ބީއެމްއެލްގެ އޭޓީއެމްތަކުން މަހަކު 3،500 ޑޮލަރު ނެގޭ ގޮތަށް ލިމިޓުކޮށްފި

Oct 1, 2026, 6:51 PM
ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ: ބޭންކުން ވަނީ މި ފަހުން ގިނަ ރަށްތަކެއްގައި އޭޓީއެމް ބަހައްޓާފައި --- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ: ބޭންކުން ވަނީ މި ފަހުން ގިނަ ރަށްތަކެއްގައި އޭޓީއެމް ބަހައްޓާފައި --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ  އޭޓީއެމް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާއިން ނެގޭ އަދަދު 3،500 ޑޮލަރަށް އެ ބޭންކުން މިއަދު ލިމިޓުކޮށްފި އެވެ.

ޑޮލަރު ތާށިވެ، ޑޮލަރު މުއާމަލާތްތަކާއި ޓްރާންސްފާތައް ލަސްވުމުގެ މައްސަލަ ބޮޑުވެފައިވާ ބީއެމްއެލްއިން މި ބަދަލު ގެނައުމަށް ފަހު ބުނީ، މިއީ ރާއްޖޭގައި ޒަމާނީ، "ޑިޖިޓަލް-ފަސްޓް" ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަނޑައެޅި ލިމިޓެއް ކަމަށެވެ.

ނަގުދު ފައިސާ ނެގޭ އަދަދު ލިމިޓު ކުރި ނަމަވެސް، ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ކާޑުތަކުން މިހާރު ދުވާލަކު 1،600 ޑޮލަރުގެ މުއާމަލާތް ކުރެވޭނެ ކަމަށެވެ. 

"މި ނިންމުމަކީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަވަސް، ރައްކާތެރި އަދި ލުއިފަސޭހަ ޑިޖިޓަލް މާލީ ނިޒާމެއް ކުރިއެރުވުމަށް ބީއެމްއެލް އިން ގެންގުޅޭ ދުރުރާސްތާގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް،" ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. 

ބީއެމްއެލްއިން ބުނީ ނަގުދު ފައިސާ ބޭނުންކުރަން ނުޖެހި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ބޭންކިިން ހިދުމަތްތައް ފޯރުކޮށްދޭން ބޮޑެތި އިންވެސްޓްމަންޓުތަކެއް އެ ބޭންކުން ކޮށްފައިވާ ކަމަށެވެ. 

އެ ގޮތުން ބީއެމްއެލް މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް، ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރެގެން ވެސް ބިލްތަކަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމުގެ އިތުރުން އެކައުންޓުގެ އެންމެހައި މުއާމަލާތްތައް ފަސޭހަކަމާއެކު ބަލަހައްޓައި މެނޭޖްކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އޭގެ އިތުރުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ކާޑު މެދުވެރިކޮށް އަދި ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކުމާއި، އެކައުންޓްތަކަށް ވަގުތުން ވަގުތަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން މިހެން ބުންޏަސް، އެ ބޭންކުން ވަނީ މި ސަރުކާރުގެ ސިޔާސަތެއްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮލަރު އޭޓީއެމްތައް ހިމެނޭގެން އޭޓީއެމްތައް ބަހައްޓާފަ އެވެ. މި ކަން ކުރި އިރު ވެސް ފާޑުކިޔާ މީހުން ވަނީ މިއީ ނަގުދު ފައިސާ ބޭނުންކުރުން މަދުކުރުން ބޭންކުން ގެންގުޅޭ ސިޔާސަތާ އިދިކީލި ކަމެއް ކަމަށް ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox