ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

Nov 28, 2026, 5:48 PM
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޑޯރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޑޯރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ. 

މި ހަފްތާގެ މެޗުުތައް ފެށުނުއިރު، ބިސް ބުރު އޮތީ ތިން ވަނައިގަ އެވެ. އެކަމަކު، އޭގެ ފަހުން، އިއްޔެ ހަވީރު، އޮޑި ސްޕޯޓްސް ކްލަބުން ތިން ވަނަ އަށް ޖެހިލައިފައި ވަނިކޮށް، މިއަދު ނިއު އިން މި ވަނީ އެ މަގާމަށް އަރައިފަ އެވެ. 

ލީގުގެ އެއް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހަތް މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު އާއި ހަތަރެއްގައި އޮތް އޮޑި އަށް އަށް މެޗުން 14 ޕޮއިންޓް ވަނީ ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ބިސް ބުރުން އަށް މެޗުން ހޯދީ 12 ޕޮއިންޓެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުުނު މެޗުގެ އަށް ވަނަ މިނިޓްގައި ނިއު އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ނެގި ހުރަހަކުން ލައިބީރިއާގެ މިޑްފީލްޑަރު، ޔާޔާ ބިލިޓީ ބޮލުން ޖެހި ގޯލުންނެވެ. 

ނިއު އަށް ލީޑުގައި އޮވެވުނީ ދެ ވަރަކަށް މިނިޓްގަ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި، ނިއުގެ އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިންނަށް ގެއްލުނު ބޯޅައެއް ހޯދައި، ބިސް ބުރުގެ ކެޕްޓަން، މަޖުދާން ސޯލިހު ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. 

މެޗުގެ 19 ވަނަ މިނިޓްގައި ނިއު އިން ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ. ޑަ ސިލްވާ ދިން ބޯޅައަކުން މި ލަނޑު ޖެހީ ނިއުުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) އެވެ. އޭނާ ވަނީ ލިބުނު ފުރުސަތުގައި ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ނިއު އިން ލީޑުފުޅާކުރި ވެސް ޑޯރީ ޖެހި ގޯލަކުންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި ނިއުގެ އީތަން އިބްރާހިމް ޒަކީ ނެގި ހުރަހަކުން ޑޯރީ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ދެ ވަނަ ހާފުގައި، ނިއުގެ ޑޯރީ، އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވި އެވެ. ޑަ ސިލްވާ ޖެހި ޝޮޓެއް ބިސް ބުުރުގެ ކީޕަރު، ގާނާގެ ޕީޓާ ސަރްކޯޑީ ވަނީ މަތަކޮށްފަ އެވެ. އަދި، އީތަން ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ. 

ބިސް ބުރަށް ލަނޑެއް ޖަހައިދޭން ނިއުގެ އޭރިއާތެެރެއިން، މުހައްމަދު ޒިދާން އީސާ ޖެހި ޝޮޓެއް ވަނީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ. 

މެޗުގެ 78 ވަނަ މިނިޓްގައި ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ޝޮޓެއް ކީޕަރު ސަރްކޯޑީ ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން، ޑޯރީ ވަނީ ނިއުގެ ހަތަރު. ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކޮށްދިނީ ދަގަނޑޭ އެވެ. 

ބިސް ބުރުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ ފަހުކޮޅުގައި އެ ޓީމުގެ، އުލޫފް އަހުމަދު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

ނޮވެމްބަރު މަހުގައި ލީގެއް ނުލިބޭނެ: އާޓެޓާ

މާދަމާރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ލީގު ޗެމްޕިއަންކަން ކަނޑައެޅޭނެ މެޗެއް ނޫން ކަމަށާއި، ނޮވެމްބަރު މަހު ލީގެއް ނުލިބޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. އާޓެޓާ ފާހަގަކުރި ގޮތުގައި ސިޓީގެ ފޯމު މިވަގުތު ދަށްކޮށް އޮތް ނަމަވެސް، އާސެނަލުން ތައްޔާރުވާނީ އެޓީމުގެ އެންމެ ވަރުގަދަ ކުޅުމާ ކުރިމަތިލުމަށް

Newsletter

Get the latest news delivered straight to your inbox