ޕާކިސްތާން ފުޓްބޯޅަ އިތުރަށް ކުރިއަރާނީ ޕްރޮފެޝަނަލް ލީގެއް އޮވެގެން

Nov 19, 2026, 6:00 AM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޕާކިސްތާންގެ ކޯޗު ސޮލާނޯ ވާހަކަ ދައްކަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޕާކިސްތާންގެ ކޯޗު ސޮލާނޯ ވާހަކަ ދައްކަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޕާކިސްތާން ފުޓްބޯޅަ ބޭނުންވާ މިސްރާބުން ކުރިއަރާނީ ރަނގަޅު ޕްރޮފެޝަނަލް ފުޓްބޯޅަ ލީގެއް އޮވެގެން ކަމަށް ޕާކިސްތާން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާ އަށް ކުޅުމުގެ އިތުރުން، ޕެރޫ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަަކަށް މަސައްކަތްކުރި ސޮލާނޯ، މިހެން ބުނެފައިވަނީ، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ޕާކިސްތާން ދެ ފަހަރު ބަލިވި އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޕާކިސްތާން އަތުން އިންޑިއާ 3-2 އިން މޮޅުވި އެވެ. އަދި، ފައިނަލުގައި ޕާކިސްތާނުން ލީޑުނެގި ނަމަވެސް ފަހަތުން އަރައި އިންޑިއާ މޮޅުވީ އެވެ. 

އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި އެ ޓީމުގައި ހިމެނޭ ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުުންތެރިން ނެތެވެ. އެކަމަކު، ފައިނަލް މެޗުގައި އެ ކުޅުންތެރިންނާ އެކު ކުޅެގެން ވެސް އިންޑިއާ ކައިރިން މޮޅެއް ނުހޯދެ އެވެ. އަނެއްކޮޅުން، ސާފް ޗެމްޕިއަންޝިޕްގައި ކުޅުނީ އިންޑިއާގެ ސީނިއާ ޓީމެއް ނޫނެވެ. އެކި ގޮތްގޮތުން ބަލައިގެން އެކުލަވާލި ޓީމެކެވެ. 

"މިދިޔަ 10 ނޫނީ 15 ވަރަކަށް އަހަރު ޕްރޮފެޝަނަލް ލީގެއްގެ ތެރެއިން ކަންކަން ކުރެވިގެން އެ އައި ތަފާތު އެކި ހާލަތްތަކުގައި މި ފެނިގެންދިޔައީ،" ދިމާވި ގޮންޖެހުންތަކާއެކު ވެސް އިންޑިއާ އިން ތަށި ހޯދުމާ ގުޅޭގޮތުން ސޮލާނޯ ބުންޏެވެ. 

"ޕާކިސްތާނާއި އިންޑިއާގެ ފުޓްބޯޅަ އަޅާކިޔަންޏާ، ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެ މީހުން އެ އޮތީ ކުރީގައި ކަން،" 

ސޮލާނޯ ބުނީ، މިއީ ޕާކިސްތާނުން އެ ގައުމުގެ ފުޓްބޯޅަ ދެން އޮތް ހަރުފަތަށް ގެންދިއުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވިސްނުންތެރިކަމާ އެކު އަޅަން ޖެހޭ ވަގުތެއް ކަމަށެވެ. މިދިޔަ އަަހަރު ޕާކިސްތާންގެ ކޯޗުކަމާ ހަވާލުވި ސޮލާނޯ ބުނީ، އަމާޒަކީ އަންނަ އަހަރު ރަނގަޅު ފެންވަރެއްގެ ޕްރޮފެޝަނަލް ލީގެއް ފެށުން ކަމަށެވެ. 

"ދުނިޔޭގެ އެކި ގައުމުތަކުން (ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ) 15 ނޫނީ 20 ވަރަކަށް ކުޅުންތެރިން ގެނެސްގެން ޓީމެއް ހަދައިގެން ވަރުގަދަ ޓީމެއް ބިނާކުރުމަކީ ހައްލެއް ނޫން. އަހަރެމެން އެބަޖެހޭ ލޯކަލް ކުޅުންތެރިން ކުރިއަރައިގެން ދާނެ ފަދަ ވަރުގަދަ ލީގެއް ކުރިއަށްގެންދަން،" ސޮލާނޯ ބުންޏެވެ. 

އެންމެ ފަހުން، ޕާކިސްތާންގައި ފުޓްބޯޅަ ލީގެއް ފުރިހަމަަކޮށް ބޭއްވީ، 2018/2019 ސީޒަނުގަ އެވެ. 

ޕާކިސްތާނުން ވަނީ މި އަހަރު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖޫން މަހު ހޯދައިފަ އެވެ. އޭގެ ފަހުން، ސެޕްޓެމްބަރު/ އޮކްޓޫބަރު މަހު، ފީފާ އާސިއާން ކަޕްގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އަދި، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައި ރަނގަޅު ކުުޅުމެއް މުޅި މުބާރާތުގައި ދެއްކި އެވެ. 

ސޮލާނޯ ބުނީ، ޕާކިސްތާން ފުޓްބޯޅަ ކުރިއަށްދާ މިސްރާބު ރަނގަޅު ކަމަށާއި އެކަމަކު މި ވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި "ހުއްޓިގެން ބަލަހައްޓައިގެން" ހުރެގެން ވާނެ ފައިދާއެއް ނެތް ކަމަށެވެ. ކޮންމެ ގައުމަކުން ވެސް ފުޓްބޯޅައިގައި ކުރިއަށްދާން އެ ކުރެވޭނެ ކަމެއް ހުރި ވަސީލަތްތަކެއްގެ ބޭނުންހިފައިގެން ކުރަމުން އަންނަ ކަމަށް ސޮލާނޯ ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox