އެމްއައިބީގެ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" ގެ ޝަރަފު ފުވައްމުލަކަށް

ގެސްޓްހައުސް އެވޯޑްސް 2026: "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އަކަށް ފުވައްމުލައް ވަނީ ހޮވިފައި -- ފޮޓޯ: އަދަދު

ގެސްޓްހައުސް އެވޯޑްސް 2026: "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އަކަށް ފުވައްމުލައް ވަނީ ހޮވިފައި -- ފޮޓޯ: އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަލަށް ތައާރަފުކުރި "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށްފި އެވެ.

މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑް ފުވައްމުލަކަށް އެރުވުމާއެކު، އެ ސިޓީއަށް ވަނީ އިޖުތިމާއީ މަޝްރޫއެއް ހިންގުމަށްޓަކައި 500،000 ރުފިޔާގެ މާލީ އެހީއެއް ވެސް ކަށަވަރުވެފަ އެވެ.

މި އެވޯޑަކީ އެމްއައިބީން ދޭ އެވޯޑްތަކުގެ ތެރެއިން ރަށެއްގެ ފެންވަރުގައި ދެވޭ ހަމައެކަނި އިނާމެވެ. މިއީ ވަކިވަކި ގެސްޓްހައުސްތަކުގެ ކުރިއެރުމަށްވުރެ ބޮޑަށް، މުޅި ރަށުގެ ފެންވަރުގައި ފަތުރުވެރިކަން ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތް ކުރިއެރުވުމަށް ނަމޫނާ ދައްކާފައިވާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.

މި އެވޯޑަށް ރަށްރަށް ހޮވުމުގައި ބަލާފައިވާ މައިގަނޑު މިންގަނޑުތަކުގެ ތެރޭގައި ރަށު ކައުންސިލާއި، ރައްޔިތުންނާއި، ވިޔަފާރިތަކުގެ މެދުގައި އޮތް ގާތް ގުޅުމާއި، ރަށް އިޝްތިހާރުކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ރަށުގެ އުމްރާނީ ތަރައްގީއާއި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ފަތުރުވެރިންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް ވަނީ އިންސާފުކޮށްފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ޝަރުތެއްގެ ގޮތުން އެ ރަށެއްގައި މަދުވެގެން ހިދުމަތްދޭ 50 ގެސްޓްހައުސް ކޮޓަރި ހުންނަންޖެހެ އެވެ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްގައި ކަމަދޫ އިން އަށް ތިން އެވޯޑެއް ލިބުނު -- ފޮޓޯ: އަދަދު
އެމްއައިބީ ގެސްޓްހައުސް އެވޯޑްސްގައި ކަމަދޫ އިން އަށް ތިން އެވޯޑެއް ލިބުނު -- ފޮޓޯ: އަދަދު

އެމްއައިބީން ދޭ 500،000ރ. ގެ އެހީއަކީ ފުވައްމުލަކުގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފާގަތި އަދި ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ހިންގޭ އިޖުތިމާއީ މަޝްރޫއަކަށް ހާއްސަކުރެވިފައިވާ ފައިސާއެކެވެ. މިއީ އެ ރަށުގެ ފަތުރުވެރިކަމުގެ އުމްރާނީ ވަސީލަތްތައް އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެކެވެ. 

ރާއްޖޭގެ އެންމެ ދެކުނުގައި، އެއް ފަސްގަނޑަކަށް އޮންނަ ފުވައްމުލައް ސިޓީއަކީ ފަހަކަށް އައިސް ރާއްޖޭގެ ގެސްޓްހައުސް ފަތުރުވެރިކަމުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް މަންޒިލެވެ. ފުވައްމުލަކީ ފީނުމުގެ އިތުރުން، ރަށުގައި ހުންނަ ކުޅިތަކާއި ޗަސްބިންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރަށެކެވެ.

މީގެއިތުރުން ގެސްޓް ހައުސް އެވޯޑުގައި ހޮވި ތިން އެވޯޑެއް ކަމަދޫ އިން ގެސްޓްހައުސްއަށް ލިބުނުއިރު، އޯޝަން ގްރޭންޑް ގެސްޓްހައުސް އާއި ބްލިސް ދިގުރަށް ގެސްޓްހައުސް އާއި ކޮނޑޭ ގާޑަން ވިލާ އަދި ސްވާން ބައި ހޯކްސްއަށްވެސް އެވޯޑެއް ލިބުނެވެ. ގެސްޓްހައުސް އެވޯޑު ހަފުލާގައި ހޮވި އައުޓްސްޓޭޑިން ޑައިވް މާސްޓާ އެވޯޑު ލިބުނީ މުހައްމަދު ޝަމޫން އަމީނަށެވެ. 

އެމްއައިބީ ގެސްޓް ހައުސް އެވޯޑްސްއަކީ ގެސްޓްހައުސް ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އެމްއައިބީން ފެށި މަސައްކަތެއް ކަމަށް އެ ބޭންކުން ބުންޏެވެ. މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައި ވަނީ ގެސްޓްހައުސްތަކަށާއި، ވަކިވަކި ފަރުދުންގެ އިތުރުން ރަށްރަށަށެވެ. މީގެ ތެރޭގައި މެހެމާންދާރީގެ ހިދުމަތާއި، އީޖާދީ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސައްކަތްތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox