ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި "ވަރަށް ބޮޑަށް" ރަނގަޅު ވާނެ: މުއިއްޒު

ޕީއެސްއެމްގެ "ނޭޝަން" ޕްރޮގްރާމުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ: ކުރިއަށް އޮތް މަސްތަކުގައި ބޭރު ފައިސާގެ ރިޒާވް އިތުރުވެގެންދާނެ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ޕީއެސްއެމްގެ "ނޭޝަން" ޕްރޮގްރާމުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ: ކުރިއަށް އޮތް މަސްތަކުގައި ބޭރު ފައިސާގެ ރިޒާވް އިތުރުވެގެންދާނެ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާގެ ރިޒާވު ދަށް ކަމަށއި އެހެން ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކީ ކުރިއަށް ހަ މަސް ދުވަހުގެ ތެރޭގައި ރިޒާވުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރިޒާވުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ގައި މުއިއްޒު ވިދާޅުވީ ރިޒާވު ދަށް ވެފައި ހުރުން ވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރަނގަޅު ކުރެވުމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ ރިޒާވު އިތުރުވާނެ ދުވަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކަކީ މިހާރަށްވުރެ އަޅުގަނޑުމެންގެ ރިޒާވް ރަނގަޅު ކުރަމުން ކުރަމުން ގެންދެވޭނެ ދުވަސްތަކެއް އަދި ކުރިއަށް ހައެއްކަ މަސްދުވަހުގެ ތެރޭގައި މިހާރު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ނަތީޖާއިން ކޮންމެ މަހަކު ވެސް ރަނގަޅު ކުރެވެމުން ގޮސް ވަރަށް ބޮޑަށް ރަނގަޅުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މި ޔަގީންކަން ވިދާޅުވިއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 643.8 މިލިއަން ޑޮލަރެވެ. އަދި، ބޭނުންކުރެވޭ ރިޒާވުގައި ހުރީ 200 މިލިއަން ޑޮލަރެވެ. މިއީ މި އަހަރުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވު އެންމެ ދަށްވީ ފަހަރެވެ. 

މިހެން ނަމަވެސް ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް އިތުރުކޮށްފައިވާތީ، މި އަހަރުގެ ފަހު ކުއާޓަރުގައި، އެއީ އޮކްޓޫބަރުން ޑިސެމްބަރަށް ހިނގާ ކުއާޓަރުގައި، ރިޒާވު އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި، ސަރުކާރުން ވަނީ މެލޭޝިއާގެ މަރުކަޒީ ބޭންކުން 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. 

މި ގޮތުން ރިޒާވު އިތުރުވާނެ ކަމަށް ބެލެވުނަސް، އަންނަ އަހަރުގެ ތެރޭގައި ވެސް ރިޒާވަށް ހުރި ޕްރެޝަރުތައް މަދެއް ނޫނެވެ. 

އޭގެ ތެރޭގައި މިހާރު ޖުމްލަ ރިޒާވުގެ ދެ ބައި ކުޅަ އެއް ބަޔާ ގާތަށް ހިއްސާކުރާ އިންޑިއާގެ ރިޒާވު ބޭންކުން ނަގާފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު ހަމަވުން ހިމެނެ އެވެ. މި ސްވޮޕުގެ މުއްދަތު ހަމަ ވަނީ އަންނަ އަހަރުގެ ޖޫން މަހުގައި އެވެ. އެހާތަނަށް ސޮވޮޕް ނުލައި، ރިޒާވުގައި ހުރި އަދަދު އިތުރުނުކުރެވޭ ނަމަ އަނެއްކާ ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ސަރުކާރާއި އެމްއެމްއޭއިން ބުނަނީ ރިޒާވު ދަށް ވަމުން ދަނީ ބޮޑެތި އަދަދުތަކުން ބޭރު ދަރަނި ދައްކަމުން ދާތީ އާއި ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ތެޔޮ އިމްޕޯޓުކުރަން ގިނަ ޑޮލަރުތަކެއް ބޭނުންކުރަން ޖެހޭތީ އެވެ.

އެ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދަރަނި ދައްކަން 660 މިލިއަން ޑޮލަރު، އަދި ތެޔޮ އިމްޕޯޓުކުރަން 683 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް، މި ފަހުން ބޭއްވި ޕީއެންސީ ކޮންގްރެސްގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox