ގާނޫނުތައް ނުހަދައި ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ޑރ. އަހްމަދު އަބްދުﷲ ދީދީ: ގާނޫނުތައް ބަދަލުކޮށްގެން އީގަލް ހިލްސްއާއެކު ދެން ހަދާ އެއްބަސްވުންވެސް ވެގެންދާނީ ގާނޫނީ އުސޫލާ ހިލާފަށް ހަދާ އެއްޗަކަށް ކަމަށް އޭނާ ވިދާޅުވި

ޑރ. އަހްމަދު އަބްދުﷲ ދީދީ: ގާނޫނުތައް ބަދަލުކޮށްގެން އީގަލް ހިލްސްއާއެކު ދެން ހަދާ އެއްބަސްވުންވެސް ވެގެންދާނީ ގާނޫނީ އުސޫލާ ހިލާފަށް ހަދާ އެއްޗަކަށް ކަމަށް އޭނާ ވިދާޅުވި

ގާނޫނުތައް ނުހަދައި ރަސްމާލެއިން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ދީދީ ވިދާޅުވީ ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ދޭން ސަރުކާރުން ނިންމީ ރާއްޖޭގައި އޮންނަ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު މުގުރާލުމަށްފަހު، އެކަމަށް ހަދަންޖެހޭ ގާނޫނުތައް ނަހަދައި ކަމަށެވެ. އެގޮތުން ގާނޫނުތައް ބަދަލުކޮށްގެން ދެން ހަދާ އެއްބަސްވުންވެސް ވެގެންދާނީ ގާނޫނީ އުސޫލާ ހިލާފަށް ހަދާ އެއްޗަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހަގީގަތުގައި ގާނޫނުއަސާސީއާ ހިލާފުވަނީ ކޮން އޭންގަލަކުންތޯ. ސެޕެރޭޝަން އޮފް ޕަވާސް. އަޅުގަނޑުމެން މި ކިޔާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމަށްވެސް ވާހަކައަކީ ވަޔަލޭޓް އެބަ ކުރައްވާ ސަރުކާރުން. ސަރުކާރުން މި ހައްދަވަނީ މިސާލަކަށް އެމީހުންނަށް [އީގަލް ހިލްސްއަށް] ވައުދެއް މިވަނީ އެގްރީމަންޓް ހައްދާނަމޭ ކިޔާފައި، އެމީހުންނަށް ހައްގުތަކަކާއި އިންތިޒާމުތަކެއް. ރައިޓްސް އޮބްލިގޭޝަންތަކެއް އުފައްދާފައި މި ދެނީ އިންޓެންޓުގެ ދަށުންވެސް މިސާލަކަށް،" ދީދީ ވިދާޅުވި އެވެ. 

"އިންޓެންޓެކޭ ކިޔަސް، ކޮންމެ ނަމެއް ކިޔަސް އޭގައި ބަލަންޖެހޭނީ އޭގެ އިބާރާތްތައް. ފްރޭމްވޯކް އެގްރީމަންޓެއް ވެއްޖެއްޔާ އެ ހުރި އިބާރާތްތަކުން އިންތިޒާމުތަކަކާއި ހައްގުތަކެއް އޭގެ އުފެދިފައި އޮވެއްޖެއްޔާ އޭގެ މާނައަކީ އޭގެ ފަހުން ގާނޫނުތަކެއް ހަދައިގެން އޭގެ ދަށަށް ފައިނަލް އެގްރީމަންޓްތަކެއް ގެންދެވިއްޖެއްޔާ ރެޓްރޮސްޕެކްޓިވްކޮށް، އޭގެ މާނައަކީ ރަޖުއީ އަސަރަކުން  އެ އެޕްލައިކުރާ ކުރުމަކީ އެއީ ގާނޫނީ އުސޫލުތަކާ މުޅިން ހިލާފު އެއްޗެއް."

ދީދީ ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުން ގާނޫނުތައް ހަދާނަމޭ ބުނާއިރު، ގާނޫނު ހަދާ ބާރަކީ މަޖިލިސް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް ފެނިގެންދަނީ ސަރުކާރުން ބުނާހާ ކަންތައްތައް ކުރަން ހޮވާފައި ތިބި ބައެއް ގޮތުގައި ކަމަށާއި އޭގެއިން ދޭހަވަނީ ރާއްޖެ ގޮސްފައިވާ ހިސާބު ކަމަށް އޭނާ ވިދާޅުވި އެވެ. 

"ވެރިކަން ހިންގުމުގެ ބާރުން މި ބުނަނީ ތިމަންނަމެން ގާނޫނު ހަދާނަމޭ. ގާނޫނު ހަދާފައި ފަހުން އެއްބަސްވުން ހަދާނަމޭ. އެމީހުންނަކީ ގާނޫނު ހަދާ ބާރުތޯ. ގާނޫނު ހަދާ ބާރަކީ ރައްޔިތުންގެ މަޖިލިސް. އަޅުގަނޑުމެންގެ ރިޔާސީ ނިޒާމެއްގައި މިއޮތީ ބާރުތައް ވަކިވެފައި. މި ނިޒާމުގައި ރައްޔިތުންގެ މަޖިލީހަކަށް ނެތް ދެއްތޯ ބަހުސްކުރުމުގެ ބާރެއްވެސް ނޫނިއްޔާ އިދިކޮޅު ހެދުމުގެ ބާރެއްވެސް ނެތި ހަމަ ސަރުކާރުން ބުނާހާ ކަންތައްތައް ކުރަން ހޮވާފައި ތިބި ބައެއްތޯ. މީގެއިން ދޭހަވަނީ ރާއްޖެ ގޮސްފައި އޮތް ހިސާބު،" އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox