މުއިއްޒުއަކީ އިސްލާމީ ވެރިއެއް ނޫން، ކުރައްވަނީ ސެކިއުލާ ވެރިކަމެއް: ދީދީ

ޑރ. އަހްމަދު އަބްދުﷲ ދީދީ: މުއިއްޒުގެ އަމަލުތައް ހުންނަވާ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި

ޑރ. އަހްމަދު އަބްދުﷲ ދީދީ: މުއިއްޒުގެ އަމަލުތައް ހުންނަވާ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި

ރައީސް މުހައްމަދު މުއިއްޒަކީ އިސްލާމީ ވެރިއެއް ނޫން ކަމަށާއި އެމަނިކުފާނު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ދީދީ ވިދާޅުވީ މުއިއްޒަށް ރައްޔިތުން އުޅޭ ހާލު ނޭނގޭ ކަމަށާއި އެމަނިކުފާނުގެ އަމަލުތައް ހުންނަވާ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށެވެ. 

"ހަމައެކަނި މާސިޑީޒް ބެންޒް ކާރުގައި އޮފީހަށް ވަޑައިގެން، ގެއަށް ވަޑައިގަތަކަސް ނުފެންނާނެ ދެއްތޯ ދިވެހިން އުޅޭ ހާލަތު. މި ގައުމުގެ ހާލަތު. ވީމާ އިސްލާމީ ވެރިކަމެއް ނޫން އެ ކުރައްވަނީ. އިސްލާމީ ވެރިއެކޭ ނުބުނެވޭނެ އެނގޭތޯ ރައީސް މުއިއްޒަކީ. ރައީސް މުއިއްޒަކީ ހަމައެކަނި އެންމެ ހަމަ ސެކިއުލާ ވެރިއެއްގެ ތަސައްރަފާތު ގެންގުޅުއްވަނީ،" ދީދީ ވިދާޅުވި އެވެ. 

Advertisement

ދީދީ ވިދާޅުވީ ޓީވީން މަންޒަރު ދައްކާލަންވެގެން މުއިއްޒު ކުރަމުންދާ ކަންކަމާއި އަގުބޮޑެތި ތަކެތި ތުރުކުރެއްވުމަކީ އިސްލާމީ ވެރިން އަމަލުކުރައްވާ ގޮތް ނޫން ކަމަށައި އިސްލާމީ ތާރީހަށް ވެސް ބަލާލަން ޖެހޭ ކަމަށެވެ.  

"ރާއްޖޭގައި މިހާ ބޮޑަށް ބަޖެޓުގެ ގޮތުންނާއި އާމްދަނީ ނުލިބޭ ތަނެއްގައި އަޅުގަނޑުމެންގެ ރައީސް ވާހަކައަކީ ނުޖެހޭނެ ދެއްތޯ އެންމެ އަގުބޮޑު ކޯޓު ތުރުކުރައްވާކަށް. އަގުބޮޑު ގަޑި އަޅުއްވާކަށް. އިސްލާމީ ތާރީހަށްވެސް ބައްލަވާލައްވަން ޖެހޭނެ ދެއްތޯ. ދެން މިހާރު ގައުމުގެ ކަންތައްތައް ހިންގަވާ ގޮތުން ޓީވީން މަންޒަރު ދައްކާލާފައި،" ދީދީ ވިދާޅުވި އެވެ. 

"އަވަށްތަކުގެ މީހުންނާއެކު ބައްދަލުވުން ބައްދަލުވުން ނަމުގައި ބޭއްވުމެއް ނޫން. މީގައި ހަގީގީ ބޭނުމަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ ފަތިސް ނަމާދު ކުރައްވައިގެން ބޭފުޅަކު ނޭނގޭ ގޮތަށް އުމަރުގެފާނު ހެއްދެވިހެން މާލޭ މަގުމަތީގައި ހިންގަވަންވީ ނޫންތޯ. މާލޭގެ މަގުތަކުގެ ހާލަތު ހުރިގޮތް ބަލާލަން. ރައްޔިތުން އުޅޭ ހާލު ބަލާލަން."

ވެރިމީހާގެ އަމުރުމައުރޫފްތަކަށް ފާޑުކިޔުމަކީ އިސްލާމީ ޝަރީއަތުގައި ޖާގަ އޮންނަ ކަމެއްކަން ފާހަގަކުރައްވާ ދީދީ ވިދާޅުވީ ނޫސްވެރިޔަކު އެއްޗެއް ބުނާއިރަށް ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ އޭނާ ހުއްޓުވަން ކޯޓުން އަމުރެއް ނެރޭ ގޮތަށް އަމުނުކުރެއްވޭނެ ކަމަށެވެ. 

"ހަގީގަތަކީ ކްރިޓިސައިޒްކުރުމާއި ފާޑުކިޔުމާއި މިކަންތައްތަކަކީ އިސްލާމީ ޝަރީއަތުގައި ފުޅާ ދާއިރާއަކަށް ހުއްދަކޮށްފައި ހުރި ކަމެއް. އެއީ އަމްރު ބިން މައުރޫފް ވަހީ ނަހްޔުލް މުންކަރު އަސްލު މަހްފޫމަކީ. ހަގީގީ މަހްފޫމަކީ. ކޯފާވުމެއް ނޫން. ނޫސްވެރިޔަކު އެއްޗެއް ވިދާޅުވީމަ މިހާރު ތިހިރީ ގެގް އޯޑަރާ ހިލާފުވެފައޭ އެހެން ވިދާޅުވެފައި އޭނަ ހުއްޓާލާފައި ކޯޓު އަމުރެއްހެން އަމުރެއް ނެރުއްވުމެއް ނޫން،" އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ދީދީ ވިދާޅުވީ ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ދޭން ސަރުކާރުން ނިންމީ ރާއްޖޭގައި އޮންނަ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު މުގުރާލުމަށްފަހު، އެކަމަށް ހަދަން ޖެހޭ ގާނޫނުތައް ނަހަދައި ކަމަށެވެ. އޭނާ ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުން ގާނޫނުތައް ހަދާނަމޭ ބުނާއިރު، ގާނޫނު ހަދާ ބާރަކީ މަޖިލިސް ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިސް ފެނިގެންދަނީ ސަރުކާރުން ބުނާހާ ކަންތައްތައް ކުރަން ހޮވާފައި ތިބި ބައެއް ގޮތުގައި ކަމަށާއި އޭގެއިން ދޭހަވަނީ ރާއްޖެ ގޮސްފައިވާ ހިސާބު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox