ރަސްމާލެއަކީ އިންވެސްޓުމެންޓެއް ވެސް ނޫން، ޕްރޮޖެކްޓެއް ވެސް ނޫން އެއީ "ސްކޭމެއް": އިމްރާން

އަދާލަތުން ކުރިން ބޭއްވި ބައްދަލުވުމެއްގައި އެ ޕާޓީގެ އޭރުގެ ރައީސް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: އަދާލަތު

އަދާލަތުން ކުރިން ބޭއްވި ބައްދަލުވުމެއްގައި އެ ޕާޓީގެ އޭރުގެ ރައީސް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: އަދާލަތު

ފުށިދިއްގަރު ފަޅު ހިއްކައި ރަސްމާލޭގެ ނަމުން މި ސަރުކާރުން ނަން ދީފައިވާ ތަނަކީ އިންވެސްޓެއް ނުވަތަ ޕްރޮޖެކްޓެއް ނޫން ކަމަށާއި އެއީ ސްކޭމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރަސްމާލެ ހިއްކަން ފެށްޓެވީ ރިޔާސީ ކެމްޕޭނުގައި މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ކަމަށް ބުނެ ކަމަށެވެ. އަދި، މިދިޔަ ސެޕްޓެމްބަރު 21، ގައި އީގަލް ހިލްސް ކުންފުންޏާއެކު ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ސޮއިކުރުމާ ހަމައަށް ވެސް އެކަން އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުށިދިއްގަރު ފަޅު ހިއްކާގައި ރަސްމާލެއޭ ރައީސް މުއިއްޒު އެ ކިޔުއްވި ތަން، އެ ތަން އަޅުގަނޑަކަށް މިހާރު ނުވޭ އިންވެސްޓުމެންޓަކަށް ވެސް އެތަން މިހާރު އަޅުގަނޑަކަށް ނުވޭ ޕްރޮޖެކްޓަކަށް ވެސް. އަޅުގަނޑަށް އެތަން މިހާރު އެންމެ ރަނގަޅަށް ސިފަވަނީ ޒުވާން ކުދިން މި ހިންގާލާ [ކަހަލަ] ރަނގަޅު ސްކޭމަކާ،" އިމްރާން ވިދާޅުވި އެވެ.

"އެހެންވީމާ ރަސްމާލެއަކީ މިހާރު އިންވެސްޓުމެންޓެއް ވެސް ނޫން ޕްރޮޖެކްޓެއް ވެސް ނޫން. އެއީ ސްކޭމެއް."

ރަސްމާލޭގެ ބިމުން އެންމެ ވެލިފުކެއް ވެސް ބޭރުގެ އެއްވެސް ބަޔަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ނުދެއްވާނެކަމަށް މުއިއްޒު ވިދާޅުވިކަން އިމްރާން ފާހަގަކުރެއްވި އެވެ. މުއިއްޒުގެ އެ ވާހަކަތަކުގެ އަވައިގައި ދިވެހީން ޖައްސަުވާފައި، ރަސްމާލެ ހިއްކެވީ ހީލަތްތެރިކަމާއި މަކަރުވެރި ނިޔަތެއްގައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އިމްރާން ވިދާޅުވީ ރަސްމާލެ ހިއްކީ ދިވެހިރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާޑާއި އަދި، އެ ނޫން ވެސް ވިޔަފާރިތައް ކުރަންހުރި ޑޮލަރުތައް ބޭނުންކޮށްގެން ކަމަށެވެ. އެ ހުރިހާ ފައިސާއެއް ހަރަދުކޮށްގެން ރަސްމާލެ ހިއްކުމަށްފަހު، އެތަން ދޭން މިހާރު މުއިއްޒު ނިންމަވައިގެން އެ އުޅުއްވަނީ ޒަޔަނިސްޓުންގެ ސިފަތަކަށް ފުރިހަމައަށް ފެތޭ އަލައްބާރުއަށް ކަމަށެވެ.

"ރައީސް މުއިއްޒު ކަހަލަ، ދޮގު ހައްދަވާ އެ ފެންވަރުގެ ބޭފުޅަކު މި ދެންނެވި ޒަޔަނިސްޓުންގެ ޑެފިނިޝަނަށް ފުރިހަމައަށް ފެތޭ ބޭފުޅަކާ ދެ މީހުން އެއްބަސްވީމާ ދެން މި ކަމާ ކަންބޮޑުނުވާ މީހަކު މި ދިވެހި އިސްލާމީ ބިންމަތީގައި ހުރެގެން ނުވާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު މި ވަގުތު ނުހުއްޓުވައިފި ނަމަ، ދެން އަންނަ ސަރުކާރަކަށް އެ ޕްރޮޖެކްޓުގެ އެއްބަސްވުން ބާތިލު ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި އިގުތިސާދަށް ނުތަކާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox