ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރުމަށް މުއިއްޒު ގޮވާލައްވައިފި

Nov 13, 2026, 8:05 PM
ރައީސް މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެރެން ގޮވާލެއްވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެރެން ގޮވާލެއްވި --- ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ގައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަން ދޭން ޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ. 

އެ ގޮތުން މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަން ނެރެންޖެހޭ ކަމަށެވެ. އަދި ޒާތީ އަރާރުންތަކުގެ ކުރިޔަށް މުޅި ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަން ނެރެން އެބަ ޖެހޭ. ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަން އެބަ ޖެހޭ. ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ގައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ." މުއިއްޒު ވިދާޅުވި އެވެ. 

މީގެ އިތުރުން މުއިއްޒު ވަނީ ދަރަނީގެ އަޅުވެތިކަމުގައި ފަނާ ވާން ދިވެހިން ތިބެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް ގައުމު ގެންދިއުމަށްޓަކައި އެންމެން އެކުގައި މަރުހަބާ ކިޔަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ހުރަވީ ދުވަހުގެ ތާރީހީ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ އެ ހާދިސާއަށް ތިން ގަރުނު ފުރެން ކައިރިވެފައިވާ ކަމަށެވެ.

މިހެންކަމުން މިއަދު ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި މިނިވަންކަން ދިފާއުކުރަން ޖެހޭ ގޮތްތަކާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މާޒީގެ ތާރީހުން ފިލާވަޅު ލިބިގަނެ މުސްތަގުބަލު އުޖާލާކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުރަވީ ދުވަހަކީ މަލާބާރީންގެ ވަކިތަކުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ގައުމީ ބަތަލު ދޮންބަންޑާރައިން ނުވަތަ ސުލްތާން ގާޒީ ހަސަން އިއްޒުއްދީންގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އާކުރާ ދުވަހެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

ހުލާސާކޮށް އިއްޔެ: އަލައްބާރަށް ހުޅުވާލެވިފައިވާ ސިޓީއެއް

ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޭން ނިންމި ނިންމުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތާއި އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް، އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައިފިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ލަފާދޭ މަޖިލީހެއް އެކުލަވައިލެއްވިއިރު، ރާއްޖޭގެ މާލީ ނިޒާމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ އިންޒާރު ދެއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox