އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީގެ ގެސްޓްހައުސް އެވޯޑްސް އިފްތިތާހުކުރަނީ: މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ގެސްޓްހައުސް ސިމްޕޯޒިއަމްއާ ގުޅުވައިގެން. -- ފޮޓޯ: މީރާޝް ނާޝިމް/ އަދަދު

އެމްއައިބީގެ ގެސްޓްހައުސް އެވޯޑްސް އިފްތިތާހުކުރަނީ: މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ގެސްޓްހައުސް ސިމްޕޯޒިއަމްއާ ގުޅުވައިގެން. -- ފޮޓޯ: މީރާޝް ނާޝިމް/ އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ތިންވަނަ އެޑިޝަނާއި، އަލަށް ތައާރަފްކުރާ ފުރަތަމަ އެމްއައިބީ ގެސްޓްހައުސް އެވޯޑްސް ބޭއްވުމަށް މިހާރު ބާކީ އޮތީ އެންމެ ދެ ދުވަހެވެ.

މި ބޮޑު އިވެންޓް ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި ސިމްޕޯސިއަމް އޮންނާނީ މި މަހުގެ 15 ވާ ބުރާސްފަތި ދުވަހު މާލޭގެ ބާސެލޯ ނާސަންދުރާގަ އެވެ.

މި އަހަރުގެ ސިމްޕޯސިއަމް ކުރިއަށްދާނީ ބިޔޯންޑް ދަ ސްޓޭ: ބިލްޑިން ދަ ގެސްޓްހައުސް އޮފް ޓުމޯރޯގެ ތީމުގެ ދަށުންނެވެ.

މިއީ ރާއްޖޭގެ ގެސްޓްހައުސް ވެރިންނާއި، އޮޕަރޭޓަރުންނާއި، ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން މުހިންމު ބައިވެރިން އެއްތަންވެ، ހިޔާލު ބަދަލުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި އިވެންޓުގެ ތެރެއިން ރާއްޖޭގެ ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އާ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރާނެ އެވެ. 

އަހަރަކު އެއްފަހަރު ބާއްވާ މި ސިމްޕޯސިއަމްއަކީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ވާހަކަދެއްކުމަށާއި، އަމަލީ ތަޖުރިބާތައް ހިއްސާކުރުމަށް ލިބޭ މުހިންމު މަންސައެކެވެ. މީގެ އިތުރުން، ރަށްރަށުގެ ގެސްޓްހައުސް ފަތުރުވެރިކަމުގެ ވާދަވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ވިޔަފާރި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ އެވެ.

މި އަހަރުގެ ސިމްޕޯސިއަމްގައި ކީނޯޓް އެޑްރެސް ދެއްވާނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ސްޕީކަރެއް ކަމަށްވާ ކިރުބާ ޝަންކަރެވެ. އޭނާއަކީ އޮންލައިން ބިޒްނަސް ސްޓްރެޓެޖިސްޓެއްގެ އިތުރުން މަޝްހޫރު މުސަންނިފެކެވެ.

ދުނިޔޭގެ 24 ގައުމެއްގައި 700 އަށްވުރެ ގިނަ ތަގުރީރު ދެއްވާފައިވާ ކިރުބާއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާއިން ބޮޑެތި ތަޖުރިބާތަކެއް ހޯދާފައިވާ މީހެކެވެ. އޭނާގެ ވާހަކައިގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ގެސްޓްހައުސް ވިޔަފާރި ފުޅާކުރާނެ ގޮތްތަކަށް އަލިއަޅުވާލާނެ އެވެ.

މި އިވެންޓުގެ އެންމެ ހާއްސަ އެއް ބަޔަކީ މުޅިން އަލަށް ތައާރަފްކުރާ އެމްއައިބީ ގެސްޓްހައުސް އެވޯޑްސް އެވެ. މިއީ ގެސްޓްހައުސް ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އެމްއައިބީން ފެށި މަސައްކަތެކެވެ. މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައި ވަނީ ގެސްޓްހައުސްތަކަށާއި، ވަކިވަކި ފަރުދުންގެ އިތުރުން ރަށްރަށަށެވެ. މީގެ ތެރޭގައި މެހެމާންދާރީގެ ހިދުމަތާއި، އީޖާދީ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސައްކަތްތައް ހިމެނެ އެވެ.

އެވޯޑްސްގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި، އެވޯޑްތައް އިވެލުއޭޓްކުރުމުގެ މިނިވަން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކްރޯ މޯލްޑިވްސް އެވެ.

އެމްއައިބީން ބުނާ ގޮތުގައި މި ސިމްޕޯސިއަމް އާއި އެވޯޑްސް އެކުއެކީގައި ބޭއްވުމުގެ ބޭނުމަކީ، މައުލޫމާތު ހިއްސާކުރުމުގެ މާހައުލެއް އުފެއްދުމާއެކު، ރާއްޖޭގެ ގެސްޓްހައުސް ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox