ގައުމީ ބިލިއާޑު މުބާރާތުގެ ޗެމްޕިއަންކަން އެމްއައިބީން ހޯދައިފި

Nov 18, 2026, 1:45 PM
 ޤައުމީ ބިލިއާޑު މުބާރާތުގެ ޗެމްޕިއަންކަން އެމްއައިބީން ހޯދައިފި

ޤައުމީ ބިލިއާޑު މުބާރާތުގެ ޗެމްޕިއަންކަން އެމްއައިބީން ހޯދައިފި

ގައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް އިސްލާމިކް ބޭންކް ސްޓާފް އެސޯސިއޭޝަން (މިބްސާ) އިން ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބިލިއާޑު މުބާރާތުގެ ޗެމްޕިއަންކަން މިބްސާއިން ހޯދީ 14 ނޮވެންބަރު 2026 ވީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ޖުމްލަ 10 ޓީމު ބައިވެރިވެގެން ކުރިއަށްގެންދެވުނު މި މުބާރާތުގެ ލީގު ބުރުގައި މިބްސާއިން ވަނީ ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފަ އެވެ. އަދި، ފުރަތަމަ ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު، ދެ ވަނަ ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް ޓީނޭޖް ބަލިކޮށް މިބްސާއިން ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބޭއްވޭ ބިލިއާޑުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތަށް ވާއިރު، މި މުބާރާތުގައި ރާއްޖޭގައި މިވަގުތު ތިބި ބިލިއާޑުގެ އެންމެ މޮޅު ކުޅުންތެރިންގެ އިތުރުން ބައެއް ޓީމުތަކުގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް ވާދަކޮށްފައިވެ އެވެ.

ޗެމްޕިއަން ޓީމަށް 30,000/- (ތިރީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 16 އޮކްޓޫބަރު 2026 އިން 14 ނޮވެންބަރު 2026 ގެ ނިޔަލަށް ނެޝަނަލް ބިލިއާޑް ސެންޓަރުގަ އެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފްގެ ތަށި އުފުލާލައިފި

ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފިއެވެ. މިއީ އިންޑިއާ އިން ޖެހިޖެހިގެން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ. ފުރަތަމަ ހާފުގައި ޕާކިސްތާނުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އިންޑިއާ އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

ސުޖަން، 17 އަހަރަށް ފަހު ސްރީ ލަންކާ އަށް ކުޅުން ހުއްޓާލައިފި

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ވަންދެން ކުޅެދިނުމަށްފަހު، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ގައުމީ ޓީމަށް 69 މެޗު ކުޅެދީފައިވާ ސުޖަންގެ ރިޓަޔަމަންޓް ފާހަގަކުރުމަށް އަންނަ އަހަރުގެ މާޗް މަހު ހާއްސަ ހަފްލާއެއް ބޭއްވުމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމާފައި

އިޔަން އާއި އާމިން ގައުމީ ބޮޑީބޯޑިން ލީގު ޓައިޓަލް ދިފާއުކޮށްފި

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ދިފާއުކުރިއިރު، ޖޫނިއާ ލީގުގެ ޓައިޓަލް އިޔަން އަހުމަދު ވަނީ ދިފާއުކޮށްފައެވެ. އާމިން ލީގު ކާމިޔާބުކުރީ ސީޒަން ނިންމާލުމަށް ބޭއްވި ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަން ބައިގެ އެއްވަނަ ހޯދައިގެންނެވެ. އަދި އިޔަން ޖޫނިއާ ލީގުގެ އެއްވަނަ ހޯދީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ކުރިހޯދައިގެންނެވެ.

އިންޑިއާގެ އަމާޒު ހުރީ ޖެހިޖެހިގެން ތިން ވަނަ ސާފް ތަށްޓައް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ އަމާޒުގައި އިންޑިއާ މިރޭ ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ. އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނިގޮތުގައި، ގިނަ ގޮންޖެހުންތަކަކާއެކު ވެސް މި މުބާރާތް ކާމިޔާބުކުރުމަކީ އެ ގައުމުގެ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް

ޕާކިސްތާނަށް އިންޑިއާ ބަލިކުރަން އެނގޭނެ: ސޮލާނޯ

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ބަލިކުރަން އެނގޭނެ ކަމަށް ޕާކިސްތާނުގެ ކޯޗު ސޮލާނޯ ބުނެފައިވާއިރު، މިއީ އެ ގައުމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ޔޫރަޕްގައި ކުޅޭ މުހިންމު ކުޅުންތެރިންތަކެއް ޓީމާ ގުޅުމަކީ ޕާކިސްތާނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އިންޑިއާ އަކީ މި މުބާރާތުގެ ތަށި ނުވަ ފަހަރު ހޯދާފައިވާ އެންމެ ކާމިޔާބު ޓީމެވެ.

ވާޓްޒްގެ ލަނޑުތަަކާ އެކު ޖަރުމަނުން ނެދަލެންޑްސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 5-0 ގެ ބޮޑު ތަފާތަކުން ނެދަލެންޑްސް ބަލިކޮށް، ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. ފްލޯރިއަން ވާޓްޒް ދެ ލަނޑު ކާމިޔާބުކުރި މި މެޗުގެ ނަތީޖާއާއެކު، ޖަރުމަނުން ވަނީ ގްރޫޕްގެ އެއްވަނަ މަގާމު ވެސް ހޯދާފައި.

ޔުއެފާ އިން ފީފާ އިންތިހާބަށް ނެރުނީ ފްރާްންސްގެ ފުޓްބޯޅަ ރައީސް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރަން އާސެން ވެންގާ ދެކޮޅު ހެދުމުން، ޔުއެފާގެ ތާއީދާއެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލީޕޭ ޑިއާލޯ އިންތިހާބަށް ކުރިމަތިލައްވައިފި. މި އިންތިހާބުގައި ޑިއާލޯގެ އިތުރުން މިހާރުގެ ރައީސް އިންފަންޓީނޯ އާއި އިތުރު ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގައި

Newsletter

Get the latest news delivered straight to your inbox