ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

Nov 18, 2026, 11:15 AM
ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026، ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026، ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ބަންގްލަދޭޝްގައި ރޭ ނިމުނު، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ފެއާޕްލޭ އެވޯޑް ރާއްޖެ އަށް ލިބިއްޖެ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނީ ގްރޫޕް ސްޓޭޖުގެ ދެ މެޗެވެ. އެ ގޮތުން، ފުރަތަަމަ މެޗުގައި 3-0 އިން ޕާކިސްތާން އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި އިންޑިއާ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. މި ދެ މެޗަށް ބަލާއިރު، ރާއްޖެ އަށް ދެއްކީ އެންމެ ރީނދޫ ކާޑެކެވެ. އެއީ، ޕާކިސްތާން މެޗުގައި ރާއްޖޭގެ ޑިފެންޑަރު، ހަސަން އީނާޒް އަށް ދެއްކި ކާޑެކެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރޭ ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާ އިން ވަނީ 10 ވަނަ ފަހަރަށް މުބާރާތުގެ ތަށި ހޯދައިފަ އެވެ. 

މިއީ، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް އެންމެ ދަށް ނަަތީޖާ ލިބުނު ފަހަރެވެ. ޖެހިޖެހިގެން ތިން ވަނަ ސާފް ޗެމްޕިއަންޝިޕްގެ ފުރަަތަމަ ބުރުން ކެޓި ރާއްޖެ އަށް މި ފަހަރުގެ މުބާރާތް ނިމުނީ ލަނޑެއް ވެސް ނުޖެހި، ޕޮއިންޓެއް ވެސް ނުލިބި އެވެ. ރާއްޖޭގައި 2021 ވަނަ އަަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅުނުއިރު، ރާއްޖެ ދެ މެޗުން މޮޅުވި އެވެ. އަދި، 2023 ވަނަ އަަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް ބޫޓާން އަތުން މޮޅުވި އެވެ. އެކަމަކު، މި ފަހަރު އެއްވެސް ކަމެއް ހާސިލެއްނުވެ މުބާރާތުން ފުރަތަމަ ކެޓީ ރާއްޖެ އެވެ. 

މީގެ ކުރިން، ބަންގްލަދޭޝްގައި ހޯސްޓްކުރި ތިން ސާފް ޗެމްޕިއަންޝިޕްގެ ފަައިނަލުގައި ވެސް ރާއްޖޭން ކުޅުނެވެ. އެ ގޮތުން، 2003 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި އެވެ. މިއީ، މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ފައިނަލެއްގައި އިންޑިއާ ނެތް ފުރަތަަމަަ ފަހަރެެވެ. އޭގެ ފަހުން، 2009 ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެ ވަނީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ. 

ބަންގްލަދޭޝްގައި ތިން ވަނަ ފަހަރަށް ބޭއްވި ސާފް ޗެމްޕިއަންޝިޕް އޮތީ 2018 ވަނަ އަހަރު އެވެ. އެ ފަަހަރުގެ ފައިނަލުގައި ރާއްޖޭން ވަނީ އިންޑިއާ ބަލިކޮށް ސަރަހައްދުގެ ތަށި ދެ ވަނަ ފަހަރަށް އުފުލާލައިފަ އެވެ. އެކަމަކު، އޭގެ އަށް އަހަރު ފަހުން، ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުރިމަތިލާން ޖެހިފައި މި ވަނީ ރެކޯޑް ދަށް ނަތީޖާއަކާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފްގެ ތަށި އުފުލާލައިފި

ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފިއެވެ. މިއީ އިންޑިއާ އިން ޖެހިޖެހިގެން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ. ފުރަތަމަ ހާފުގައި ޕާކިސްތާނުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އިންޑިއާ އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

ސުޖަން، 17 އަހަރަށް ފަހު ސްރީ ލަންކާ އަށް ކުޅުން ހުއްޓާލައިފި

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ވަންދެން ކުޅެދިނުމަށްފަހު، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ގައުމީ ޓީމަށް 69 މެޗު ކުޅެދީފައިވާ ސުޖަންގެ ރިޓަޔަމަންޓް ފާހަގަކުރުމަށް އަންނަ އަހަރުގެ މާޗް މަހު ހާއްސަ ހަފްލާއެއް ބޭއްވުމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމާފައި

އިޔަން އާއި އާމިން ގައުމީ ބޮޑީބޯޑިން ލީގު ޓައިޓަލް ދިފާއުކޮށްފި

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ދިފާއުކުރިއިރު، ޖޫނިއާ ލީގުގެ ޓައިޓަލް އިޔަން އަހުމަދު ވަނީ ދިފާއުކޮށްފައެވެ. އާމިން ލީގު ކާމިޔާބުކުރީ ސީޒަން ނިންމާލުމަށް ބޭއްވި ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަން ބައިގެ އެއްވަނަ ހޯދައިގެންނެވެ. އަދި އިޔަން ޖޫނިއާ ލީގުގެ އެއްވަނަ ހޯދީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ކުރިހޯދައިގެންނެވެ.

އިންޑިއާގެ އަމާޒު ހުރީ ޖެހިޖެހިގެން ތިން ވަނަ ސާފް ތަށްޓައް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ އަމާޒުގައި އިންޑިއާ މިރޭ ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ. އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނިގޮތުގައި، ގިނަ ގޮންޖެހުންތަކަކާއެކު ވެސް މި މުބާރާތް ކާމިޔާބުކުރުމަކީ އެ ގައުމުގެ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް

ޕާކިސްތާނަށް އިންޑިއާ ބަލިކުރަން އެނގޭނެ: ސޮލާނޯ

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ބަލިކުރަން އެނގޭނެ ކަމަށް ޕާކިސްތާނުގެ ކޯޗު ސޮލާނޯ ބުނެފައިވާއިރު، މިއީ އެ ގައުމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ޔޫރަޕްގައި ކުޅޭ މުހިންމު ކުޅުންތެރިންތަކެއް ޓީމާ ގުޅުމަކީ ޕާކިސްތާނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އިންޑިއާ އަކީ މި މުބާރާތުގެ ތަށި ނުވަ ފަހަރު ހޯދާފައިވާ އެންމެ ކާމިޔާބު ޓީމެވެ.

ވާޓްޒްގެ ލަނޑުތަަކާ އެކު ޖަރުމަނުން ނެދަލެންޑްސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 5-0 ގެ ބޮޑު ތަފާތަކުން ނެދަލެންޑްސް ބަލިކޮށް، ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. ފްލޯރިއަން ވާޓްޒް ދެ ލަނޑު ކާމިޔާބުކުރި މި މެޗުގެ ނަތީޖާއާއެކު، ޖަރުމަނުން ވަނީ ގްރޫޕްގެ އެއްވަނަ މަގާމު ވެސް ހޯދާފައި.

ޔުއެފާ އިން ފީފާ އިންތިހާބަށް ނެރުނީ ފްރާްންސްގެ ފުޓްބޯޅަ ރައީސް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރަން އާސެން ވެންގާ ދެކޮޅު ހެދުމުން، ޔުއެފާގެ ތާއީދާއެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލީޕޭ ޑިއާލޯ އިންތިހާބަށް ކުރިމަތިލައްވައިފި. މި އިންތިހާބުގައި ޑިއާލޯގެ އިތުރުން މިހާރުގެ ރައީސް އިންފަންޓީނޯ އާއި އިތުރު ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގައި

Newsletter

Get the latest news delivered straight to your inbox