އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ސިންގަލްސް ތަށި ހައިޝަމް އާއި ނަބާ އަށް

Nov 18, 2026, 10:40 AM
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މި މަހު 11-16 އަށް ކުރިއަށްދިޔަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގެ ސިންގަލްސް ބައިގެ ތަށި، ރިވައިވަލްގެ ހައިޝަމް އިބްރާހިމް އަލީ އާއި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު (ނަބާ) ހޯދައިފި އެވެ. 

ނަބާ އާއި ހައިޝަމް އަކީ މި ފަހަރު އޮތް 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. 

ރިވައިވަލް މުބާރާތުގެ ފިިރިހެން ސިންގަލްސް ބައިގެ ފައިނަލުގައި ހައިޝަމް ވާދަކުރީ ހުސެއިން ޒަޔާން ޝަހީދު ޒަކީ (ޒަޔާން ޒަކީ)އާ އެވެ. ފުރަތަމަ ސެޓު، 15-6 އިން ހައިޝަމް ގެންދިޔަ ނަމަވެސް، ދެ ވަނަ ސެޓުގައި ޒަޔާން ކުޅުން ރަނގަޅުކޮށް، 10-15 އިން ސެޓު ގެންދިޔަ އެވެ. ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓު ފޯރިގަދަކޮށް ދިޔައިރު، ހައިޝަމް މޮޅުވީ، 16-14 އިންނެވެ. 

އަންހެން ސިންގަލްސް ފައިނަލުގައި ވެސް ނަތީޖާ ނެރެން ޖެހުނީ ތިން ސެޓު ކުޅެގެންނެވެ. އެ ގޮތުން، ނަބާ، 15-13 އިން ފުރަތަމަ ސެޓު ގެންގޮސްފައިވަނިކޮށް، ދެ ވަނަ ސެޓުގައި ތަފާތު ހިތްވަރެއް ދައްކައި، ނަބީހާ އަބްދުއް ރައްޒާގު (ނަބީ) ވަނީ 9-15 އިން ދެ ވަނަ ސެޓު ގެންގޮސްފަ އެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި ނަބާ މޮޅުވީ، 15-11 އިންނެވެ. 

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ފިރިހެން ޑަބަލްސްގައި، ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ވާދަކުރީ އަލީ ނަސީރު އަބްދުﷲ (ސަޓޯ) އާއި އޭނާގެ ދަރިފުޅު، މުހައްމަދު އަރްސަލާން އަލީގެ ޕެއާއާ އެވެ. މި މެޗުން ޒަޔާން ޒަކީ އާއި ނިބާލް މޮޅުވީ، 15-07، 15-07 އިންނެވެ. އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އިން ވަނީ އައިޝަތު އަފްނާން ރަޝީދު އާއި މައިސާ ފަތުހުﷲ އިސްމާއިލް (މަައި)ގެ ޕެއާ ބަލިކޮށްފަ އެވެ. ނަބާ އާއި ނަބީގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 15-07، 15-05 އިންނެވެ. 

މިކްސް ޑަބަލްސް ފައިނަލުގައި، ނިބާލް އާއި ނަބީގެ ޕެއާ އިން ވަނީ ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ބަލިކޮށްފަ އެވެ. ނިބާލް އާއި ނަބީގެ ޕެއާ އިން ސެޓުތައް ގެންދިޔައީ، 15-10، 15-13 އިންނެވެ. 

ރާއްޖޭގެ ކްލަބަކުން ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް މި ފަހަރު ކުރިއަށްދިޔައީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެންޒޯޒްމަންޓާ އެކު، ނެޝަނަލް ރޭންކިން މުބާރާތެއްގެ ގޮތުގަ އެވެ. ޖޫނިއާ އާއި ސީނިއާ ކެޓަގަރީ ހިމެނޭ ގޮތަށް މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ބޭއްވި މި މުބާރާތުގައި 32 އިވެންޓުން 371 އެންޓްރީސް ވަނީ ލިބިފަ އެވެ. 

ރިވައިވަލް ސްޕޯޓްސް އިން އަންނަނީ އަހަރަކަށް ފަހު އަހަރެއް މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފަަހަރުގެ މުބާރާތުގެ ޖޫނިއާ ކެޓަގަރީ އަށް ބަލާއިރު، އެންމެ ކާމިޔާބު ހޯދާފައިވަނީ، ރިވައިވަލް ސްޕޯޓްސް އެކަޑަމީ އާއި ރިވައިވަލް ސްޕޯޓްސް އޭދަފުށި އެކަޑަމީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފްގެ ތަށި އުފުލާލައިފި

ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފިއެވެ. މިއީ އިންޑިއާ އިން ޖެހިޖެހިގެން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ. ފުރަތަމަ ހާފުގައި ޕާކިސްތާނުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އިންޑިއާ އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

ސުޖަން، 17 އަހަރަށް ފަހު ސްރީ ލަންކާ އަށް ކުޅުން ހުއްޓާލައިފި

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ވަންދެން ކުޅެދިނުމަށްފަހު، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ގައުމީ ޓީމަށް 69 މެޗު ކުޅެދީފައިވާ ސުޖަންގެ ރިޓަޔަމަންޓް ފާހަގަކުރުމަށް އަންނަ އަހަރުގެ މާޗް މަހު ހާއްސަ ހަފްލާއެއް ބޭއްވުމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމާފައި

އިޔަން އާއި އާމިން ގައުމީ ބޮޑީބޯޑިން ލީގު ޓައިޓަލް ދިފާއުކޮށްފި

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ދިފާއުކުރިއިރު، ޖޫނިއާ ލީގުގެ ޓައިޓަލް އިޔަން އަހުމަދު ވަނީ ދިފާއުކޮށްފައެވެ. އާމިން ލީގު ކާމިޔާބުކުރީ ސީޒަން ނިންމާލުމަށް ބޭއްވި ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަން ބައިގެ އެއްވަނަ ހޯދައިގެންނެވެ. އަދި އިޔަން ޖޫނިއާ ލީގުގެ އެއްވަނަ ހޯދީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ކުރިހޯދައިގެންނެވެ.

އިންޑިއާގެ އަމާޒު ހުރީ ޖެހިޖެހިގެން ތިން ވަނަ ސާފް ތަށްޓައް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ އަމާޒުގައި އިންޑިއާ މިރޭ ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ. އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނިގޮތުގައި، ގިނަ ގޮންޖެހުންތަކަކާއެކު ވެސް މި މުބާރާތް ކާމިޔާބުކުރުމަކީ އެ ގައުމުގެ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް

ޕާކިސްތާނަށް އިންޑިއާ ބަލިކުރަން އެނގޭނެ: ސޮލާނޯ

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ބަލިކުރަން އެނގޭނެ ކަމަށް ޕާކިސްތާނުގެ ކޯޗު ސޮލާނޯ ބުނެފައިވާއިރު، މިއީ އެ ގައުމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ޔޫރަޕްގައި ކުޅޭ މުހިންމު ކުޅުންތެރިންތަކެއް ޓީމާ ގުޅުމަކީ ޕާކިސްތާނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އިންޑިއާ އަކީ މި މުބާރާތުގެ ތަށި ނުވަ ފަހަރު ހޯދާފައިވާ އެންމެ ކާމިޔާބު ޓީމެވެ.

ވާޓްޒްގެ ލަނޑުތަަކާ އެކު ޖަރުމަނުން ނެދަލެންޑްސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 5-0 ގެ ބޮޑު ތަފާތަކުން ނެދަލެންޑްސް ބަލިކޮށް، ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. ފްލޯރިއަން ވާޓްޒް ދެ ލަނޑު ކާމިޔާބުކުރި މި މެޗުގެ ނަތީޖާއާއެކު، ޖަރުމަނުން ވަނީ ގްރޫޕްގެ އެއްވަނަ މަގާމު ވެސް ހޯދާފައި.

ޔުއެފާ އިން ފީފާ އިންތިހާބަށް ނެރުނީ ފްރާްންސްގެ ފުޓްބޯޅަ ރައީސް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރަން އާސެން ވެންގާ ދެކޮޅު ހެދުމުން، ޔުއެފާގެ ތާއީދާއެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލީޕޭ ޑިއާލޯ އިންތިހާބަށް ކުރިމަތިލައްވައިފި. މި އިންތިހާބުގައި ޑިއާލޯގެ އިތުރުން މިހާރުގެ ރައީސް އިންފަންޓީނޯ އާއި އިތުރު ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގައި

Newsletter

Get the latest news delivered straight to your inbox