ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް އިދާރާ: އެ ބޭންކުން ވަނީ ތިން ކުއާޓަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދާފައި --- ފޮޓޯ: އަދަދު

ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް އިދާރާ: އެ ބޭންކުން ވަނީ ތިން ކުއާޓަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދާފައި --- ފޮޓޯ: އަދަދު

ދުނިޔޭގެ މަޝްހޫރު ފޯބްސް މެގަޒިންއިން ފުރަތަމަ ފަހަރަށް ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޖާގަ ހޯދައިފި އެވެ.

މާކެޓް ރިސާޗް ފާމެއް ކަމަށްވާ ސްޓެޓިސްޓާއާ ގުޅިގެން ފޯބްސްއިން އެކުލަވާލި މި ލިސްޓަކީ ބޭންކުތަކުގެ މާލީ ހިސާބުތަކާއި ކުރިއެރުމަށް ބަލައި ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.

މި ރޭންކިންގައި ބޭންކް އޮފް މޯލްޑިވްސް ހިމެނިފައިވަނީ ތިނެއް ބިލިއަން ޑޮލަރާއި ދިހަ ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތައް ހިމެނޭ ޓިއާ ހައެއް ގައި އެވެ. އެއީ ކުދި ބޭންކުތަކުގެ ގިންތި އެވެ.

މި ކެޓަގަރީން ބީއެމްއެލް ވަނީ 39 ވަނަ ރޭންކު ހޯދާފަ އެވެ. މި ލިސްޓުގައި 89 ގައުމަކުން ޖުމްލަ 500 ބޭންކު ވަނީ ހިމެނިފައެވެ.

ފޯބްސްއިން މި ލިސްޓު އެކުލަވާލުމުގައި ބަލާފައިވަނީ ކަސްޓަމަރުންގެ ހިޔާލުގެ ބަދަލުގައި ބޭންކުތަކުން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށެވެ. މީގެ ތެރޭގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ ޕްލެޓްފޯމްތަކުން ލިބުނު މައުލޫމާތާއި ބޭންކުތަކުން ހުށަހެޅި އެންމެ ފަހުގެ އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހިމެނެ އެވެ.

މި ލިސްޓަށް ބޭންކުތައް ހޮވުމުގައި މައިގަނޑު ހަތަރު ދާއިރާއަކަށް ވަނީ މާކްސް ދީފަ އެވެ. އެއީ ފައިދާ ނުވަތަ ޕްރޮފިޓަބިލިޓީއަށް 30 ޕަސެންޓު، ކުރިއެރުމާއި އާމްދަނީގެ ފެންވަރަށް 20 ޕަސެންޓު، ކެޕިޓަލް އަދި ފަންޑިން ރެސިލިއަންސަށް 25 ޕަސެންޓު އަދި އެސެޓް ކޮލިޓީ އާއި އެފިޝަންސީއަށް 25 ޕަސެންޓެވެ.

ފޯބްސްއިން ބޭންކުތައް އިވެލުއޭޓް ކުރުމުގައި ބޭނުންކުރި މިންގަނޑުތަކުގެ ތެރޭގައި ރިޓާން އޮން އެވްރެޖް އެސެޓްސް، ކޮސްޓް ޓު އިންކަމް ރޭޝިއޯ އަދި ނެޓް އިންޓްރެސްޓް މާޖިން ހިމެނެ އެވެ. މީގެ އިތުރުން ތިން އަހަރުގެ މުއްދަތެއްގައި ކަސްޓަމަރުންގެ ޑިޕޮސިޓް އިތުރުވި މިންވަރާއި، އިކުއިޓީ ރޭޝިއޯ އަދި ލޯން ޓު ޑިޕޮސިޓް ރޭޝިއޯއަށް ވެސް ވަނީ ބަލާފަ އެވެ.

މި ލިސްޓުގައި ހިމެނުމަށްޓަކައި ބޭންކެއްގެ އެސެޓްގައި މަދުވެގެން ތިން ބިލިއަން ޑޮލަރު ހުންނަން ޖެހެ އެވެ.

ބައިނަލްއަގުވާމީ ލިސްޓަކުން ބީއެމްއެލް ޖާގަ ހޯދިއިރު، މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ބޭންކުން ވަނީ 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދާފަ އެވެ. އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ މި އަހަރަކީ ބޭންކުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަހަރަށް ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox