އެމްބާޕޭ މައްސަލައިގައި ސްޕެނިޝް ލީގުން ޗައިނާ ސަރުކާރާ ވާހަކަ ދައްކަނީ

Nov 3, 2026, 10:55 AM
ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް

ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް

މެޑްރިޑް (ނޮވެމްބަރު 3) - ޗައިނާގެ ސިޔާސީ ތާރީހުގައި ބޮޑު އިހުތިރާމެއް ލިބިފައިވާ، ކުރީގެ ލީޑަރު، މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް (ޑިކްޓޭޓަރެކޭ) ބުނެ ދެއްކި ވާހަކައެއްގެ ސަބަބުން، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ހެދި ސްޕެނިޝް ލީގުގެ ގިނަ މެޗުތައް ޗައިނާގައި ދެއްކުން ހުއްޓާލާފައިވާއިރު، އެކަމާ ގުޅިގެން ސްޕެނިޝް ލަލީގާ އިން ޗައިނާ ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށް ބުނެފި އެވެ. 

ފްރާންސްގައި ކުރިއަށްދިޔަ ޝޯއެއްގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުނެފައިވަނީ، އޭނާ އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކޮށް ގިނަ ފޮޓޯޓަކެއް ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާ ކަމަށެވެ. އޭގެ ތެރެއިން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކީ ހުދުމުހުތާރު ލީޑަރަކާއި އޭނާގެ މޫނު ގުޅުވައިގެން ހަދާފައިވާ ފޮޓޯ ކަމަށާއި އެ ފޮޓޯގައި ހިމެނެނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ އެވެ. 

ޗައިނާގެ ސިޔާސީ ލީޑަރަކަށް އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން، ޗައިނާ ދެ ބްރޭންޑަކުން ވަނީ އެމްބާޕޭގެ ސްޕޮންސާޝިޕް އެއްބަސްވުންތައް އުވާލައިފަ އެވެ. އަދި ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީން ވަނީ އެމްބާޕޭ ފެންނަ އެއްވެސް ފުޓޭޖެއް ނުދައްކާއިރު، ސްޕެނިޝް ލީގާއި ރެއާލް މެޑްރިޑް ކުޅޭ އެއްވެސް މެޗެއް ނުދައްކަން ނިންމައިފަ އެވެ. އަދި، އެ ގޮތަށް އަމަލުކުރަން ނިންމައި، މި ހަފްތާގައި ޗައިނާގައި ސްޕެނިޝް ލަލީގާގެ ގިނަ މެޗުތަކެއް ނުދައްކަ އެވެ. 

އެ މައްސަލައިގައި، އެމްބާޕޭ އާއި ރެއާލް މެޑްރިޑް އަދި ސްޕެނިޝް ލީގުން ބަޔާނެއް ނެރެ މައާފަށް އެދުނު ނަމަވެސް އަދިވެސް ހައްލުވެފައިނުވެ އެވެ. 

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވަނީ ދާދި ފަހުން ސްޕެއިނުގައި ހުންނަ ޗައިނާގެ އެމްބަސީގައި ބައްދަލުވުންތަކެއް ވެސް ބާއްވައިފަ އެވެ. 

"ހުޅުވިފައިވާ މަޝްވަރާތަކެއް މި ދަނީ، އަހަރެން މި ދަނީ ޗައިނާ ސަރުކާރާ އެކު  މަޝްވަރާކުރަމުން މި ކަމުގެ ހައްލަކަށް. މެޑްރިޑް އާއި ބެއިޖިންގައި ވެސް މި ކަންކަން އެބަ ހިނގާ. މަޑުމަޑުން ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ޓެބާސް ވިދާޅުވި އެވެ. 

ޓެބާސް ވިދާޅުވީ، ޒަމާނުއްސުރެން ސްޕެނިޝް ލީގުން އަންނަނީ ޗައިނާއާ އެކު ބަދަހި ގުޅުމެއް ދަމަހައްޓަމުން ކަމަށާއި އެ ގޮތުން، ސިޔާސީ ވިސްނުންތަކާއި މި ފަދަ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ހައްލަކާ ހަމައަށް އާދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

މަޝްހޫރު ބާސްކެޓްބޯޅަ ފްރެންޗައިސް، އެންބީއޭ، 2019 އިން ފެށިގެން ޗައިނާގެ ގިނަ މީޑިއާތަކުން ވަނީ ބޮއިކޮޓްކޮށްފަ އެވެ. އެއީ، އޭރުގެ ހޫސްޓަން ރޮކެޓްސްގެ މެނޭޖަރު، ޑަރީލް މޯރޭ، ޗައިނާއާ ދެކޮޅަށް ހޮންގް ކޮންގުން ކުރިއަށްގެންދިޔަ މުޒާހަރާތަކަށް ތާއީދުކޮށް ވާހަކަ ދެއްކުމުންނެވެ. 

ޓެބާސް ވިދާޅުވީ، އެންބީއޭގައި އެ ދިމާވި ފަދަ ހާލަތެއް ލަލީގާ އަށް ދިގުލައިގެން ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

"އަހަރެން ޗައިނާ އަށް ގޮސް ވެސް މި ވާހަކަ ދައްކައި ހަމަޖެހުމަކާ ހަމައަށް މި ކަންކަން ގެނެވޭތޯ ހުރިހާ ގޮތަކުން މަސައްކަތް ކުރާނަން. މިކަން ރަނގަޅުކުރަން ކުރާ މަސައްކަތް ދާނީ ކުރިއަށް،" ޓެބާސް ވިދާޅުވި އެވެ. 

މި ދިމާވި ކަންތައްތަކާ މާޔޫސްވެ، އެމްބާޕޭ އަމިއްލަ އަށް އިސްނަގައި ވާހަކަ ދައްކަައި، މި ކަންކަމާ މެދު މައާފަށް އެދިފައިވުމުން، އެ އަށް ވިސްނަމުން އަންނަ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އެކަމަކު، ސީސީޓީވީ ހިންގާ ޗައިނީސް މީޑިއާ ގްރޫޕް (ސީއެމްޖީ) އިން އޮތީ އަދިވެސް އެމްބާޕޭގެ ބޮއިކޮޓް ކުރިއަށްގެންދިއުމަށް އަމާޒުކަނޑައަޅައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox