ބީއެމްއެލްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބީއެމްއެލްގެ ހެޑް އޮފީސް: އެ ބޭންކުން 12 ބުރީގެ އިމާރާތެއް މާލޭގައި ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށާފައި -- ފޮޓޯ: އަދަދު

ބީއެމްއެލްގެ ހެޑް އޮފީސް: އެ ބޭންކުން 12 ބުރީގެ އިމާރާތެއް މާލޭގައި ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށާފައި -- ފޮޓޯ: އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި ތިން ބުރީގެ މިކްސް-ޔޫސްޑް ކޮމާޝަލް އިމާރާތެއް ތަރައްގީކުރުމަށް ނިންމައި، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 12 ބުރީގެ އޮފީސް އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ 23،000 އަކަފޫޓުގެ ބޮޑު ބިމެއްގަ އެވެ. މި އިމާރާތުގެ ފްލޯ އޭރިއާގެ ގޮތުގައި 135،624 އަކަފޫޓު ހުންނާނެ ކަމަށް ބޭންކުން ބުނެ އެވެ. މީގެ އިތުރުން 6،000 އަކަފޫޓުގެ ބިމެއްގައި ތިން ބުރީގެ ކޮމާޝަލް އިމާރާތެއް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރަން ވަނީ ހަމަޖެހިފަ އެވެ. 

ބީއެމްއެލްގެ އިއުލާނުގައި މި އިމާރާތްތައް އަޅާނެ ސީދާ ސަރަހައްދެއް ބަޔާންކޮށްފައި ނުވި ނަމަވެސް، މާލޭގައި އެވަރުގެ ބޮޑު ބިމެއް އޮތީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި "ކޮރަލް ބޮލެވާޑް" ތަރައްގީކުރަން އުޅުނު ސަރަހައްދުގަ އެވެ. 

ބޭންކުން ހުޅުވާލާފައިވަނީ މި މަޝްރޫއުގެ ޑިޒައިން ކުރުމާއި، ފައިނޭންސް ކުރުމާއި، އަދި އިމާރާތް ކުރުމުގެ މަސައްކަތަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 250 މިލިއަން ރުފިޔާއަށް ވުރެ މަދުނޫން އަދަދެއްގެ އުސް އިމާރާތްތަކުގެ މަޝްރޫއުތައް ނިންމާފައިވާ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހެ އެވެ.

މި މަޝްރޫއުގެ އެންމެ ހާއްސަ އެއް ޝަރުތަކީ ކޮންޓްރެކްޓަރުން އަމިއްލައަށް މަޝްރޫއަށް ފައިސާ ހޯދައިގެން މަސައްކަތް ކުރިއަށް ގެންދިއުމެވެ. ބޭންކުން މަޝްރޫއަށް ފައިސާ ދައްކަން ފަށާނީ އިމާރާތް އެއްކޮށް ނިމުމުންނެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ފައިސާ އަނބުރާ ދެއްކުމަށް އެންމެ ދިގު މުއްދަތެއް ހުށަހަޅާ ފަރާތްތަކަށް މި ބިޑުގައި އިސްކަންދެވޭނެ އެވެ.

މި އިމާރާތްތައް ފަރުމާކުރުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޒަމާނީ އާކިޓެކްޗަރަލް ޑިޒައިންތަކާއި، ތިމާވެއްޓާ ރައްޓެހި އަދި ހަކަތަ އިސްރާފުނުވާނެ ފަދަ ވަސީލަތްތައް ހިމެނުމަށް ބޭންކުން ވަނީ ޝަރުތުކޮށްފަ އެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އޮކްޓޯބަރު 6، ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox