ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

Nov 29, 2026, 12:45 AM
ދިވެހި ޕްރިމިއާ ލީގުަގައި ޓީސީ އާއި ބުރު ކުޅުނު މެޗުގެ ތެރެއިން: އަރީން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުަގައި ޓީސީ އާއި ބުރު ކުޅުނު މެޗުގެ ތެރެއިން: އަރީން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން މޮޅުވުމުގެ ފޯމު ދަމަހައްޓައިފި އެވެ. 

މި ފަހަރުގެ ކަޕް ވިނާސް ކަޕުގައި ކުޅުނު ތިން މެޗާއި ލީގުގެ ފުރަތަމަ ތިން މެޗުން ބަލިވުމަށް ފަހު، ބުރުން ވަނީ ގައްދޫ ފުޓްބޯޅަ ޓީމު ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. އޭގެ ފަހުން ބުރުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މި ވަނީ މޮޅުވެފަ އެވެ. އެއީ، އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކްލަބް އީގަލްސް އާއި ޓީސީ އަތުންނެވެ. 

މި މޮޅާ އެކު ބުރު އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކު ލީގު ތާވަލުގެ ހަތް ވަނައިގަ އެވެ. އަށް ވަނައިގައި އޮތް ޓީސީ އަށް އަށް މެޗުން ލިބުނީ ހަ ޕޮއިންޓެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ލީޑުނެގީ ޓީސީންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ބުރުގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ފޮނުވާލި ބާރު ހަމަލާ އަކުން ޓީސީ އަށް ލީޑުނަގައިދިނީ މިސްރުގެ ކުޅުންތެރިޔާ، މަހުމޫދު މުސްތަފާ އެެވެ. އޭނަ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބުރުގެ ކީޕަރު، ޝައިހާން އަލީ އަތުގައި ޖެހިފަ އެވެ. 

ޓީސީން ލީޑުނެގިތާ ދެ މިނިޓް ފަހުން ބުރުން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ މެޗުގެ 12 ވަނަ މިނިޓްގައި ރީބައުންސަކުން ލިބުނު ފުރުސަތަކުން، ޝަމްވީލް މުހައްމަދު (ބޮންޑާ) އެވެ. ހިލޭ ޖެހުމަކުން އާޖެންޓީނާގެ ފޯވާޑް، ޖުއާން އެޑުއާޑޯ ލެސްކާނޯ ޖެހި ބޯޅަ ޓީސީގެ ކީޕަރު، ޑެނިއަލް އެޔިބޯ އަތުގައި ޖެހިފައި ނުކުތް ވަގުތު ބޮންޑާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ބުރުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 29 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު) އެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއް އޭނާ ވަނީ ހަނި އޭންގަލުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. އަދި، ފުރަތަަމަ ހާފު ނިމުމުގެ ކުރިން. ބުރުން ތިން ވަނަ ލަނޑެއް ވެސް ޖެހި އެވެ. މިއީ، އޭރިއާތެެރެއިން ލިބުނު ފުރުސަތަކުން އަރީން އަބްދުﷲ އިބްރާހިމް ޖެހި ގޯލެކެވެ. 

ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދި ނަމަވެސް އިތުުރު ލަނޑެއް މެޗުގައި ފެނިގެންގޮސްފައިނުވެ  އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

ނޮވެމްބަރު މަހުގައި ލީގެއް ނުލިބޭނެ: އާޓެޓާ

މާދަމާރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ލީގު ޗެމްޕިއަންކަން ކަނޑައެޅޭނެ މެޗެއް ނޫން ކަމަށާއި، ނޮވެމްބަރު މަހު ލީގެއް ނުލިބޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. އާޓެޓާ ފާހަގަކުރި ގޮތުގައި ސިޓީގެ ފޯމު މިވަގުތު ދަށްކޮށް އޮތް ނަމަވެސް، އާސެނަލުން ތައްޔާރުވާނީ އެޓީމުގެ އެންމެ ވަރުގަދަ ކުޅުމާ ކުރިމަތިލުމަށް

Newsletter

Get the latest news delivered straight to your inbox