ގަތަރުގައި އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާ އިން ނަން ނަގައިފި

Nov 13, 2026, 7:07 AM
އެމެރިކާގެ ޒުވާން ޓީމުގެ މެޗެއްގެ ތެރެެއިން.

އެމެރިކާގެ ޒުވާން ޓީމުގެ މެޗެއްގެ ތެރެެއިން.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 13) - މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާ އިން ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން ނަން ނަގައިފި އެވެ. 

މި މަހު 19 އިން އަންނަ މަހުގެ 13 އަށް ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރާއިރު، އެމެރިކާ ހިމެނެނީ، މޮންޓަނެގްރޯ، ޗިލީ އަދި އަލްޖީރިއާއާ އެއް ގްރޫޕެއްގަ އެވެ. 

އެމެރިކާ އިން މުބާރާތުން ނަން ނެގީ، ޔަމަންގެ ހޫތީން އާއި އީރާނުން މެދުއިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން މި ދަނޑިވަޅަކީ އެމެރިކާގެ ޓީމެއް އެ ސަރަހައްދުގައި މުބާރާތެއް ކުޅެން އެންމެ ރައްކާތެރި ދުވަސްވަރެއް ނޫން ކަމަށް ބުނެ އެވެ. އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ އިން ވަނީ އެ ސަބަަބުތައް ބަޔާންކޮށް މުބާރާތުން ވަކިވިކަން ފީފާ އަށް ސިޓީ އަކުން އަންގައިފަ އެވެ. 

މިދިޔަ މަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ގަތަރަށް ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް އަންގައި، ލެވަލް ތިނަކަށް ޓްރެވަލް އެޑްވައިސަރީ ނެރެފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، ހަތިޔާރުހިފައިގެން ތިބޭ މީހުންގެ ނުރައްކާ އެމެރިކާގެ ރައްޔިތުންނަށް ގަތަރުގައި އެބައޮތް ކަމަށާއި އެހެންކަމުން ދަތުރުފަތުރު ކުރުމުގައި އެންމެހާ ރައްކާތެރި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. 

ސަލާމަތީ ސަބަބުތަކަށްޓަކައި، މެދުއިރުމަތީގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ އެކިއެކި އިވެންޓްތައް އަންނަނީ ފަސްކުރަމުންނެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާގައި އަންނަ އަަހަރުގެ ޖެނުއަރީ/ފެބްރުއަރީ މަހު ބާއްވަން ތާވަލުކޮށްފައި އޮތް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ބޮޑު މުބާރާތް އޭޝިއަން ކަޕް ވަނީ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

އަށް މަސް ފަހުން ސާފް ޗެމްޕިއަންޝިޕެއް ބާއްވަނީ

އަށް މަސްދުވަހުގެ ތެރޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތް ސްރީލަންކާގައި ބޭއްވުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި. އެ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވީ، ލަންކާގެ ފުޓްބޯޅަ ކުރިއަރުވައި ވަރުގަދަ ކުރުމަށްޓަކައި އަމިއްލަ ގައުމުގައި މި މުބާރާތް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް.

Newsletter

Get the latest news delivered straight to your inbox