ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަހުމަދު މުހައްމަދު

ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ޕެނަލް ޑިސްކަޝަންގެ ތެރެއިން: މި ޕެނަލްގައި މައިގަނޑު މަޝްވަރާއަކަށް ހިނގީ ޑޮލަރު މާރުކުރުމާ ގުޅޭ ގޮތުން --- ފޮޓޯ: އެމްއައިބީ

ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ޕެނަލް ޑިސްކަޝަންގެ ތެރެއިން: މި ޕެނަލްގައި މައިގަނޑު މަޝްވަރާއަކަށް ހިނގީ ޑޮލަރު މާރުކުރުމާ ގުޅޭ ގޮތުން --- ފޮޓޯ: އެމްއައިބީ

މި އަހަރުގެ ތެރޭގައި ދައްކަން ހުރި ބޮޑެތި ދަރަނިތައް އަދާކޮށް، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ. 

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކުރި ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ޕެނަލް ޑިސްކަޝަންގައި އަންޑޭ މިހެން ވިދާޅުވީ، ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައި އޮތުމުން ޓޫރިޒަމް ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވަމުންނެވެ. 

މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ޓޫރިޒަމް ވިޔަފާރިވެރިންނާއި ފަންނީ މީހުން ވެސް ވަނީ މާރުކުރަން މަޖުބޫރުކޮށްފައި އޮތުމުގެ ސަބަބުން ވިޔަފާރިކުރަން ވަރަށް އުނދަގޫ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، މިހާ އުނދަގުލުގައި ވިޔަފާރިކުރަން ޖެހުނު ދުވަހެއް ކުރިމަތި ނުވާ ކަމަށް ވެސް އެ މީހުން އެއްބަސްވި އެވެ.

އެ ގޮތުން ކުރި މަޝްވަރާތަކުގައި އަހުމަދު މުހައްމަދު ވިދާޅުވީ، ސަރުކާރުން ޑޮލަރު މާރުކުރަން މަޖޫބޫރުކޮށްގެން ކުރި ކަމަކީ، ދަރަނި ދައްކާނެ ފައިސާ ހޯދުން ކަމަށެވެ. މިކަން ރިޒާވު އަދަދުތަކަށް ބެލުމުން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ސަރުކާރަށް ދަރަނިތައް ދެއްކުނީ ޓޫރިޒަމް ވިޔަފާރިތަކުން 20 ޕަސެންޓު ޑޮލަރު މާރުކުރުމުން ކަމަށެވެ. އަދި، މިއީ އެ ސިނާއަތަށް ޝުކުރުއަދާކުރަން ޖެހޭ ކަމެއް ކަމަށާއި މާރުކުރާ ނިސްބަތް 40 ޕަސެންޓަށް މަތިކުރުމަކީ ޝުކުރު އަދާކުރާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނި އަނބުރާ ދެއްކުމުގައި ސަރުކާރުން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، މާލީ ކަންކަން ހަރުަދަނާކުރުމުގައި ސަރުކާރަށް އެ ވަރުގެ ކާމިޔާބީއެއް ނުހޯދޭ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. މި ނުކުތާއަށް ބާރުދެއްވަން އޭނާ ބޭނުންކުރެއްވީ އެތެރޭގެ ދަރަނި އިތުރުވަމުން ދިޔުމެވެ.

އެތެރޭގެ ދަރަންޏާ ހެދި، އަހުމަދު މުހައްމަދު ވިދާޅުވީ، ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ދަަރަނި އަދާކުރި ނަމަވެސް، ޖުމްލަ ދަރަންޏަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށެވެ. އަދި، މީގެ ސަބަބުން ސަރުކާރަށް ބޭންކުތަކަށް ބަރޯސާވުން ބޮޑުވެ، އަމިއްލަ ވިޔަފާރިތަކަށް ދޫކުރަން ހުރި ފައިސާ ވަރަށް މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަހުމަދު މުހައްމަދު ވަނީ ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ފާޑުވިދާޅުވުމާއެކީ، އެ ސިޔާސަތަކީ ހައްލެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ، ފިސްކަލް ޑިސިޕްލިން ގެނައުމުގައި ސަރުކާރު ނުކުޅެދުމެވެ. އޭނާ ވަނީ، މިއީ ކުރީ ސަރުކާރޭ ބުނެ ނިންމާލެވޭނެ ވަރު މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، މާލިއްޔަތު ހަމައަކަށް އަޅުވަން މާލީ ސިޔާސަތު ހަރުދަނާ ކުރަން ސަަރުކާރަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox