ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސްގެ ސަރުކާރުން މަސައްކަތްކުރަނީ

Nov 13, 2026, 7:07 AM
2021 ވަނަ އަހަރު ވެންގާ (ވ) އާއި ފްރާންސްގެ ރައީސް މެކްރޮން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

2021 ވަނަ އަހަރު ވެންގާ (ވ) އާއި ފްރާންސްގެ ރައީސް މެކްރޮން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

ޕެރިސް (ނޮވެމްބަރު 13) - މަޝްހޫރު ފުޓްބޯޅަ ކޯޗު، އާސެން ވެންގާ، ފީފާގެ ރައީސްގެ މަގާމަށް ގެނައުމަށްޓަކައި ފްރާންސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފި އެވެ. 

ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ނެރެން މަސައްކަތް ކުރާ ކެންޑިޑޭޓަކީ މަޝްހޫރު ފުޓްބޯޅަ ކޯޗު، ފްރާންސްގެ ވެންގާ ކަމަށް މީޑިއާގައި އަޑުފެތުރެން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. 

އެކަމަކު، އޭރު އެ ވާހަކަތަކަށް ބާރު ލިބޭ ގިނަ ރިޕޯޓްތަކެއް މީޑިއާގައި ދައުރުނުވި ނަމަވެސް، މި މަހު 18 އާ ހަމައަށް އަންނަ އަހަރުގެ ފީފާ އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހަޅަން ހުޅުވާލާފައި އޮތް މުއްދަތުގެ ސުންގަނޑި ހަމަވާއިރު، ވެންގާގެ ރިޕޯޓްތައް އަނެއްކާ ވަނީ ނޫސްތަކުގައި ހިނގަން ފަށައިފަ އެވެ. 

Advertisement

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވަނީ އަމިއްލަ އަށް އިސްނަންގަވައިގެން މަސައްކަަތް ފައްޓަވައިފަ އެވެ. އެ ގޮތުން، ފްރާންސް ސަރުކާރުން އަންނަނީ މެކްރޮންގެ އިރުޝާދުގެ ދަށުން ވެންގާ އަށް ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. 

އާސެނަލްގެ ކޯޗެއްގެ ގޮތުގައި ހޭދަކުރި 22 އަހަރު ހޭދަކޮށް، ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ އިސް ވެރިއަކަށް ހުރި ވެންގާ އަދި މިހާތަނަށް ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިނުވެ އެވެ. އެކަމަކު، އިންފަންޓީނޯ މަގާމުން ދުރުކޮށް، ފީފާގެ ރައީސަކަށް ޔުއެފާގެ އިތުބާރު ލިބިފައިވާ ފަރާތެއް ގެންނަން ކުރާ މަސައްކަތުގައި، އެންމެ ގިނަ ގައުމަކުން އިއްތިފާގުވާ ކެންޑިޑޭޓަކަށް ހުރީ ވެންގާ އެވެ. 

އެކަމަކު، ފީފާގެ ރައީސަކަށް ވުމަށް ރަސްމީކޮށް ނިކުންނަން ވެންގާ ދެކޮޅު ހަދައިފިނަަމަ، ޔުއެފާ އިން ތާއީދުކުރާނެ ކެންޑިޑޭޓަކީ ޖަޕާންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިސް ފަރާތް، ކޯޒޯ ޓަޝިމާ އަށެވެ. ދެން، ފީފާގެ އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ، ސްވިޒަލެންޑްގެ ރަމޮން ވޭގާ އެވެ. 

އޭޝިއާގެ "ޔޫ-ޓާން" އާ އެކު އިންފަންޓީނޯ އަށް ފީފާ ރައީސްކަމުގެ ހަަތަރު ވަނަ ދައުރެއް؟

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދުކުރަން ނިންމުމާ އެކު، އޭނާ އަށް ހަތަރު ވަނަ ދައުރެއް ކަށަވަރުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ. މީގެ ކުރިން ފީފާގެ ލީޑަޝިޕާ ދެކޮޅަށް ތެދުވި ނަމަވެސް، އޭއެފްސީން މިހާރު ވަނީ އިންފަންޓީނޯ އަށް ތާއީދު އޮތްކަން ރަސްމީކޮށް ހާމަކޮށްފަ އެވެ. އޭޝިއާގެ އިތުރުން އެފްރިކާގެ ތާއީދު ވެސް އިންފަންޓީނޯ އަށް އޮތުމުން، އަންނަ އަހަރުގެ އިންތިހާބު އޭނާ ކާމިޔާބު ކުރާނެ ކަމަށް ބެލެވެ އެވެ.

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން އަންނަ އަހަރުގެ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް، އިންފަންޓީނޯ އަށް ތާއީދުކުރަން ނިންމުމާ އެކު، އޭނާ އަށް މަގާމުގައި ހަތަރު ވަނަ ދައުރެއް ކަށަވަރުވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. 

ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ. މި ވަގުތަށް ބަލާއިރު، އިންފަންޓީނޯ އަށް މި ވަނީ، 47 ގައުމު ހިމެނޭ އޭއެފްސީ އާއި 54 ގައުމު ހިމެނޭ އެފްރިކާގެ ކާފްގެ ތާއީދު ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

އަށް މަސް ފަހުން ސާފް ޗެމްޕިއަންޝިޕެއް ބާއްވަނީ

އަށް މަސްދުވަހުގެ ތެރޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތް ސްރީލަންކާގައި ބޭއްވުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި. އެ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވީ، ލަންކާގެ ފުޓްބޯޅަ ކުރިއަރުވައި ވަރުގަދަ ކުރުމަށްޓަކައި އަމިއްލަ ގައުމުގައި މި މުބާރާތް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް.

Newsletter

Get the latest news delivered straight to your inbox