އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

Nov 18, 2026, 10:40 PM
އެފްއޭއެމް ވިމެންސް ލީގުގައި އެމްއެސް މޭޓްސް އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ވިމެންސް ލީގުގައި އެމްއެސް މޭޓްސް އާއި ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ވިމެންސް ލީގު ފުޓްބޯޅަ މުބާރާތުގައި ކުުޅުނު ދެ ވަނަ މެޗުތަކުން ވެސް މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭަޝަން އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަރުގަދަ ފެށުން ދަމަހައްޓައިފި އެވެ. 

ހަތަރު ޓީމު ވާދަކުރާ މުބާރާތުގައި މާޒިޔާ އިން ފުރަތަމަ ދުވަހު، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އަތުން 8-0 އިން މޮޅުވިއިރު، މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މާޒިޔާ ވަނީ 9-0 އިން މޮޅުވެފަ އެވެ. ނިއު އިން ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އަތުން 15-0 އިން މޮޅުވިއިރު، މިރޭ ކުޅުނު މެޗުގައި ނިއު އިން އެމްއެސް މޭޓްސް ބަލިކުރީ 3-0 އިންނެވެ. 

މުބާރާތުގެ ފޯމެޓް އޮތްގޮތުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ ފަހަރު ކުޅޭނެ އެވެ. ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗަށް ފަހު، ނިއު އާއި މާޒިޔާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ނިއު ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް އެމްއެސް މޭޓްސް އާއި ހަތަރެއްގައި އޮތް ދަ ގްރާންޑޭ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މާޒިޔާ އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން. ---- ފޮޓޯ: މާޒިޔާ
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މާޒިޔާ އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން. ---- ފޮޓޯ: މާޒިޔާ

މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ އިން މިއަދު ކުޅުނު މެޗުގައި ލަނޑުތައް ޖެހީ، ނައިޖީރިއާ ގައުމީ ޓީމާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އަންހެން މުބާރާތުގަޔާއި ޕެރިސް އޮލިމްޕިކްސްގައި ކުޅުނު ފޯވާޑް، ޗިނޯނިޔެރެމް މެކްލީންސް ހަތަރު ގޯލާއި އުޒްބެކިސްތާންގެ މިޑްފީލްޑަރު، ސަފީނާ ރުސާނިއާ އާއި އުޒްބެކިސްތާންގެ ޑިފެންޑަރު، މުނީސާ ގިޔަސޯވާ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުުން، ފާތިމަތު ފައިހާ އަލީ ހަސަން ގޯލެކެވެ. 

މިރޭ ކުޅުނު މެޗުގައި، އެމްއެސް މޭޓްސް ކޮޅަށް ނިއު އިން ލަނޑުތައް ޖެހީ، ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ކަމަށްވާ މަސޫރާ ޕަރްވީން އާއި މަތުސުޝިމާ ސުމައްޔާ އަދި މައީޝާ އަބްދުލް ހަންނާން ޕެނަލްޓީ އެކެވެ. 

ދެން، އެންމެ އަވަހަށް ވިމެންސް ލީގުގެ މެޗުތައް އޮތީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު، ހަވީރު ނިއު އިން ކުޅޭނީ މާޒިޔާއާ އެވެ. އަދި، އެރޭ އެމްއެސް މޭޓްސް އިން ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފްގެ ތަށި އުފުލާލައިފި

ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފިއެވެ. މިއީ އިންޑިއާ އިން ޖެހިޖެހިގެން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ. ފުރަތަމަ ހާފުގައި ޕާކިސްތާނުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އިންޑިއާ އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

ސުޖަން، 17 އަހަރަށް ފަހު ސްރީ ލަންކާ އަށް ކުޅުން ހުއްޓާލައިފި

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ވަންދެން ކުޅެދިނުމަށްފަހު، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ގައުމީ ޓީމަށް 69 މެޗު ކުޅެދީފައިވާ ސުޖަންގެ ރިޓަޔަމަންޓް ފާހަގަކުރުމަށް އަންނަ އަހަރުގެ މާޗް މަހު ހާއްސަ ހަފްލާއެއް ބޭއްވުމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމާފައި

އިޔަން އާއި އާމިން ގައުމީ ބޮޑީބޯޑިން ލީގު ޓައިޓަލް ދިފާއުކޮށްފި

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ދިފާއުކުރިއިރު، ޖޫނިއާ ލީގުގެ ޓައިޓަލް އިޔަން އަހުމަދު ވަނީ ދިފާއުކޮށްފައެވެ. އާމިން ލީގު ކާމިޔާބުކުރީ ސީޒަން ނިންމާލުމަށް ބޭއްވި ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަން ބައިގެ އެއްވަނަ ހޯދައިގެންނެވެ. އަދި އިޔަން ޖޫނިއާ ލީގުގެ އެއްވަނަ ހޯދީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ކުރިހޯދައިގެންނެވެ.

އިންޑިއާގެ އަމާޒު ހުރީ ޖެހިޖެހިގެން ތިން ވަނަ ސާފް ތަށްޓައް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ އަމާޒުގައި އިންޑިއާ މިރޭ ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ. އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނިގޮތުގައި، ގިނަ ގޮންޖެހުންތަކަކާއެކު ވެސް މި މުބާރާތް ކާމިޔާބުކުރުމަކީ އެ ގައުމުގެ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް

ޕާކިސްތާނަށް އިންޑިއާ ބަލިކުރަން އެނގޭނެ: ސޮލާނޯ

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ބަލިކުރަން އެނގޭނެ ކަމަށް ޕާކިސްތާނުގެ ކޯޗު ސޮލާނޯ ބުނެފައިވާއިރު، މިއީ އެ ގައުމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ޔޫރަޕްގައި ކުޅޭ މުހިންމު ކުޅުންތެރިންތަކެއް ޓީމާ ގުޅުމަކީ ޕާކިސްތާނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އިންޑިއާ އަކީ މި މުބާރާތުގެ ތަށި ނުވަ ފަހަރު ހޯދާފައިވާ އެންމެ ކާމިޔާބު ޓީމެވެ.

ވާޓްޒްގެ ލަނޑުތަަކާ އެކު ޖަރުމަނުން ނެދަލެންޑްސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 5-0 ގެ ބޮޑު ތަފާތަކުން ނެދަލެންޑްސް ބަލިކޮށް، ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. ފްލޯރިއަން ވާޓްޒް ދެ ލަނޑު ކާމިޔާބުކުރި މި މެޗުގެ ނަތީޖާއާއެކު، ޖަރުމަނުން ވަނީ ގްރޫޕްގެ އެއްވަނަ މަގާމު ވެސް ހޯދާފައި.

ޔުއެފާ އިން ފީފާ އިންތިހާބަށް ނެރުނީ ފްރާްންސްގެ ފުޓްބޯޅަ ރައީސް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރަން އާސެން ވެންގާ ދެކޮޅު ހެދުމުން، ޔުއެފާގެ ތާއީދާއެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލީޕޭ ޑިއާލޯ އިންތިހާބަށް ކުރިމަތިލައްވައިފި. މި އިންތިހާބުގައި ޑިއާލޯގެ އިތުރުން މިހާރުގެ ރައީސް އިންފަންޓީނޯ އާއި އިތުރު ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގައި

Newsletter

Get the latest news delivered straight to your inbox