މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

Nov 28, 2026, 8:00 AM
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ.

މެންޗެސްޓާ (ނޮވެމްބަރު 28) - މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކުރާ މަސައްކަތުގައި ކޮންމެ ފިޔަވަޅެއް ވެސް އަޅަން ކެރޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ. 

ޔުނައިޓެޑުން ވަނީ މައިކަލް ކެރިކް މަގާމުން ވަކިކޮށް، ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ޕޮޗެޓީނޯއާ ޓީމު ހަވާލުކޮށްފަ އެވެ. ޕޮޗެޓީނޯގެ ކޯޗުކަމުގައި، އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 4-0 އިން ބަލިވި ޔުނައިޓެޑް ވަނީ ޗެމްޕިއަންސް ލީގުގަައި ސްޕޯޓިން ލިޒްބަންއާ 2-2 އިން އެއްވަރުވެފަ އެވެ. 

ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ފުރަތަަމަ ދެ މެޗުން މޮޅެއް ނުލިބި ޕޮޗެޓީނޯ އަށް ނިންމާލަން ޖެހުނުއިރު، ތިން ވަނަ މެޗުގައި މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭނެ އެވެ. ވިހި ޓީމު ވާދަކުރާ ޕްރިމިއާ ލީގުގެ 19 ވަނައިގައި އޮތް ޔުނައިޓެޑުން މިރޭ މޮޅުނުވެއްޖެނަމަ، ލީގުގެ ފުލަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. 

މި ވަގުތު ޔުނައިޓެޑް އޮތް ހާލަތުން އަރައިގަނެވޭނެތޯ ޕޮޗެޓީނޯ އަށް އަމާޒުވި ސުވާލަށް އޭނާ ވަނީ ޖަވާބު ދީފަ އެވެ.

އެ ގޮތުން، ޕޮޗެޓީނޯ ބުނީ، ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން މަސައްކަތް ކުރާނެ ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިބި ކަމަށެވެ. އަދި، ޔުނައިޓެޑާއި ހަވާލުވެ އޭނާ ހާސިލްކުރަން ބޭނުންވާ ކަންކަން ކުރުމަށްޓަކައި، އަމިއްލަ ނަފްސު އަދި އެހެން މީހަކު ބަދަލުކުރަން ވަގުތެއް ނެތް ކަމަށް ޕޮޗެޓިނޯ ވަނީ ބުނެފަ އެވެ.  

"އަހަރެން މި ދައްކާ ވާހަކަ އޮޅުވާނުލާތި. އެއީ، ބައެއް ފަހަރު އެއް ގޮތަށްް ބުނެވޭ ދެ ބަހުގެ އެއް މާނައެއް ދޭހަވާ ފަހަރު ވެސް އާދޭ، އަހަންނަކީ ބައެއް ކަންކަމުގައި ރަނގަޅު މީހެއް ނޫން ކަން ކުރާ ގޮތުން، އެކަމަކު، އަހަރެން ކަންކަން ކުރަން ބޭނުންވަނީ ރަނގަޅަކަށް،" ޕޮޗެޓީނޯ ބުންޏެވެ. 

"އަހަރެން ރަނގަޅަށް ހުންނަން ބޭނުންވަނީ، އެކަމަކު މިހާރު އެބަ ބޭނުންވޭ އިތުރަށް ކަންކަން ރަނގަޅުކުރަން. ވަރުގަދަވާން ޖެހޭ. ރަނގަޅު ގުޅުމެއް ޓީމުގެ ތެރޭގައި އޮންނަން ޖެހޭ،" 

ޔުނައިޓެޑާ އެކު އަދި މަސައްކަތް ކުރެވުނީ މަދު ޓްރެއިނިން ސެޝަންތަކެއްގައި ކަމަށާއި އެކަމަކު، މިހާރު ވެސް ކުޅުންތެރިންނަށް އިރުޝާދު ދެމުން އަންނަނީ ދަނޑުމަތީގައި އަދި އާންމު ދިރިއުޅުމުގައި ރަނގަޅު ފޯކަސް އެއްގައި ވިސްނުން ބަހައްޓައިގެން މަސައްކަތްކުރުމަށް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ. 

ފުޓްބޯޅައިގައި ނަތީޖާ ނެރުން ބައްޓަންވެފައިވަނީ، ހަމައެކަނި ދަނޑުމަތީގެ މަސައްކަތުން ނޫން ކަމަށާއި ޓީމުވަންތަ ކަމާ އެކު، ރަނގަޅު ސަގާފަތެއްގެ ތެެރެއިން އެއް ބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް ޕޮޗެޓީނޯގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ނޮވެމްބަރު މަހުގައި ލީގެއް ނުލިބޭނެ: އާޓެޓާ

މާދަމާރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ލީގު ޗެމްޕިއަންކަން ކަނޑައެޅޭނެ މެޗެއް ނޫން ކަމަށާއި، ނޮވެމްބަރު މަހު ލީގެއް ނުލިބޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. އާޓެޓާ ފާހަގަކުރި ގޮތުގައި ސިޓީގެ ފޯމު މިވަގުތު ދަށްކޮށް އޮތް ނަމަވެސް، އާސެނަލުން ތައްޔާރުވާނީ އެޓީމުގެ އެންމެ ވަރުގަދަ ކުޅުމާ ކުރިމަތިލުމަށް

Newsletter

Get the latest news delivered straight to your inbox