އަށް މަސް ފަހުން ސާފް ޗެމްޕިއަންޝިޕެއް، ސްރީ ލަންކާ އިން ހޯސްޓްކުރަން މަސައްކަތް ފަށަނީ

Nov 12, 2026, 3:44 PM
ސާފްގެ ނައިބު ރައީސް އަދި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު.

ސާފްގެ ނައިބު ރައީސް އަދި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު.

އަށް މަސް ފަހުން ސާފް ޗެމްޕިއަންޝިޕްގެ އާ މުބާރާތެއް އޮންނާނެ ކަމަށާއި އެ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވެއްޖެ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ސްރީ ލަންކާ ކެޓުމުން އެ ކަމަށްޓަކައި ސްރީ ލަންކާގެ ފުޓްބޯޅަ ސަޕޯޓަރުން ކިބައިން މައާފަށް އެދުމަށްޓަކައި ނެރުނު ބަޔާނެއްގައި ޖަސްވާރު ބުނެފައިވަނީ އެނބުރި އަންނާނީ ވަރުގަދަކޮށެވެ. 

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ޖަސްވާރު ވިދާޅުވީ، އަށް މަސް ދުވަސް ފަހުން ސާފް ޗެމްޕިއަންޝިޕްގެ އާ މުބާރާތެއް އޮންނާނެ ކަމަށެވެ. އަދި، އެ މުބާރާތް ސްރީ ލަންކާގައި ހޯސްޓްކުރަން މަސައްކަތް ފަށާފައިވާ ކަމަށް ޖަސްވާރު ވިދާޅުވެފައިވެ އެވެ. 

Advertisement

ސްރީ ލަންކާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ކަނޑައެޅި ޓާގެޓަކީ ޗެމްޕިއަންކަން ހޯދުމެވެ. އެކަމަކު، އެ ޓީމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ވެސް ނުދެވުނެވެ. ސްރީ ލަންކާ އަށް އެންމެ ފަހުން ސެމީ ފައިނަލަށް ދެވުނީ 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަަަހަރު ސެމީ ފައިނަލުގަައި އެ ޓީމު ވަނީ އަފްގާނިސްތާން އަތުން ބަލިވެފަ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވަން އޮތީ މިދިޔަ އަހަރު އެވެ. އެ މުބާރާތް ހޯސްޓްކުރަން ވެސް ސްރީ ލަންކާ އިން މަސައްކަތްކުރި އެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ މުބާރާތް މި އަހަރަށް ފަސްކޮށް، އެންމެ ފަހުން ބަންގްލަދޭޝްގައި ހޯސްޓްކުރަން ނިންމީ އެވެ. 

ފަނަރަ އަހަރު ވަންދެން ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ 200 އަށް ވުރެން ދަށްކޮށް އޮތުމަށް ފަހު، ސްރީ ލަންކާ މިހާރު އޮތީ ރޭންކިންގެ 184 ވަނައިގަ އެވެ. މިދިޔަ ދެ އަހަރު ތެރޭ ބައިނަލްއަގުވާމީ 12 މެޗުން މޮޅުވެފައި މިހާރު އެ ގައުމުގެ ފުޓްބޯޅައިގެ މިސްރާބު އޮތީ ރަނގަޅަށް ކަމަށް ޖަސްވާރު ވަނީ ވިދާޅުވެފަ އެެވެ. 

ދެން އޮތް މަރުހަލާ އަށް ކުރިއަށްދިއުމަށްޓަކައި، ސާފް ޗެމްޕިއަންޝިޕެއް ސްރީ ލަންކާގައި ހޯސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށް ޖަސްވާރު ވަނީ ވިދާޅުވެފަ އެވެ. 

ސްރީ ލަންކާ އިން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 1995 ވަަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ސާފްގެ ޗެމްޕިއަންކަން ހޯދި އެވެ. އޭގެ ފަހުން، ސްރީ ލަންކާ އަށް ސާފް ޗެމްޕިއަންޝިޕެއް ހޯސްޓްކުރުމުގެ ފުރުސަތު ލިބިފައިވަނީ، ރާއްޖެއާ ގުޅިގެން ކޯ-ހޯސްޓެއްގެ ގޮތުގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލް ކުޅުނީ ސްރީ ލަންކާގަ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ސްރީ ލަންކާ ކެޓީ ދެ މެޗުން ޕޮއިންޓެއް ލިބިގެންނެވެ. ފުރަތަމަ މެޗުން 2-2 އިން ބޫޓާނާ އެއްވަރުވިއިރު، ދެ ވަނަ މެޗުން 4-0 އިން ބަންގްލަދޭޝް އަތުން ބަލިވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކަޓުވާލިއިރު، ބޫޓާން ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް ބަންގްލަދޭޝް ގްރޫޕްގެ އެއްވަނަ ހޯދިއިރު، 18 އަހަރަށްފަހު ބޫޓާން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ސެމީގައި ބަންގްލަދޭޝް ޕާކިސްތާނާ ބައްދަލުކުރާއިރު، ބޫޓާން ނުކުންނާނީ އިންޑިއާއާ ދެކޮޅަށް.

މުހިންމު ސުވާލަކަށް އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްވެސް ލަނޑެއް ނުޖެހި، ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ކެޓުމާ އުރްބާނީ މަގާމުން ވަކިވުމާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދީ އުރްބާނީ ބުނީ އެކަމަށް ޖަވާބެއް ދޭނީ މާލެ ގޮސްފައި ކަމަށް.. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

Newsletter

Get the latest news delivered straight to your inbox