ފޯވާޑް މަރުވި ހާދިސާގެ ހިތާމައާ އެކު ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

Nov 7, 2026, 6:00 AM
އެފްސީ އެންޑޯރާގެ ގޯލްކީޕަރު ޖީސަސް އޮވޯނޯ.

އެފްސީ އެންޑޯރާގެ ގޯލްކީޕަރު ޖީސަސް އޮވޯނޯ.

މެޑްރިޑް (ނޮވެމްބަރު 7) - ސްޕެއިންގެ ދެ ވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ލިބުނު އަނިޔާ އަކަށް ފަރުވާދެނިކޮށް، ޓެނެރިފް އަށް ކުޅޭ 30 އަހަރުގެ ފޯވާޑް ޖީސޫސް ޑި މިގުުއެލް މަރުވިއިރު، އޭނާ މަރުވަން ދިމާވި ފައުލު ކުރި ކީޕަރު ޖީސޫސް އޮވޯނޯގެ ނަފްސާނީ ހާލަތު ދަށްވެ، އޭނާ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ޓެނެރިފް އާއި އެފްސީ އެންޑޯރާ ކުޅުނު މެޗުގެ ތެރެއިން، ޑި މިގުއެލް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، އެންޑޯރާގެ ކީޕަރު ޖީސޫސް އޮވޯނޯގެ ކަކުލުގައި ހާފުގެ މެދެެއްހާ ހިސާބުން ޖެހި އަނިޔާވި އެވެ. އޮވޯނޯގެ ކަކޫ ވަނީ ޑި މިގުއެލް މޭމަތީގައި ޖެހިފަ އެެވެ. އެއީ ކީޕަރު އޮވޯނޯ ކުރި ފައުލެއް ކަމަށް ނިންމައި، ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ. ރަތް ކާޑު ދެއްކުމުން އޮވޯނޯ ދަނޑުން ފައިބައިގެން ދިޔަ ވަގުތު ދެ ޓީމުގެ ކުޅުންތެރިން ހާސްވެގެން އުޅެން ފެށުމާ އެކު، އޮވޯނޯ ވެސް އަލުން އަނބުރާ ޑި މިގުއެލް ގާތަށް ދެ އެވެ. 

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޑި މިގުއެލްގެ މަރުގެ ހާދިސާގައި އޮވޯނޯ އަށް ވަރަށް އަސަރުކޮށްފައިވާއިރު، އޭނާ އަށް ނަފްސާނީ ގޮތުން ދޭން ޖެހޭ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި، ސޯޝަލް މީޑިއާގައި އޮވޯނޯ އަށް އަންނަނީ ގިނަ ފާޑުކިޔުންތަކާއި ނަފުރަތުގެ މެސެޖުތަކެއް އަމާޒުވަމުންނެވެ. 

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ފުލުހުން ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

އުމުރުން 25 އަހަރުގެ އޮވޯނޯ އަކީ އިކުއެޓްރަލް ގިނީ އަށް އުފަން ކުޅުންތެރިއެކެވެ. އެކަަމަކު، ޅަ އުމުރުގައި ސްޕެއިނަށް ދިރިއުޅުން ބަދަލުކޮށް، އާއިލާއާ އެކު އޭނާ އުޅެބޮޑުވީ ސްޕެއިންގަ އެވެ. އިކުއެޓްރަލް ގިނީން ކުރިއަށް އޮތް އިންޓަނޭޝަނަލް މެޗުތަކަށް ނެގި ސްކޮޑުން އޮވޯނޯ ބާކީކޮށްފައިވާއިރު، އޭނާގެ އާއިލާ އިން އަންނަނީ އަމާޒުވަމުން އަންނަ ނުރުހުން ވުމުގެ މެސެޖުތަކުގެ ސަބުން އޮވޯނޯ އަށް ފުން އަސަރެއް ކޮށްފައިވާ ކަމަށް ބުނެފަ އެެވެ. 

އޮވޯނޯ މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ވަގުތު އޭނާގެ އިހުސާސްތައް ބަޔާންކޮށްދޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި، ކުރެވުނު ކަންތައްތަކާ މެދު ގިނަ ގޮތްގޮތަށް ވިސްނަމުން އަންނަ ކަމަށާއި ކޮންމެ އަދަބެއް އަޔަސް ބަލައިގަންނާނެ ކަމަށެވެ. 

ރެއާލް ސޮސިއެޑާޑްގެ ޔޫތު ޓީމުތަކަށް ކުޅެފައިވާ އޮވޯނޯ ވަނީ ސީނިއާ ކެރިއަރުގައި އަލަވޭސް އަށް ވެސް ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ލޯނަކަށް އެންމެ ފުރަތަމަ އެންޑޯރާ އަށް ބަދަލުވި އޮވޯނޯ މިދިޔަ އޮގަސްޓް މަހު ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އެ ކްލަބާ އެކު ސޮއިކޮށްފަ އެވެ. 

ދަނޑުމަތީގައި ހިނގާ ކަމެއްގައި ސީދާ މައްސަލަ ބެލޭނެ ހާލަތެއް ނެތް ކަމުގައި ވިޔަސް ގަސްދުގައި މީހަކަށް ގެއްލުމެއް ދޭ ފަދަ ކަމެއް އޮވޯނޯގެ ފަރާތުން ފެނުނުތޯ، ދި ހޯމިސައިޑް ގްރޫޕް އޮފް ދި ނެޝަނަލް ޕޮލިސް އިން އަންނަނީ ބަލަމުންނެވެ. އަދި، މިކަން ބަލާއިރު، ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޯޑަށް ވެސް އަމަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.  

އެ ދުވަހު، ޑި މިގުއެލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއިރު، ޓެނެރިފުން ވަނީ ހާލު ސީރިއަސް ކަމަށް މީޑިއާގައި ބުނެފަ އެވެ. އަދި، ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް، ފައުލު ހިނގިތާ 24 ގަނޑިއިރެއްހާއިރުގެ ވަގުތެއްގައި ޑި މިގުއެލް ވަނީ މަރުވެފަ އެވެ. ޑި މިގުއެލް އަށް ފަރުވާ ދެމުން އައީ މެއަަށާއި ބޮލަށް ލިބުނު އަނިޔާތަަކަކަށް ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ. .

މަރުވިއިރު، ޑި މިގުއެލް އާއި އޭނާގެ އަންހެނުންގެ ދޮޅު އަހަރުގެ ފިރިހެން ދަރިއަކު އެބަހުއްޓެވެ.  

އަނިޔާވެގެން އެމްބިއުލަންސްގައި ޑި މިގުއެލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ އަށް ކާޑިއަކް އެރެސްޓެއް ޖެހުނު ކަމަށް ވެސް ސްޕެއިނުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ޑި މިގުއެލްގެ އަނިޔާއާ ގުޅިގެން، މެޗުގެ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި އޮއްވައި، ރެފްރީ ނިންމީ މެޗު އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. އޭރު ނަތީޖާ އަކީ، 2-2 އެވެ. 

މެޑްރިޑަށް އުފަން ޑި މިގުއެލް، ފުޓްބޯޅަ ކެރިއަރު ފެށީ 2015 ވަނަ އަހަރު ލެގަނޭސް އިންނެވެ. ސްޕެއިނުގެ ތަފާތު އަށް ކްލަބަކަށް ކުޅެފައިވާ ޑި މިގުއެލް ޓެނެރިފް އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އެއީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ޓީމަށް ކުޅެދިން 29 މެޗުން ވަނީ 11 ލަނޑު ޖަހައިފަ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox