ރާއްޖެ އިސްލާމްވި ތާރީހީ ދުވަހާ ގުޅުވައި ފެށި އެމްއައިބީގެ 15 އަހަރުގެ ރަން ދަތުރު: ގޮންޖެހުންތަކުން ފުރިހަމަ ކާމިޔާބީއަކަށް!

މޯލްޑިވްސް އިސްލާމިކް ބޭންކް -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް އިސްލާމިކް ބޭންކް -- ފޮޓޯ: އަދަދު ފައިލް

މިއަދަކީ ރާއްޖެ އިސްލާމްވިތާ 900 އަހަހރު ފުރުނު ދުވަހެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ވެގެންދިޔައިރު މި ދިގު މުއްދަތުގެ ތެރޭގައި ދީނުގެ ކަންކަން މި ރާއްޖޭގައި ދިޔައީ އަދި ދަނީ ތަންފީޒުކުރެވުމުނެވެ. ރީތި މިސްކިތްތަކާއި އިސްލާމީ ޔުނިވާސިޓީއަކާއި ޤުރުއާން އުނގަންނައިދޭ އެތަށް މަރުކަޒެއްގެ އިތުރުން ޤުރުޢާން އަދި މަދަހަ މުބާރާތްތަށް ކެނޑި ނޭޅި ކުރިޔަށް ދެ އެވެ.

ނަމަވެސް މި ދިގު ތާރީހުގައި އެންމެ ފާހަގަ ކޮއްލެވޭ އެއް ބަދަލަކީ ރާއްޖޭގެ މާލީ ނިޒާމު ރިބަވީ މުއާމަލާތްތަކާއި ނުލާ ހިންގޭނެ ނިޒާމެއް ތައާރަފްވެގެން ދިޔުމެވެ. އެއީ މީގެ 15 އަހަރުކުރިން ހަމަ މިދުވަހު ރާއްޖޭގެ ވެރި ރަށް މާލޭގައި ގާއިމް ވެގެން ދިޔަ ދިވެހި ރާއްޖޭގެ އިސްލާމިކް ބޭންކުގެ ދޮރު ދިވެހިންނަށް ހުޅުވުމެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް އެ ރައްޔިތުންގެ މުއާމަލާތްތަށް ޝަރިޔާގެ އުސޫލުން ކުރިޔަށް ގެންދިޔުމަށް ހުޅުވުނު ފުރަތަމަ ދޮރެވެ.

އެމްއައިބީން ހިދުމަތް ފެށި ދުވަސްވަރަކީ ރާއްޖޭގައި އިސްލާމީ މާލީ ނިޒާމަކަށް ބޭނުންވާ ގާނޫނީ އަދި އިގްތިސާދީ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ގާއިމުވެފައި ނެތް ދުވަސްވަރެކެވެ. އާބާދީ ކުޑަވުމާއި ކުޑަ އިގްތިސާދެއް އޮތް ރާއްޖޭގައި މި ކަން ކުރެވިދާނެ ކަމާއިމެދު އަދި ވަކިން ހާއްސަކޮށް ރިބަވީ ބޭންކިން ނިޒާމެއްގައި ފެށުނީއްސުރެ އޮތް ރާއްޖޭގައި އިސްލާމިކް ބޭންކިންއަށް ފުރުސަތެއް އޮވެދާނެގޯ ޝައްކުގެ ނަޒަރަކުން އެއްބަޔަކު ބެލި ނަމަވެސް އެމީހުންނަށް ދިވެހިން ޖަވާބު ދިނީ ބޭންކު ހުޅުވުނު ދުވަހުވެސް ދަމާލި ދިގު ކިއު ތަކުންނެވެ.

އެވަރަކުން ނިމުނީއެއްވެސް ނޫނެވެ. ރާއްޖެ އިސްލާމްވި ތާރީހީ ދުވަހާ ގުޅުވައި ބޭންކު ހުޅުވައި، ހިދުމަތް ފެށި ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓްތަކުން 316 މިލިއަން ރުފިޔާގެ ޑިޕޮޒިޓް އެމްއައިބީއަށް ވަނީ ޖަމާކޮށްފަ އެވެ. އަދި ފުރަތަމަ އަހަރު ނިމުނުއިރު އެމްއައިބީގެ ޖުމްލަ އެސެޓް ވަނީ 487 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

އޭރު އިސްތިސްނާ، މުރާބަހާ އަދި އިޖާރާގެ އުސޫލުން ފައިނޭންސިން ދޫކުރަން ފެށި ނަމަވެސް، އިސްލާމީ އުސޫލުތަކަށް ފެތޭ މަނީ މާކެޓާއި ކެޕިޓަލް މާކެޓް އިންސްޓްރުމެންޓްތައް ރާއްޖޭގައި ނެތުމުގެ ސަބަބުން، ލިބުނު ޑިޕޮޒިޓްގެ ބޮޑު ބައެއް ފައިދާއެއް ނުލިބޭ ގޮތަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބަހައްޓަންޖެހުނެވެ. މިއީ އޭރު ބޭންކުގެ އާމްދަނީއަށާއި ލިކުއިޑިޓީ މެނޭޖްކުރުމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވި ނަމަވެސް، އެމްއައިބީން ވަނީ އެ ސާބިތުކަން ދަމަހައްޓާފަ އެވެ.

އެ ދުވަހު ކުރިމަތިވި މާލީ އަދި އުމްރާނީ ގޮންޖެހުންތަކުން އަރައިގަނެ، ފާއިތުވި 15 އަހަރުގެ ތެރޭގައި އެމްއައިބީން ވަނީ އާދަޔާހިލާފު ކުރިއެރުމެއް ހޯދާފަ އެވެ. ފުރަތަމަ އަހަރު 487 މިލިއަން ރުފިޔާގައި ހުރި ބޭންކުގެ ޖުމްލަ އެސެޓް، 2026 ގެ މެދުތެރެއަށް އައިއިރު މިވަނީ 19 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އުފުލިފަ އެވެ. އެއީ 3,800 އިންސައްތައަށްވުރެ ބޮޑު ކުރިއެރުމެކެވެ.

އޭގެ އިތުރުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓްތަކުން ބޭންކަށް ބަލައިގަތް ޑިޕޮޒިޓްގެ އަދަދު ވަނީ 16.22 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ފުރަތަމަ އަހަރާ އަޅާބަލާއިރު 5,032 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއައިބީގެ ހިދުމަތް ދޭން ފެށިތާ 15 އަހަރު ވެފައިވާއިރު، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ވަރުގަދަ ތަރުހީބާއި މެދުކެނޑުމެއްނެތް އެއްބާރުލުމަކީ، ރާއްޖޭގައި ކުރީއްސުރެ ގާއިމުވެފައިވާ ކޮންވެންޝަނަލް ބޭންކިން ނިޒާމަށް އޮތް ބަދަލެއްގެ ގޮތުގައި އިސްލާމީ ބޭންކިން ކުރިއެރުވުމަށް އޮތް ފުރުސަތާއި އޭގެ ކާމިޔާބީ ހާމަކޮށްދޭ މުހިންމު ނިޝާނެކެވެ. މިއީ ކުރިމަގުގައި ރާއްޖޭގައި އިސްލާމީ މާލީ ނިޒާމު އިތުރަށް ފުޅާވެ، ކުރިއަރައިގެން ދާނެކަމުގެ އުއްމީދީ ނިޝާނެއް ވެސް މެ އެވެ.

މިއަދު 'އެޕްލައިނައު' ޕޯޓަލް އާއި، ފައިސާ-ނެޓާއި ފައިސާ-މޮބައިލް ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާއެކު 218,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ އެމްއައިބީ ވަނީ، ޒަމާންވީފ ބޭންކުތައް ފަހަތަށް ޖައްސާލުމަށްފަހު، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ބޭންކުގެ މަގާމު ހޯދާފަ އެވެ.

ރާއްޖެ އިސްލާމްވި ތާރީހީ ދުވަހު ބިންގާ އަޅައި ފެށި މި ދަތުރަށް 15 އަހަރު ފުރުނުއިރު، ދިވެހިން ސާބިތުކޮށްދީފައިވަނީ ދިނަށް އޮތް ލޯތްބެވެ. ދީނީ ހަމަތަކުގެ މަތިން ކަންކަން ކުރުމަށް އޮތް ފަރުވާތެރިކަމެވެ. ގޮންޖެހުނަތަކާއި މުޅިން އާބޭންކެއް ނަމަވެސް ދައްކުވައިދިނީ އިތުބާރެވެ، މިކަން ކުރިއަރުވަން ފެންބޮވައިގެންފައި ތިބިކަމެވެ. އެމްއައިބީއާއިއެކު ދިވެހިން ތިބި ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox