ދިރާގުން ވިދިވިދިގެން ދެވަނަ އަހަރު "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭސަން ހާސިލްކޮށްފި

Nov 26, 2026, 7:27 AM
  އެންމެ ފުރިހަމަ އެއް ވަޒީފާގެ މާހައުލު އޮތް ކުންފުންޏެއްގެ ގޮތުގައި މި އަހަރުވެސް  ދިރާގު

އެންމެ ފުރިހަމަ އެއް ވަޒީފާގެ މާހައުލު އޮތް ކުންފުންޏެއްގެ ގޮތުގައި މި އަހަރުވެސް ދިރާގު

ވިދިވިދިގެން ދެވަނަ އަހަރު ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭސަން ހާސިލުކޮށްފިއެވެ.

ދިރާގުން ބުނި ގޮތުގައި، މި އަހަރު ވެސް އެ ސެޓިފިކޭސަން ލިބުމުން، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ކުރިއެރުމަށް މަސައްކަތްކުރާ، އަދި ހުރިހާ މުވައްޒަފުން ސާމިލުވާ ގޮތަށް މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުވެއެވެ.

"ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭސަންއަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭސަނެކެވެ. "ޓްރަސްޓް އިންޑެކްސް ސާވޭ" މެދުވެރިކޮށް މުވައްޒަފުންގެ ފަރާތުން އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ މި ސެޓިފިކޭސަންގައި، މުވައްޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި އިހުތިރާމާއި ކުންފުންޏާ މެދު ފަހުރުވެރިވާ މިންވަރު އަދި މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް ވަޒަންކުރެއެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު އަޒްހާ ޒަމީރު ވިދާޅުވީ، ވިދިވިދިގެން ދެވަނަ އަހަރު އެ ސެޓިފިކޭސަން ލިބުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާ އެކު ބިނާކޮށްފައިވާ ހަރުދަނާ މަސައްކަތުގެ މާހައުލު ދެމެހެއްޓި، އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ.

"މި ސަގާފަތް ބިނާވެފައިވަނީ އިތުބާރާއި އިހުތިރާމުގެ އިތުރުން އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ މައްޗަށް. މިއީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދިރާގުގެ މުވައްޒަފަކަށް ވީތީ ފަހުރުވެރިވާ ފަދަ ވެއްޓެއް ގާއިމުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ،" އަޒްހާ ވިދާޅުވިއެވެ.

މި ސަގާފަތް ދެމެހެއްޓުމުގައި މުވައްޒަފުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި އޭނާ ވަނީ މުވައްޒަފުންނަށް ސުކުރު އަދާކުރައްވާފައެވެ. އަދި އަމާޒަކީ މި ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް އެ މިންގަނޑުތައް ހިފަހައްޓައި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމާއި ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބުން ކަމަށް އަޒްހާ ވިދާޅުވިއެވެ.

ދިރާގުން ބުނި ގޮތުގައި، އެ ކުންފުނިން އަންނަނީ މުވައްޒަފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މުވައްޒަފުންގެ 99.9 ޕަސެންޓު ދިވެހިން ހިމެނޭ ދިރާގަކީ ދިވެހިން ކުރިއެރުވުމާއި ލީޑަސިޕް ތަރައްގީކުރުމުގެ އިތުރުން، މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ހަމަހަމަކަން ހިފެހެއްޓުމަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއް ކަމަށް ވެސް ދިރާގުން ފާހަގަކުރެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީ އާއި އެލިއާ ގުޅިގެން 18،000 ރުފިޔާ ޑިސްކައުންޓް

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް އެލިއާއިން އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ.

އޭޓީއާރު އޮޕަރޭޝަން ހުއްޓާލައި، ފަޅުވެރިން ވަކިކޮށްފި

މަންޓާ އެއާއިން މި ނިންމުން ނިންމީ ލީސް އެއްބަސްވުން ހަމަވުމާއި، މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ އިތުރުން ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުގެ ސަބަބުން ވިޔަފާރި ކުރިއަށް ނުގެންދެވޭތީ. މީގެ ފަހުން މަންޓާ އެއާއިން އޮޕަރޭޓް ކުރާނީ ހަމައެކަނި ސީޕްލޭންގެ ދަތުރުތައް.

އެމްއައިބީން ވަރަ އެކްސްޕޯގައި ބައިވެރިވަނީ

މާދަމާ ހުޅުމާލޭގައި ފަށާ "ވަރަ އެކްސްޕޯ" ގައި އެމްއައިބީން ބައިވެރިވެ، ވަޒީފާގެ ފުރުސަތުތަކާއި ސީވީ ތައްޔާރުކުރުމުގެ އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައި. މި އެކްސްޕޯގައި ބޭންކުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި.

އެސެންޝިއާގެ ހުރިހާ ފްލޯރިންއަކުން 20 ޕަސެންޓު ޑިސްކައުންޓް

އެސެންޝިއާގެ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފްލޯރިންއަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައެވެ. 2027 ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ ނަގުދު ފައިސާއިން މުދާ ގަންނަ ފަރާތްތަކަށެވެ.

އެމްއެޗްއޭގެ "ރިވޯޑްސް އެޕް" ތައާރަފުކޮށްފި

އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕޮއިންޓު އެއްކޮށް، ވިޔަފާރީގެ ތަފުސީލުތައް ބަލައިލެވޭނެ "އެމްއެޗްއޭ ރިވޯޑްސް އެޕް" އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކާއި ހަރަދުތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، 2027 ވަނަ އަހަރުން ފެށިގެން ޕޮއިންޓު ހޯދުމަށް މި އެޕް ބޭނުންކުރުން މަޖުބޫރުވާނެއެވެ.

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Newsletter

Get the latest news delivered straight to your inbox