ބޭނުންކުރެވޭ ރިޒާވު ނުވަ މަސް ތެރޭ ފުރަތަމަ ފަހަރަށް 200 މިލިއަން ޑޮލަރުން ދަށަށް

އެމްއެމްއޭ. -- އަދަދު ފޮޓޯ

އެމްއެމްއޭ. -- އަދަދު ފޮޓޯ

ބޭރު ފައިސާގެ ރިޒާވު ދަށްވަމުން ދަށްވަމުން އައިސް ނުވަ މަސް ތެރޭގައި ފުރަތަމަ ފަހަރަށް 200 މިލިއަން ޑޮލަރުން ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ބޭރު ފައިސާގެ ޖުމްލަ ރިޒާވުގައި ހުރީ 547.8 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 96 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ބޭނުންކުރެވޭ ރިޒާވު ނުވަތަ ޔޫސަބަލް ރިޒާވު ވަނީ 169.7 މިލިއަން ޑޮލަރަށް މަދުވެފަ އެވެ. މިއީ 30.8 މިލިއަން ޑޮލަރުގެ މަދުވުމެކެވެ. މިދިޔަ މަހަކީ، ސުކޫކު އަނބުރާ ދެއްކި އޭޕްރިލް މަސް ނަގާފައި ޖުމްލަ ރިޒާވާއި ބޭނުންކުރެވޭ ރިޒާވު އެންމެ ބޮޑަށް ހީނަރުވީ މަހެވެ. 

ބޭނުންކުރެވޭ ރިޒާވުގައި މިހާރު ހުރީ އެންމެ މަސް ދުވަހުގެ ތެލާއި، ބޭހާއި، ކާޑުގެ ބާވަތްތައް އިމްޕޯޓުކުރެވޭ ވަރުގެ އަދަދެކެވެ. 

ރިޒާވް ވަރުގަދަކުރަން ސަރުކާރުން ވޯލްޑް ބޭންކާއި އެހެން ބައިވެރިންގެ އެހީތެރިކަމަށް އެދިއްޖެ

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހެނިހެން އިދާރާތަކުގެ އެހީތެރިކަމަށް ސަރުކާރުން ވަނީ އެދިފަ. ތެލުގެ އަގު އުފުލުމާއި ދަރަނި އަދާކުރުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އިގުތިސޯދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޒަރީރު ވިދާޅުވި.

މި އަހަރުގެ ރިޒާވު ހުރި ގޮތުގެ ތަފުސީލަށް ބަލާއިރު، މިދިޔަ އަހަރުން ފެށިގެން ރިޒާވު އިތުރުކުރަމުން އައިސް، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވުގައި 1.3 ބިލިއަން ޑޮލަރު ޖަމާކުރި އެވެ. ނަމަވެސް ޖެހިގެން އައި މަހު ސުކޫކުގެ ބޮޑު ދަރަނި އަދާކުރި ފަހުން، ރިޒާވު ހަމައަކަށް ނޭޅެ އެވެ. 

އެކަމަކު، މި މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭތީ، މި ހިނގާ ފަހު ކުއާޓަރުގެ ތެރޭގައި ރިޒާވުގެ ހާލަތު ރަނގަޅު ވެދާނެ ކަމަށް ބެލެވެ އެވެ. ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރިޒާވު ވަރަށް ބޮޑަށް ރަނގަޅު ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި ޑޮލަރު ރިޒާވަށް މިހާ ބޮޑު ޕްރެޝަރެއް ކުރިމަތިވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމުންނެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ތެޔޮ އިމްޕޯޓުކުރަން މަހެއްގެ މައްޗަށް ހަރަދުވީ އެވަރެޖު އުޅެނީ 100 މިލިއަން ޑޮލަރުން މަތީގަ އެވެ.

މި ހާލަތުން އަރައިގަނެ، ރިޒާވު ހަމައަކަށް އަޅުވަން ސަރުކާރުން މިހާރު ދަނީ ވާލްޑް ބޭންކާއި އެހެނިހެން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމަށް އެދެމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކޮށް، އިގުތިސޯދީ އިސްލާހީ ފިޔަވަޅުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި މި ވަގުތު ބޭރުގެ މާލީ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox