ނިއު މެޗަށް ވުރެން ވިކްޓަރީ މެޗު މާޒިޔާ އަށް ތަފާތުވާނެ: ޓްރުޗާ

Oct 10, 2026, 6:20 AM
މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ: އިންޓަވިއުއެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް

މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ: އިންޓަވިއުއެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭ މެޗަކީ ތަފާތު ޗެލެންޖެއް ކަމަށް މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ ބުނެފި އެވެ. 

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ދެ މެޗަށް ފަހު، އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލި އެވެ. ގަައުމީ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މާޒިޔާ އިން ކަމަށްވާއިރު، ޓްރުޗާ އަށް ޓްރެއިނިން ކުރިއަށްގެންދިއުމަށް ޗެލެންޖްތައް ދިމާވި އެވެ. އެހެންވެ، އަނެއްކާ ވެސް ދިގު ބްރޭކަކަށް ފަހު ލީގު އެނބުރި އައިއިިރު، ޓްރުޗާ ހުރީ ލިބުނު ފުރުސަތުތަކުގައި ކުޅުންތެރިންނާ އެކު ކުރެވޭނެ އެންމެ ރަނގަޅު މަސައްކަތްތަކެއް ކޮށްގެންނެވެ. 

"ދެ މެޗު ކުޅެފައި މި އޮތީ. ދެން މި އޮތީ އަނެއްކާ ހަތަރު މެޗު، ހިނގާ ބަލަމާ ކިތައް ޕޮއިންޓްތޯ މި މެޗުތަކުން ނެގެނީ،" ޓްރުޗާ ބުންޏެވެ. 

މާޒިޔާ އިން އެންމެ ފަަހުން ކުޅުނު މެޗުގައި ފަހު ވަގުތު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވެ، ހަތަރު އަަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު މެޗަކުން ބަލިވެ، ދިގު ރެކޯޑަކަށް ނިމުން އައީ އެވެ. 

ނިއު ރޭޑިއަންޓުން ފަހު ވަގުތު މާޒިޔާ ބަލިކޮށްފި

މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ނިއު ރޭޑިއަންޓުން މާޒިޔާގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މާޒިޔާ އިން ދެ ފަހަރު ލީޑުނެގި މި މެޗުގައި ނިއު އިން ދެ ފަހަރު ވެސް އެއްވަރުކުރި. ނިއު މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ބްރެޒިލް ފޯވާޑް ޑޯރީ ކާމިޔާބުކޮށްދިން ގޯލުން.

"މޯޓިވޭޓް ވާން އެބަޖެހޭ އަލުން ފަށަން. އަހަރެެމެން އެންމެ ފަހުން މެޗުގައި އެންމެ ފަހު ވަގުތު ބަލިވީ އިތުރު ވަގުތުގެ ވެސް. އަހަރެމެން އުފަލެއް ނުވާނެ އެ ކަމަކާ، އަދިވެސް ހިތްދަތިކަން އެބަހުރި. އެކަމަކު، އަަހަރެން ދެކޭ ގޮތުގައި ކުޅުންތެރިން ވެސް އެ ތިބީ ވަރުގަދަކޮށް އެނބުރި އަންނަން ކެތްމަދުވެފައި، އެއް ރެކޯޑަށް ނިމުން އަޔަސް އަހަރެމެން އާ ރެކޯޑެއް ފައްޓަން މި ބޭނުންވަނީ،" ޓްރުޗާ ބުންޏެވެ. 

މާޒިޔާ އަށް ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްދިން ޓްރުޗާ ބުނީ، މި ފަހަރުގެ ލީގުގެ ގޮތެއް ބުނަން ނޭނގޭކަން ކުރިން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ކަމަށެވެ. 

"ލީގު ފެށުނުއިރު ވެސް އަހަރެން ބުނިން މިއީ ޕްރިޑިކްޓް ކުރަން ފަސޭހަ ވާނެ ލީގެއް ނޫނޭ. ބޮޑު ޓީމެއް ބަލިނުކުރެވޭނެ ކަމަށް ބެލެވޭ ކުޑަ ޓީމެއް ވެސް މެޗެއްގައި ވަރަށް އުނދަގޫތަކެއް ކުރިމަތިކޮށްފާެނެ. އަހަރެމެންނަށް ފެނުނު ވިކްޓަރީ 3-0 އިން ކުރީގައި އޮވެފައި، 3-3 އިން އެއްވަރުވެ، ފަހުން 4-3 ވީ. އެހެންވީމަ، ކޮންމެ ޓީމަކަށް ވެސް ސަޕްރަައިޒެއް ދެވިދާނެ. މިއީ ޝައުގުވެރި ލީގެއް،" ޓްރުޗާ ބުންޏެވެ. 

"ނިއު މެޗަށް ވުރެން ވިކްޓަރީ މެޗު ބޮޑު ޗެލެންޖަކަށް ވުރެން ވާނީ ތަފާތު މެޗަކަށް، ވިކްޓަރީން އާ ކުޅުންތެރިން ގެނެސް އާ ކޯޗަކާ އެކީ އޮތުމަކީ މިދިޔަ ސީޒަނާ އެ ޓީމު ތަފާތުވާނެ ސަބަބުތައް، މި މެޗު ވާނީ ވަރަށް އުނދަގޫ މެޗަކަށް،" 

ގައުމީ ޓީމަށް ގިނަ  ކުޅުންތެރިން  ދިއުމަކީ ވަކި ޓީމަކަށް އެޑްވާންޓޭޖެކޭ ނޫނީ އެހެން ޓީމަކަށް ޑިސެޑްވާންޓޭޖެކޭ ބުނުމުގެ ޖާގައެއް ނެތް ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. އަދި، ކޯޗުންގެ ވަޒީފާ އަކީ ކޮންމެ ހާލަތެއްގައި ޓީމު ރަނގަަޅަށް ތައްޔާރުކުރުން ކަމަށްވާތީވެ، އޭނާ ވިސްނަނީ އެ ގޮތަށްކަން ޓްރުޗާ ފާހަގަަކުރި އެވެ. 

ވިކްޓަރީގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބަލިވެ އުޅޭތީވެ، ވިކްޓަރީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ، އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ. 

ލައްޗޭ ބުނީ، ވިކްޓަރީން ވަރަށް ރަނގަޅަށް މި ސީޒަނަށް ތައްޔާރުވެފައިވާ ކަމަށެވެ. އެ ގޮތުން، ފުރަތަމަ ދެ މެޗުން ކާމިޔާބުވެފައި އޮތުމާ އެކު، މާޒިޔާ މެޗަށް ކޯޗު ވަރަށް ބޮޑަށް ވިސްނާފައިވާނެ ކަމަށް ލައްޗޭ ފާހަގަކުރި އެވެ.  އަދި، މާޒިޔާ މެޗަކީ، "ކޮންމެހެން ހަދާފައި ވެސް މުބާރާތުގެ މެޗުތައް ކާމިޔާބުކުރަން" ކަނޑައަޅާފައިވާ އަޒުމާ އެއްގޮތަށް ކުރިއަށްދާން ޖެހޭ މެޗެއް ކަމަށް ވެސް ލައްޗޭ ބުނެފައިވެ އެވެ.

"އެހެންވީމަ ފިޒިކަލީ، މެންޓަލީ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ރެޑީވެފައި. މިދިޔަ ބްރޭކުގައި ދެއިރު ޓްރެއިނިން ވެސް ގެންގޮސްފައި އޮތީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ޓްރެއިނިން ސެޝަންގައި ބައިވެރިވެގެން މާޒިޔާ މެޗަށް އަންނަންވާއިރަށް މި އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" ލައްޗޭ ބުންޏެވެ. 

"ވިކްޓަރީ ސްކޮޑު މި ފަަހަރު މި އޮތީ މޯހަން ކޯޗު އައިސް ބަދަލުކޮށް، ވަރަށް ރަނގަޅުކޮށް އެކުލަވާލައިފައި، ދެން، މާޒިޔާ މެޗަށް ދާއިރު ވިކްޓަރީ އަށް އިންނަ އެޑްވާންޓޭޖަކަށް ބަލާއިރު، މާޒިޔާ އަށް ގިނަ މުއްދަތަކަށް ކުޅެފައި ތިބި ވަރަށް ސީނިއާ ގިނަ ކުޅުންތެރިން މިހާރު ތިބީ ވިކްޓަރީގައި އެހެންވީމަ، ފީލްޑަށް ބަލާއިރު، ވިކްޓަރީ އާއި މާޒިޔާ އަޅާބަލާއިރު، ވަކި ތަފާތުތަކެއް ނެތް، ދެން، މެޗުގައި އޮތީ މަސައްކަތްކުރުން،" 

މުބާރާތުގެ ކޮންމެ މެޗެއްގެ ވެސް ޗެލެންޖް ބޮޑުވާނެކަމަށް ފާހަގަކޮށް މާޒިޔާއާ ކުޅޭއިރު ވެސް އެކަން އޮންނާނެކަމަށް ލައްޗޭ  ބުނެފައިވެ އެވެ. 

"މާޒިޔާ އަކީ މިދިޔަ އަހަރުތަކުގައި ރާއްޖޭގެ މަޝްހޫރު ބޮޑު ހަމަ ރަނގަޅު މެނޭޖްމަންޓެއް އޮތް ރަނގަޅު ޓީމެއް، މި ވަގުތު ތައްްޔާރީތަކާއި ކޯޗިންގެ ކަންކަމާ ބަލާއިރު ބުރަވެވޭނީ ވިކްޓަރީ ކޮޅަށް. ވިކްޓަރީގެ ތައްޔާރީތަކާއި މޯޓިވޭޝަނާއި މި ހުރިހާ ކަމެއް މި ހުރީ މާޒިޔާ މެޗު ކާމިޔާބުކުރަން،" ލައްޗޭ ބުންޏެވެ. 

"ވިކްޓަރީގައި އެބައޮތް މާޒިޔާއާ ޗެލެންޖް ކުރެވޭ ވަރުގެ ޓީމެއް. ކުޅުންތެރިންނާއި ތައްޔާރީތަކާ ހުރިހާ ކަމަކަށް ބަލާއިރު،" 

މާޒިޔާ އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު، 16:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox