ގެސްޓް ހައުސް ޗެމްޕިއަން ރަށަކަށް 5 ލައްކަ ރުފިޔާ

Oct 6, 2026, 9:00 AM
ގެސްޓް ހައުސް އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ މި މަހު 25 ގައި ބާއްވާ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ތެރެއިން -- ފޮޓޯ: މީރާޝް ނާޝިމް/ އަދަދު

ގެސްޓް ހައުސް އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ މި މަހު 25 ގައި ބާއްވާ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ތެރެއިން -- ފޮޓޯ: މީރާޝް ނާޝިމް/ އަދަދު

 ގެސްޓް ހައުސް ސިންޕޯސިއަމްގެ "ގެސްޓް ހައުސް ޗެމްޕިއަން" ރަށަށް 5 ލައްކަ ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމުގެ ފުރުސަތު ދިނުމަށް އެ ބޭންކުން ނިންމައިފި އެވެ.

އެމްއައިބީން އިސްނަގައިގެން ކުރިއަށް ގެންދާ ގެސްޓް ހައުސް ސިންޕޯސިއަމް އަދި އެވޯޑު ހަފުލާ އޮންނާނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު މާލޭގަ އެވެ. މި އިނާމު ލިބޭ ރަށް އިއުލާންކުރާނީ މި ހަފުލާގެ ތެރެއިންނެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އެކަމަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެ އެވެ. މި އެވޯޑު ލިބޭ ރަށަކަށް، އެ ރަށުގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ މެހެމާނުންނަށް ފައިދާވާނެ ޕްރޮޖެކްޓަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޖުމްލަ 5 ލައްކަ ރުފިޔާއާ ހަމައަށް މި ފުރުސަތުގެ ދަށުން ހަރަދުކުރެވޭއިރު، މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި މެހެމާނުންނަށް އިތުރު ލުއިފަސޭހަކަމާއި ހިތްފަސޭހަކަން ލިބިގެންދާނެ ކަމަށް އެ ބޭންކުން އުންމީދުކުރެއެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox