ބޭންކުތަކުން ސަރުކާރަށް ފަންޑުކުރާތީ އަމިއްލަ ވިޔަފާރިތަކަށް ފައިސާއެއް ނެތް: އަހުމަދު މުހައްމަދު

ގެސްޓްހައުސް ސިމްޕޯސިއަމްގެ ޕެނަލް ޑިސްކަޝަންގައި އަހުމަދު މުހައްމަދު ވާހަކަ ދައްކަވަނީ: އޭނާ ބުނީ މި ސަރުކާރުން ވެސް ދަނީ ކުރީ ސަރުކާރުތަކުގެ ގޯސްތައް ތަކުރާރުކުރަމުން ކަމަށް --- ފޮޓޯ: އަދަދު

ގެސްޓްހައުސް ސިމްޕޯސިއަމްގެ ޕެނަލް ޑިސްކަޝަންގައި އަހުމަދު މުހައްމަދު ވާހަކަ ދައްކަވަނީ: އޭނާ ބުނީ މި ސަރުކާރުން ވެސް ދަނީ ކުރީ ސަރުކާރުތަކުގެ ގޯސްތައް ތަކުރާރުކުރަމުން ކަމަށް --- ފޮޓޯ: އަދަދު

ބޭންކުތަކުން ސަރުކާރަށް ފަންޑު ކުރަމުންދާތީ އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހަނިވެފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ސިމްޕޯޒިއަމް 2026 ގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އަހުމަދު މުހައްމަދު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަށް ދިވެހި ރުފިޔާ އާއި ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ވަނީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދިނުމުގެ ސަބަބުން ކަމަށެވެ. 

މި މައްސަލައިގެ ފުނަށް ވަޑައިގަންނަވަމުން އަހުމަދު މުހައްމަދު ވިދާޅުވީ، މިއީ ހަމައެކަނި މި ސަރުކާރުގެ މައްސަލައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޒަމާނުއްސުރެން ސަރުކާރުތަކުން އަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތަކީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ވީކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ކަންކަން ރަނގަޅު ކުރެވޭނީ ކުރީ ސަރުކާރޭ ބުނެ ނިންމާނުލާ، މާލީ ޒިންމާދާރުކަން ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.  

"އާނ. އަހަރަމެން ވަރަށް ގިނަ ދަރަނި ދައްކައިފިން. މިއީ ކޮންމެހެން އެ މީހުން އުފެއްދި ދަރަންޏަކަށް ނުވިޔަސް މިކަމާ ކުރިމަތިލާން މި ޖެހުނީ، ނަސީބު ދިމާކުރި ގޮތުން، މިހާރުގެ ސަރުކާރަށް. ނަމަވެސް، މިއަދު ވެރިކަމުގެ ހުންގާނުގައި ތިބި މީހުންނާއި، ކުރިއަށް އޮތްތަނުގައި ތިބޭނެ މީހުންނަށް މިކަމަށް ބަދަލެއް ގެނެވިދާނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

"ހަމައެކަނި ކުރީ ސަރުކާރޭ ބުނެގެން އަހަރަމެންނަކަށް ކަންކަމެއް ރަނގަޅެއް ނުކުރެވޭނެ."

މި ސަރުކާރުގެ މާލީ ސިޔާސަތު ވެސް ގޯސްކަން ދައްކަން އަހުމަދު މުހައްމަދު ބޭނުންކުރެއްވީ އެތެރޭގެ ދަރަނީގެ އަދަދުތަކެވެ. ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. 

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ދަރަނި ދޫކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރަސްތަކެއް އެބަހުރި ކަމަށެވެ. އަދި، ޑޮލަރު ތާށިކަމާ މި މައްސަލަ ގުޅުވާ، އޭނާ ވިދާޅުވީ މާކެޓުގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވީ ވެސް މީގެ ސަބަބުން ކަމަށެވެ. 

މި އުނދަގޫތަކުން އަރިގަންނަން ސަރުކާރަށް އޮތް ހަމައެކަނި މަގަކީ ފިސްކަލް ޑިސިޕްލިން (މާލީ ޒިންމާދާރުކަން) ގާއިމުކުރުން ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. 

ދަރަނި ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށާއި މާލީ ކަންކަމުގައި ޒިންމާދާރުވާން ޖެހޭ. އެހެން ނޫންނަމަ، ފިރާގު ވިދާޅުވި ފަދައިން، އަހަރަމެން ޖެހޭނީ ކިރު ފެލަން އޮތް ހަމައެކަނި ގެރީގެ ކިރު އެއްކޮށް ހުސްވަންދެން ފެލަން،" އޭނާ ވިދާޅުވި އެވެ.

"އެހެން ކިރު ފެލަން އޮތް ހަމައެކަނި ގެރިއަކީ، ތި އެންމެން ތަމްސީލުކުރާ، ޓޫރިޒަމް ސިނާއަތް." 

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި މަސް ފެށުނު ހަފުތާގައި އެތެރޭގެ ދަރަނި ހުރީ 98.8 ބިލިއަން ރުފިޔާގައި އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އެތެރޭގެ ދަރަނި ހުރީ 68.1 ބިލިއަން ރުފިޔާގައި އެވެ. 

މި އަދަދުތަކުން ދައްކާ ގޮތުގައި، މި ސަރުކާރުން ވަނީ ވެރިކަމަށް ތިން އަހަރު ނުވަނީސް އެތެރޭގެ ބާޒާރުން 30 ބިލިއަން ރުފިޔާގެ ދަރަނި ނަގާފަ އެވެ. މިއީ 45.1 ޕަސެންޓުގެ އިތުރުވުމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

މަނީ ޗޭންޖަރުންގެ ޑިޕޮސިޓް ދެ ގުނަ ބޮޑުކޮށްފި

ފައިސާ މާރުކުރުމުގެ ވިޔަފާރިތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެ ލައްކަ ޑޮލަރަށް ބޮޑުކޮށް، މަނީ ޗޭންޖަރުންގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި. މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ހިދުމަތް ދޭ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އަހަރީ ފީތައް ވެސް ވަނީ ބޮޑުކޮށްފަ.

މަސައްކަތްކުރަން އެންމެ ރަނގަޅު މާހައުލަކަށް މިފަހަރު ވެސް ދިރާގު

ވިދިވިދިގެން ދެވަނަ އަހަރު ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭސަން ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ކުރިއެރުމާއި ބޭނުންތަކަށް އިސްކަންދޭ ހަރުދަނާ މަސައްކަތުގެ މާހައުލެއް އޮތް ތަނެއްކަން ސާބިތުކޮށްދީފިއެވެ. މުވައްޒަފުންގެ އިތުބާރާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ދޭ މި ބައިނަލްއަގުވާމީ ސެޓިފިކޭސަން ލިބުމަކީ، މުވައްޒަފުންގެ މެދުގައި އޮތް އެއްބާރުލުމާއި ކުންފުނީގެ ސަގާފަތް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެކެވެ.

އެމްއައިބީ އާއި އެލިއާ ގުޅިގެން 18،000 ރުފިޔާ ޑިސްކައުންޓް

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް އެލިއާއިން އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ.

Newsletter

Get the latest news delivered straight to your inbox