ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

Nov 2, 2026, 8:35 AM
ރޭސިން ކޮޅަށް ލަނޑު ޖެހުމަށް ފަހު ޑިއޮމަންޑޭ އުފާފާޅުކުރަނީ.

ރޭސިން ކޮޅަށް ލަނޑު ޖެހުމަށް ފަހު ޑިއޮމަންޑޭ އުފާފާޅުކުރަނީ.

މެޑްރިޑް (ނޮވެމްބަރު 2) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ޔަން ޑިއޮމަންޑޭގެ ގޯލާ އެކު 3-0 އިން ރޭސިން ސަންޓަންޑޭ ބަލިކޮށްފި އެވެ. 

މި ނަތީޖާއާ އެކު، ރެއާލުން ވަނީ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދުގެ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ނުވަ މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ ނުވަ މެޗުން 28 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ އޮތީ ނުވަ މެޗުން 27 ޕޮއިންޓެވެ. 

ރޭސިން ދަނޑުަގައި ކުޅުނު މެޗުގެ 11 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރެއާލަށް ލީޑުނަގައިދިނީ ކީލިއަން އެމްބާޕޭ އެވެ. ޗައިނާ ސިޔާސީ މަސްރަހާ މައްސަލަގަނޑެއްގެ ތެރޭގައި މި ވަގުތު ދުވަސް ގުނަން ޖެހިފައިވާ އެމްބާޕޭ މި ޕެނަލްޓީ ކާމިޔާބުކުރީ އޭނާ އަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިނުމުންނެވެ. 

މެޗުގެ 22 ވަނަ މިނިޓްގައި ރެއާލްގެ ޖޫޑް ބެލިންހަމް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެެވެ. މިއީ، އާޑާ ގުލާ ހުސްކޮށްލާފައި ދިން ބޯޅައެއް ރޭސިންގެ ޑިފެންސްލައިން ފަހަތުން ހޯދައި، އެ ޓީމުގެ ކީޕަރު، ޖުލެން އަގިރެއްޒަބަލާ ކައިރިން ނައްޓާފައި ބެލިންހަމް ޖެހި ގޯލެކެވެ. މިއީ، ރެއާލަށް ބެލިންހަމް ޖަހައިދިން 50 ވަނަ ގޯލެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ތިން ވަނަ ލަނޑު ޖެހީ މި ވަގުތު ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ޑިއޮމަންޑޭ އެވެ. އާރްބީ ލައިޕްޒިގުން މި ފަހަރުގެ ޓްރާންސްފާގައި ބޮޑު ފީ އަަކަށް ރެއާލަށް ބަދަލުވި ޑިއޮމަންޑޭ މި ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނިޓްގަ އެވެ. ކޯނަރެއްގައި ރޭސިން ޑިފެންޑަރުން ސަލާމަތްކުރަން ޖައްސާލި ބޯޅަ ލިބުމާ އެކު، އޭރިއާބޭރުން ޑިއޮމަންޑޭ އެއް ފަަހަރުން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. 

ދެ ވަނަ ހާފުގައި ރެއާލަށް ލަނޑު ޖަހައިދޭން އެމްބާޕޭގެ ޝޮޓެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އައުރެލިއަން ޗުއަމެނީގެ ޝޮޓެއް ދިޔައީ ގޯލާ ސީދާނުވެ އެވެ. 

މެޗުގެ 76 ވަނަ މިނިޓްގައި ރޭސިން އަށް ޕެނަލްޓީއެއް ދޭން ނިންމުމަށް ފަހު، ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި އެ ނިންމުން ބަދަލުކޮށްފަ އެވެ. އަދި، އިތުރު ވަގުތުގައި ބެލިންހަމް ޖެހި ގޯލެއް ވެސް ވީއޭއާރް އިން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox