އެފްއޭއެމްގެ އޮފިޝަލެއް ނެތް، ރާއްޖޭގެ ޓްރޮފީއާ ހަވާލުވީ ނޫސްވެރިއެއް!

ސާފް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖެ އަށް ދިން ފެއާޕްލޭ ޓްރޮފީއާ، ކުޅިވަރު މީޑިއާ ސިޑިބަރީގެ ނޫސްވެރިޔާ އައްފާން (އައްޕި) ހަވާލުވަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖެ އަށް ދިން ފެއާޕްލޭ ޓްރޮފީއާ، ކުޅިވަރު މީޑިއާ ސިޑިބަރީގެ ނޫސްވެރިޔާ އައްފާން (އައްޕި) ހަވާލުވަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި މިދިޔަ އަންގާރަ ދުވަހުގެރޭ ނިމުނު ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ހަ ގައުމުގެ ތެރެއިން އެންމެ ނަތީޖާ ދަށް ޓީމަކީ ރާއްޖެ އެވެ. އެކަމަކު، މުބާރާތުގެ ފެއާ ޕްލޭ ޓްރޮފީ ލިބުނީ ރާއްޖެ އަށެވެ. އެކަމަކު، އެ ޓްރޮފީއާ ހަވާލުވާނެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޮފިޝަލަކު ނެތުމުން އެ ޓްރޮފީއާ ހަވާލުވާން ސްޓޭޖަށް އެރީ މުބާރާތް ކަވަރުކުރަންދިޔަ ރާއްޖޭގެ ނޫސްވެރިއެކެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

އެހާ ހިސާބުން އުފެދުނު ސުވާލަކީ، އެ ޓްރޮފީއާ ހަވާލުވާނެ އެފްއޭއެމްގެ އޮފިޝަލަކު ނުވީ ހެއްޔެވެ؟ އަދި، ނޫސްވެރިއަކު ދާން ޖެހުނު ސަބަބު އޮޅުންފިލުވަން ގިނަ ބަޔަކު ބޭނުންވި އެވެ. 

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސައުތު އޭޝިއަން ފުޓްބޯލްް ފެޑެރޭޝަން (ސާފް) އިން ފެއާޕްލޭ ޓްރޮފީ ރާއްޖެ އަށް ލިބޭކަން އެންގީ، އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ ފައިނަލް މެޗު ކުރިއަށް ދަނިކޮށެެވެ. ކުޑަ މުއްދަތެއްގެ ތެރޭގައި އެންގުމާ ގުޅިގެން، އެފްއޭއެމް އިން ސާފް އަށް އަންގާފައިވަނީ، ބަންގްލަދޭޝްގައި ހުންނަ އެމްބަސީން އެއްވެސް ބޭފުޅަކަށް ފައިނަލް މެޗުގެ ދައުވަތު ލިިބިގެން އެ ތަނަށް ވަޑައިގެންހުންނެވި ނަމަ، އެ ފަރާތަކަށް ޓްރޮފީ ހަވާލުކޮށްދިނުމަށެވެ.

އެމްބަސީގެ އޮފިޝަަލަކު ނެތްނަމަ، ސާފްގެ ހިންގާ ކޮމިޓީގެ މެމްބަރަކު ރާއްޖޭގެ ފަރާތުން އެ ޓްރޮފީއާ ހަވާލުވާ ގޮތަށް ހެދުމަށް އެފްއޭއެމް އިން ވަނީ ސާފްގައި ބުނެފަ އެވެ. 

އެއްވެސް ހާލަތެއްގައި، ނޫސްވެރިއަކަށް އެ ޓްރޮފީ ހަވާލުކުރުމަކީ އެފްއޭއެމްގެ ނިންމުމެއް ނޫންކަން ވަނީ އެނގިފަ އެވެ.

އެކަމަކު، އެ ވަގުތު ބަންގްލަދޭޝްގައި، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކަވަރުކުރަން ގޮސް ތިބި މީޑިއާތަކުގެ ނޫސްވެރިންގެ ގާތުގައި ސާފް އޮފިޝަލުން އެ ޓްރޮފީއާ ހަވާލުވާން އެދުނުކަން އެނގިފައިވެ އެވެ. އަދި، ނޫސްވެރިއަކު ޓްރޮފީއާ ހަވާލުވާން ޖެހުނު ސަބަބަކީ ވެސް ސާފްގެ އޮފިޝަލަކު އެ ކަމަށް އެދުމުން ކަން ވަނީ މައުލޫމާތު ލިބިފަ އެވެ.  

އެފްއޭއެމް އިން ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ނިންމުމަށް ފަހު، ފެއާ ޕްލޭ ޓްރޮފީ ރާއްޖެ ގެނައުމަށް ނޫސްވެރިއަކާ ހަވާލުކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ސާފް އަށް އަންގައިފަ އެވެ. އެކަމަކު، ސާފް އިން ނިންމީ ނިންމުމުގެ ރަސްމިއްޔާތުގެ ތެރޭގައި ނޫސްވެރިއަކާ ނަމަވެސް ޓްރޮފީ ހަވާލުކުރުމަށެވެ. 

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި 13 ފަހަރުގެ ތެެރެއިން އެންމެ ދަށް ނަތީޖާ ނެރުނީ މި ފަހަރު އެވެ. ކުޅުނު ދެ މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބި ކެޓއިރު ލަނޑެއް ވެސް ނުޖެހުނެވެ. ފުރަތަމަ މެޗުން ޕާކިސްތާން އަތުން 3-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 1-0 އިންނެވެ. 

މީގެ ކުރިން، ސާފް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުތަކުގައި ރާއްޖެ ފައިނަލުގައި ނުކުޅުނު ނަމަވެސް އެފްއޭއެމްގެ އޮފިޝަލުން ބައިވެރިވެފައިވެ އެވެ. އެއީ، އާންމު ގޮތެއްގައި، ސާފްގެ ހިންގާ ކޮމިޓީގެ މަގާމެއް ނޫނީ ކޮމިޓީއެއްގެ މަގާމެއް ފުރުއްވަމުން އަންނަ ފަރާތެކެވެ. އެކަމަކު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުޓްބޯޅައިގެ އިސް ފަރާތެއްގެ މި ފަދަ ޝާމިލުވުމެއް ފެނިގެންގޮސްފައިނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox