އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދެވުނު ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ރިޒާ: ޑިޖިޓަލް ސެޓިފިކެޓުގެ ސަބަބުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެ އެވޯޑުގެ ސައްހަކަން ވަގުތުން ކަށަވަރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ރިޒާ: ޑިޖިޓަލް ސެޓިފިކެޓުގެ ސަބަބުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެ އެވޯޑުގެ ސައްހަކަން ވަގުތުން ކަށަވަރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޭ ގޭސްޓްހައުސް އެވޯޑުތަކަކީ ރާއްޖޭގެ ތާރީހުގައި ވެސް ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޭ ފުރަތަމަ އެވޯޑުތައް ކަމަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ރިޒާ ވިދާޅުވެއްޖެ އެވެ.

ބްލޮކް ޗެއިންއަކީ އެކިއެކި ކޮމްޕިއުޓަރުތަކުގައި އެއްކަމަކާ ގުޅޭ ހުރިހާ މުއާމަލާތަކާ ގުޅޭ ރެކޯޑުތައް ރައްކާކުރެވޭ ޑިޖިޓަލް ލެޖާއެކެވެ. މިއީ އެންމެންނަށް ފެންނަ ގޮތަށް އެކަމަކުވެސް، އެއްވެސް މީހަކަށް ބަދަލު ނުގެނެވޭ ގޮތަށް އެންކްރިޕްޓް ކޮށްފައި ހުންނަ ލެޖާއެކެވެ. 

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްގައި ރިޒާ ވިދާޅުވީ މި އެވޯޑުތަކާއެކު ދެވޭ ފިޒިކަލް އެވޯޑުގެ އިތުރުން، ބްލޮކްޗެއިން މެދުވެރިކޮށް ދެވޭ ޑިޖިޓަލް ސެޓިފިކެޓުގެ ސަބަބުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެ އެވޯޑުގެ ސައްހަކަން ވަގުތުން ކަށަވަރުކުރެވޭނެ ކަމަށެވެ.

މިއީ ރާއްޖޭގެ ގޭސްޓްހައުސް ސިނާއަތަށާއި މުޅި ގައުމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މި ނިޒާމުގެ ސަބަބުން ފަތުރުވެރިންނަށާއި، ޓްރެވަލް އެޖެންޓުންނަށް އަދި ވިޔަފާރީގެ ބައިވެރިންނަށް އެވޯޑު ލިބޭ ފަރާތްތަކުގެ ފެންވަރު ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. 

އެމްއައިބީ ގޭސްޓްހައުސް އެވޯޑަކީ ރާއްޖޭގައި މި ސިނާއަތަށް ހާއްސަކޮށްގެން ދެވޭ މިފަދަ ފުރަތަމަ އެވޯޑެވެ. މި އެވޯޑުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި، މުޅި މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުންނެވެ.

ރިޒާ ވިދާޅުވީ އެވޯޑެއް ލިބުމަކީ ހަމައެކަނި ޝަރަފެއް ނޫން ކަމަށާއި އެއީ އެ ހިފެހެއްޓި ފެންވަރު ދަމަހައްޓައި، އިތުރަށް ކުރިއެރުވުމަށް ލިބޭ ބޮޑު ޒިންމާއެއް ކަމަށެވެ. ކޮންމެ ގޭސްޓްހައުސްއަކީ ރާއްޖެ ތަމްސީލުކުރާ ސަފީރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެމްއައިބީން އަބަދުވެސް މަސައްކަތް ކުރާނީ ހަމައެކަނި ބޭންކެއްގެ ގޮތުގައި ނޫން ކަމަށާއި، ވިޔަފާރިތަކުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ރިޒާ ވިދާޅުވި އެވެ. ވިޔަފާރިތައް ކުރިއަރައިގެން ދިއުމަކީ މުޖުތަމައު ތަނަވަސްވެ، ގައުމު ވަރުގަދަވެގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ލިބުނީ ފުވައްމުލައް ސިޓީއަށެވެ. 

މީގެއިތުރުން ގެސްޓް ހައުސް އެވޯޑުގައި ހޮވި ތިން އެވޯޑެއް ކަމަދޫ އިން ގެސްޓްހައުސްއަށް ލިބުނުއިރު، އޯޝަން ގްރޭންޑް ގެސްޓްހައުސް އާއި ބްލިސް ދިގުރަށް ގެސްޓްހައުސް އާއި ކޮނޑޭ ގާޑަން ވިލާ އަދި ސްވާން ބައި ހޯކްސްއަށްވެސް އެވޯޑެއް ލިބުނެވެ. ގެސްޓްހައުސް އެވޯޑު ހަފުލާގައި ހޮވި އައުޓްސްޓޭޑިން ޑައިވް މާސްޓާ އެވޯޑު ލިބުނީ މުހައްމަދު ޝަމޫން އަމީނަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox