އިންޑިއާއަށް 50 މިލިއަން ޑޮލަރު ދައްކަން ބޭންކުން ފައިސާ ނުދެން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޗެއާޕާސަން ހަބީބު (ވ) އާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފު (މ): ބޭންކުން ބުނީ އެ ބޭންކުގެ ބޯޑާއި މެނޭޖުމަންޓުން ދަނީ މާލީ ހާލަތު ވަރަށް ރަނގަޅަށް މޮނީޓާކުރަމުން ކަމަށް --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޗެއާޕާސަން ހަބީބު (ވ) އާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފު (މ): ބޭންކުން ބުނީ އެ ބޭންކުގެ ބޯޑާއި މެނޭޖުމަންޓުން ދަނީ މާލީ ހާލަތު ވަރަށް ރަނގަޅަށް މޮނީޓާކުރަމުން ކަމަށް --- ފޮޓޯ: ބީއެމްއެލް

ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީބިލުތަކަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދައްކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ދިން ކަމަށް ބުނާ ވާހަކަ އެ ބޭންކުން މިއަދު ދޮގުކޮށްފި އެވެ. 

ބީއެމްއެލްއިން މިހެން ބުނީ އެ ބޭންކަށް ދިމާވެގެން އުޅޭ ޑޮލަރު ތާށިކަމުގެ މައްސަލަ ގުޅެޅީ މި ލޯނު އަދާކުރަން ސަރުކާރަށް ފައިސާ ދިނުމުން ކަމަށް އިދިކޮޅު ސިޔާސީ މީހުން ބުނަމުން އަންނާތީ އެވެ. މީގެ ކުރިން ސަރުކާރުން ވެސް ވަނީ މިކަން ދޮގުކޮށް، އެ ފައިސާ ދެއްކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކޮށްފައި ހުރި ފައިސާ ކަަމަށް ބުނެފަ އެވެ. 

މި ތުހުމަތުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި، ސަރުކާރުން މި ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިން އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެން ނެތް ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

"ބީއެމްއެލް އިން މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައެއް ނުވޭ،" ބަޔާނުގައި ބުންޏެވެ.

ސަރުކާރުގެ ދަރަނި ދެއްކުމާ ބޭންކުގެ މާލީ ހާލަތާ ގުޅުމެއް ނެތް ކަމަށް ބުނުމާއެކީ، ބީއެމްއެލްއިން ވަނީ އެ ބޭންކު އޮތީ މާލީ ގޮތުން ވަރުގަދަކޮށް ކަމަށް ވެސް ބުނެފަ އެވެ. އަދި ބުނީ، އެ ބޭންކަކީ، ކަނޑައެޅިފައިވާ ރިސްކު އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަނަންސް އަދި ރިސްކް މެނޭޖުމަންޓު އޮނިގަނޑެއްގެ ތެރެއިން ހިންގަމުން އަންނަ ބޭންކެއް ކަމަށެވެ. 

ބީއެމްއެލްއިން ބުނީ ސަރުކާރުން މި މުއާމަލާތް ހިންގުމުގެ ސަބަބުން އެ ބޭންކުގެ މާލީ ވަސީލަތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. 

މި ވާހަކަތަކަށް ފަހު ބީއެމްއެލްއިން ވަނީ ބޭންކުގެ މާލީ ހާލަތުގެ ވާހަކަ ދެއްކުމުގެ ކުރިން އެ މައުލޫމާތު ކަށަވަރު ކުރުމަށް މީޑިއާތަކާއި ސިޔާސީ މީހުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި، ބޭންކުގެ އަގުވައްޓާލަން ނޫނީ ބޭންކަށް ގެއްލުންވާ ގޮތަށް ހަގީގަތާ ހިލާފު ހަބަރު ފަތުރާ ނަމަ ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ބޭންކަށް ލިބިގެންވާ ކަމަށް ބުންޏެވެ. 

ބޭންކުގެ މާލީ ހާލަތު ރަނގަޅު ކަމަށް ބީއެމްއެލްއިން ބުނި ނަމަވެސް އެ ބޭންކަށް ޑޮލަރު ލިބުން ތާށިވެ އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ފޮނުވުމާއި ޑޮލަރުން ފައިސާ ދެއްކުމުގައި ގިނަ އުނދަގޫތަކާ ވަނީ ކުރިމަތިވެފަ އެވެ. މި މައްސަލައަކީ، އިންޑިއާއަށް 50 މިލިއަން ޑޮލަރު ދެއްކުމުގެ މާ ކުރިން އޮތް މައްސަލައެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox