އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

Oct 19, 2026, 5:30 AM
ސެވިއްޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

ސެވިއްޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

މެޑްރިޑް (އޮކްޓޫބަރު 19) - ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު، ރެއާލް މެޑްރިޑުން 4-1 އިން ސެވިއްޔާ ބަލިކޮށްފި އެވެ. 

މި ނަތީޖާއާ އެކު، ރެއާލުން ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން ވެސް މޮޅުވި ބާސެލޯނާ އެވެ. އެ ޓީމަށް ނުވަ މެޗުން 27 ޕޮއިންޓް ވަނީ ލިބިފަ އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ އޮތި ނުވަ މެޗުން 22 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލަށް ނުވަ މެޗުން 21 ޕޮއިންޓް އަދި ހަތަރެއްގައި އޮތް ރެއާލް ބެޓިސް އަށް ވަނީ ނުވަ މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. އަދި، ރެއާލް އަތުން ބަލިވި ސެވިއްޔާ ހަ ވަނައިގައި އޮތީ ނުވަ މެޗުން 16 ޕޮއިންޓާ އެކު އެވެ. 

ރެއާލުގެ ސަންޓިއާގޯ ބާނަބައުގައި ކުޅުނު މެޗުގައި، 30 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ އާޑާ ގުލާ ޖެހި ހިތްގައިމު ގޯލުންނެވެ. ރެއާލުގެ ޔަން ޑިއޮމަންޑޭ އަރިމަތިން ދިން ބޯޅައެއް އާޑާ ގުލާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. 

Advertisement

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ލީޑުފުޅާކުރި އެވެ. މިއީ، މެޗުގެ 37 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ގޯލެކެވެ. މޮޅު ކޮންޓްރޯލަކުން އޭރިއާތެރެއަށް ބޯޅަ ގެންދިއުމަށް ފަހު، އެމްބާޕޭ މި ލަނޑު ޖެހީ، ސެވިއްޔާގެ ކީޕަރު، އޮޑީސިއަސް ވްލަޗޯޑިމޯސް ކައިރިން ނައްޓައިފަ އެވެ. 

ރެއާލަށް 61 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖަހައިިދިނީ ޕެނަލްޓީ އަކުން އެމްބާޕޭ އެވެ. މިއީ، އެމްބާޕޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ލަނޑާ އެކު، އެމްބާޕޭ ވަނީ މި ސީޒަނުގައި 11 ލަނޑު ހަމަކޮށްފަ އެވެ. 

ސެވިއްޔާ އިން މެޗުގެ ތެރެއަށް ވަނުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުން ވަނީ 80 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. ރެއާލްގެ އޭރިއާތެރެއިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ޖެހީ މަނޫ ބުއޭނޯ އެވެ. 

ރެއާލަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު މެޗުގެ 82 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިއޮމަންޑޭ އެވެ. އޭނާ އަށް ލިބުނު ފުރުސަތުގައި، އޭރިއާބޭރުން ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުގައި ރެއާލަށް ފަސް ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު، އައުރެލިއަން ޗުއަމެނީ ޖެހި ޝޮޓް ސެވިއްޔާގެ ކީޕަރު ވްލަޗޯޑިމޯސް ވަނީ މަތަކޮށްފަ އެވެ. 

ލީގުގައި ރެއާލުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ ބާސެލޯނާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox