ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

Oct 18, 2026, 12:05 AM
ބެޓިސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޔަމާލް އުފާފާޅުކުރަނީ.

ބެޓިސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޔަމާލް އުފާފާޅުކުރަނީ.

ސެވިލް، ސްޕެއިން (އޮކްޓޫބަރު 17) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް ބެޓިސް 5-2 އިން ބަލިކޮށް ބާސެލޯނާ އިން ލީގުގައި ޖެހިޖެހިގެން ނުވަ ވަަނަ މެޗުން މޮޅުވެއްޖެ އެވެ. 

މިއީ، ސްޕެނިޝް ލީގުގެ އާ ސީޒަނެއްގައި ޓީމެއްގެ އެންމެ ރަނގަޅު ޓްރެކް ރެކޯޑެވެ. 

ސްޕެނިޝް ލީގުގެ އެއް ވަަނައިގައި އޮތް ބާސެލޯނާ އިން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތީ، ނުވަ މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ އޮތީ ނުވަ މެޗުން 22 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް ވަނީ ނުވަ މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ އިން ވަނީ މިރޭ 1-0 އިން އެސްޕަންޔޯލް އަތުން މޮޅުވެފަ އެވެ. 

ހަތަރެއްގައި އޮތް ރެއާލް މެޑްރިޑުން. މާދަމާރޭ ކުޅޭނީ ފަސް ވަނައިގައި އޮތް ސެވިއްޔާއާ އެވެ. ރެއާލަށް އަށް މެޗުން 18 ޕޮއިންޓް އަދި ސެވިއްޔާ އަށް އަށް މެޗުން ވަނީ 14 ޕޮއިންޓް ލިބިފައިވެ އެެވެ. 

އެސްޓަޑިއޯ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން، 10 ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގީ ލަމީން ޔަމާލް ޖެހި ހިތްގައިމު ގޯލުންނެވެ. އެކަމަކު، 27 ވަނަ މިނިޓްގައި ޕަބްލޯ ފޯނާލްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިއޭގޯ ގޯމޭސް ވަނީ ބެޓިސް އަށް އެއްވަރުކޮށްދީފަ އެވެ.

ދެ ވަނަ ފަހަރަށް ބާސެލޯނާ އިން ލީޑުނެގީ، 41 ވަނަ މިނިޓްގައި ރޮޑްރީގޯ (ރޮޑްރީ) ބޮލުން ޖެހި ގޯލުންނެވެ. މިއީ، ބާސެލޯނާ އަށް ރޮޑްރީ ޖަހައިދިން ފުރަތަމަ ގޯލެވެ. އޭގެ ދެ މިނިޓް ފަހުން، ޖިއޮވާނީ ލޮ ސެލްސޯ ޖެހި ހިތްގައިމު ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިނުގަންނަން ނިންމި އެވެ. އެއީ، އެޓޭކުގައި ބެޓިސްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. 

ބާސެލޯނާ އިން ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ، މެޗުގެ 51 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ޖެހި ގޯލުން ލީޑުފުޅާކުރި އެވެ. އޭގެ ދެ މިނިޓް ފަހުން، ބެޓިސްގެ އަބްދެ އެޒަލްޒޫލީ ވަނީ ލަނޑެއް ޖަހައި، ބެޓިސް އަށް ފަރަގު ކުޑަކޮށްދީފަ އެވެ. އެކަމަކު، އެ ޓީމުގެ ފަކުންޑޯ ބާނާލަށް ރަތެއް ދެއްކުމުން ބެޓިސްގެ ކުޅުންތެރިއަކު މަދުވި އެވެ. 

އޭގެ ފަހުން، ބާސެލޯނާ އިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، 62 ވަނަ މިނިޓްގައި ޔަމާލްގެ ހިލޭޖެހުމެއްގައި ބެޓިސް އޭރިއާތެރެއިން ޕައު ކުބަރްސީ ދިން ބޯޅައަކުން އެރިކް ގާސިއާ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އަދި، ބަދަލަކަށް ކުޅެން އެރި ޑެނީ އޮލްމޯ ވަނީ 81 ވަނަ މިނިޓްގައި ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖަހަން ވެސް ފުރުސަތު ހޯދައިދިނީ ޒުވާން ޑިފެންޑަރު، ކުބަރްސީ އެވެ. 

ސްޕެނިޝް ލީގުގައި ދެން ބާސެލޯނާ އަށް އޮތް މެޗަކީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox