ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެ، ޑޮލަރުގެ އަގު ދަނީ މައްޗަށް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޑޮލަރުގެ އަގު މައްޗަށް ދިއުން އަދިވެސް ނުހުއްޓޭ ކަމަށް އެމަނިކުފާނު ވިދާޅުވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޑޮލަރުގެ އަގު މައްޗަށް ދިއުން އަދިވެސް ނުހުއްޓޭ ކަމަށް އެމަނިކުފާނު ވިދާޅުވި

ސަރުކާރަށް ޑޮލަރު ގެނައުމަށް ތަންފީޒުކުރަން ފެށި ހުރިހާ ސިޔާސަތެއް ފެއިލްވެ، ޑޮލަރުގެ އަގު ދަނީ މައްޗަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު އެކްސް ގައި ވިދާޅުވީ ދިވެހި ރުފިޔާ ޑޮލަރަށް މާރު ނުކުރެވި، އޭގެ ސަބަބުން ބޭރުގައި ދިރިއުޅޭ އާއިލާތަކާއި ކިޔަވާ ކުދިންގެ އިތުރުން ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެފައިވާ ކަމަށެވެ. 

"ޔޫއެސްޑީގެ އަގު ދަނީ ހައްތަހާ މައްޗަށް. އެކައުންޓުގައި އެމްވީއާރް ހުރީމަ އެ ފައިސާ ޔޫއެސްޑީއެއް މާރެއް ނުކުރެވޭ. ކުދިން މަދަރުސާއަށް ލައިގެން ބޭރުގައި ދިރިއުޅޭ އާއިލާތަކާއި، ގިނަ ވިޔަފާރިވެރިންނަށް މިވަނީ އިންތިހާއަށް ދަތިވެފައި. ސަރުކާރުން ޔޫއެސްޑީ ހޯދުމަށް ގެނައި ސިޔާސަތެއް ފެއިލްވެއްޖެ،" ނަޝީދު ވިދާޅުވި އެވެ. 

މި މަހުވެސް ރާއްޖެ ބަނގުރޫޓުނުވެ ސަލާމަތްވީ އިންޑިއާ އިން ނަގާފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ރޯލްއޯވާ ކޮށްދިނުމުންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު އެވަރުންވެސް ޕާކިސްތާނަށް ވަޑައިގަންނަވަން އުޅޭ ކަމަށެވެ.

ޑޮލަރު ރޭޓުގެ ހަބަރު ޖެހުން މަނާކުރެވުނަސް ކަޅު ބާޒާރެއް ނުހުއްޓުވުނު

ޑޮލަރުގެ އަގު ބޮޑުވަނީ ނޫސްތަކުން ފަތުރާ ހަބަރުތަކުގެ ސަބަބުން ކަމަށް ސަރުކާރުން ބުނި ނަމަވެސް، ވަރުގަދަ ފިޔަވަޅުތަކާއެކުވެސް ނުއަގުގައި ޑޮލަރު ގަނެވިއްކުން ނުހުއްޓުވޭތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ޑޮލަރު މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ތަންފީޒީ ކަންކަން ހަރުކަށި ކުރުމާއެކުއެކީ، ރިސޯޓުތަކާއި 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން މާރުކުރަން ޖެހޭ މިންވަރު ވަނީ އާމްދަނީގެ 40 ޕަސެންޓަށް އުފުލާފަ އެވެ.

ސަރުކާރުން ބުނަނީ އެއާ އެކީ، ބޭންކިން ނިޒާމަށް ވަންނަ ޑޮލަރު އިތުރުކުރުމުގެ ގޮތުން ރިސޯޓުތަކާއި ޑޮލަރު ތާށިކަމާއި ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭ މައްސަލަ ވެސް ހައްލުކުރެވޭނެ ކަމަށެވެ.

ނަމަވެސް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުގެނެސް، ރަސްމީ ރޭޓު ނޫން ރޭޓެއްގެ ހަބަރު ލިޔުމާއި އެ ނޫން ރޭޓެއްގައި ޑޮލަރު ވިއްކުން މަނާކުރި ނަމަވެސް، ބޮޑު އަގުގައި ޑޮލަރު ގަނެވިއްކުން ނުހުއްޓުވޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox