އެމްއައިބީ ގެސްޓްހައުސް އެވޯޑްސްގައި ޓޫރިޒަމް ކުރިއަރުވާ ރަށްރަށަށް އެވޯޑެއް

Aug 18, 2026, 7:36 PM
ރަށެއްގެ މަގެއް މަތިން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ޓޫރިޒަމް ޗެމްޕިއަން އެވޯޑު ދެނީ ޓޫރިޒަމް ކުރިއަރުވާ ރަށްރަށުގެ އަގު ވަޒަން ކުރަން --- ފޮޓޯ: އަދަދު ފައިލް

ރަށެއްގެ މަގެއް މަތިން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ޓޫރިޒަމް ޗެމްޕިއަން އެވޯޑު ދެނީ ޓޫރިޒަމް ކުރިއަރުވާ ރަށްރަށުގެ އަގު ވަޒަން ކުރަން --- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކުރާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" ތައާރަފުކޮށްފި އެވެ. 

މި އެވޯޑަކީ ވަކިވަކި ގެސްޓްހައުސްތަކުގެ އިތުރުން، ރަށު ފެންވަރުގައި ޓޫރިޒަމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިސްނަގައިގެން މަސައްކަތްކުރާ ރަށްރަށުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ހާއްސަ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ދަނީ ކުރިއަށެވެ. 

ޓޫރިޒަމް ޗެމްޕިއަނުގެ އެވޯޑު ދޭ ރަށްރަށް އިންސާފު ކުރުމުގައި، ރަށު ކައުންސިލުތަކާއި އާންމު ރައްޔިތުންނާއި ވިޔަފާރިތައް ގުޅިގެން ކުރާ މަސައްކަތްތަކަށާއި، ރަށް އިޝްތިހާރުކުރުމުގެ އިތުރުން އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމާއި، އަދި ޓޫރިސްޓުންނަށް ރައްކާތެރި އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ބެލޭނެ އެވެ.

އެމްައިބީން ބުނީ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށުގައި އެޕްލިކޭޝަން ހުށަހަޅާ ވަގުތު މަދުވެގެން އޮޕަރޭޝަނަލް 50 ގެސްޓްހައުސް ކޮޓަރި ހުންނަން ޖެހޭނެ ކަމަށެވެ. 

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްގެ ދަށުން ޖުމްލަ ތިން ދާއިރާއަކުން 12 އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ:

  • ގެސްޓްހައުސްތަކަށް ހާއްސަ އަށް އެވޯޑު
  • ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރުދުންނަށް ދެވޭ ތިން އެވޯޑު
  • އެންމެ ފާހަގަކޮށްލެވޭ ރަށަށް ދެވޭ އައިލެންޑް އެވޯޑު

މި އެވޯޑްސްގެ މުޅި އިވެލުއޭޝަން މަރުހަލާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި މުސްތަގިއްލު ތާޑް-ޕާޓީއެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އެޑްވައިޒަރީ އިން ހަރަކާތްތެރިވާނެ އެވެ.

އެމްއައިބީން ބުނެފައިވާ ގޮތުގައި އެ ބޭންކުގެ މަގުސަދަކީ މި އެވޯޑު މެދުވެރިކޮށް ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ފެންވަރު މަތިކޮށް، އީޖާދީ އަދި ދެމެހެއްޓެނިވި ހިދުމަތްތަކަށް ހިތްވަރުދީ، ދިވެހިވަންތަ މެހެމާންދާރީގެ އަގުވަޒަންކުރުމެވެ. 

ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. މި އެވޯޑަށް އެދި  mib.com.mv/guesthouseaward މެދުވެރިކޮށް ހުށަހެޅޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox