮމްޕްލެކްސް އިން ކުޅިވަރުގެ ދުރުރާސްތާ ޕްލޭނަށް ފައިދާ

ސަރުކާރުގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ ދަށުން ހުޅުމާލޭގައި ބިނާކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އަޅައިފި. މި ކޮމްޕްލެކްސްގައި ފަސް ޕިޗު ހިމެނޭއިރު، މިއީ ނެޓްބޯޅައިގެ އިތުރުން އެހެނިހެން އިންޑޯ ކުޅިވަރުތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެހެން ފަރުމާކުރެވިފައިވާ ތަނެއް.

އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ އާއި ނިއު ފެށީ ބޮޑު މޮޅަކުން

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުތަކުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ބޮޑު ތަފާތަކުން މޮޅުވެއްޖެ. މާޒިޔާއިން އެމްއެސް މޭޓްސް އަތުން 8-0 އިން މޮޅުވިއިރު، ނިއު ރޭޑިއަންޓުން ވަނީ ދަ ގްރާންޑޭ އަތުން 15-0 އިން ކުރިހޯދާފައެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެވަނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު.

ޖޭޖޭ ސްޕޯޓްސް ކްލަބުން ކޮޅުނބު ފުޓްސަލް ކަޕް ތަށި ދިފާއުކޮށްފި

ސްރީ ލަންކާގައި ބޭއްވި ކޮޅުނބު ފުޓްސަލް ކަޕްގެ ފައިނަލުގައި ލާސްޓް ވޯނިން އެފްސީ 3-0 އިން ބަލިކޮށް، ޖޭޖޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފި. މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ޖޭޖޭ މޮޅުވެފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނޭ

އިޓަލީ ކަޓުވާލައި ބެލްޖިއަމުން ނޭޝަންސް ލީގު ކުއާޓާ އަށް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 4-1 ގެ ބޮޑު ތަފާތަކުން އިޓަލީ ބަލިކޮށް، ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި. އިޓަލީން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބެލްޖިއަމުން ފަހަތުން އަރައި ފަސް ލަނޑު ޖެހިއިރު، މި ނަތީޖާއާއެކު އިޓަލީ ވަނީ މުބާރާތުން ކަޓާފައި

އިންގްލެންޑް އަތްދަށުވެ ސްޕެއިންގެ ބަލިނުވުމުގެ ރެކޯޑް ނިމިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑް އަތުން 3-2 އިން ބަލިވެ، ސްޕެއިން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި 43 މެޗުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެ. މި މެޗުގައި އިންގްލެންޑުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޕެއިނުން ދެ ލަނޑު ޖެހި ނަމަވެސް މެޗުން މޮޅުވެވޭ ގޮތެއް ނުވި

އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ހުޅުމާލޭގައި ބިނާކުރާ ފުޓްސަލް އެރީނާގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އުންމީދެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ވަސީލަތްތައް ގާއިމުކުރުމަށް ފެށި މުހިންމު މަސައްކަތެއް

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

Newsletter

Get the latest news delivered straight to your inbox