މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު 10 މެޗަށް ސަސްޕެންޑުކޮށް، ޖޫރިމަނާކޮށްފި

Sep 27, 2026, 11:14 PM
މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު އިންޓަވިއުއެއް ދެނީ.--- ފޮޓޯ: އިމޭޖަސް,އެމްވީ

މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު އިންޓަވިއުއެއް ދެނީ.--- ފޮޓޯ: އިމޭޖަސް,އެމްވީ

މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒައިރު 10 މެޗަށް ސަސްޕެންޑުކޮށް، 15،000 ރުފިޔާއިން ޖޫރިމަނާ ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިރޭ ނިންމައިފި އެވެ. 

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ސުޒެއިރު ސަސްޕެންޑު ކުރަން ނިންމީ ސެޕްޓެމްބަރު 17، ގައި ނިއުރޭޑިއަންޓާއި މާޒިޔާ ކުޅު މެޗުގައި "ހިނގައިދިޔަ ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތައް" އެ އެސޯސިއޭޝަންގެ ޑިސިޕްލަނަރީ ކޮމިޓީއިން ބެލުމަށްފަހު ކަމަށެވެ. 

ޖޫރިމަނާގެ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އެފްއޭއެމް އިން ވަނީ ސުޒައިރަށް އަންގައިފަ އެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން އެޕީލް ކުރަން ބޭނުންވާނަމަ ތިން ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެކަން ކުރަން އެފްއޭއެމް އިން ވަނީ އަންގައިފަ އެވެ.

ނިއުރޭޑިއަންޓުގެ އެސިސްޓެންޓު ކޯޗު ލޫޝިއާނޯ ބާބޯސާއަށް ހަމަލާދިން ކަމަށް ބުނެ ނިއު އިން ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ވަނީ ފަހުން އަނބުރާ ގެންގޮސްފަ އެވެ. 

ނިއު ރޭޑިއަންޓުން ފުލުހަށް ހުށަހެޅި މާޒިޔާގެ ސުޒެއިރުގެ މައްސަލަ އަނބުރާ ގެންގޮސްފި

ދިވެހި ލީގުގައި ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރުގެ މައްސަލަ ފުލުހަށް ހުށަހެޅުމަށްފަހު ނިއު އިން މިހާރު ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައި. ނިއު އިން މި މައްސަލަ އަނބުރާ ގެންދިޔައީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މިހާރު އެ މައްސަލަ ބަލަމުންދާތީ ކަމަށް އެ ކްލަބުން ބުނޭ

 ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުން

ނިއު އާއި މާޒިޔާ ކުޅުނު އެ މެޗުގެ 73 ވަނަ މިނިޓްގައި ހިނގަދިިޔަ ހަމަނުޖެހުމެއްގެ ސަބަބުން، ހަތް ވަރަކަށް މިނިޓަށް މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުމުންނެވެ. ހަމަނުޖެހުން ހިނގީ، ރެފްރީ ފައުލަކަށް ކަށިގަނޑު ފުމެފައިވަނިކޮށް، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު ޔާޔާ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް ގައިގައި ޖެހުމުންނެވެ.

އެ ވަގުތު ދަނޑަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެރިއިރު، ވަގުތުތަކަކަށް މެޗުގެ ކުޅުން ހުއްޓާލަން ޖެހުނެވެ. އެ ވަގުތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބަލައި، ނިއުގެ ބިލިޓީ އާއި އީތަން އިބްރާހިމް ޒަކީ އަދި މާޒިޔާގެ އިޔާން އަބްދުލް އަލީމް އަށް ރީނދޫ ކާޑެއް ދެއްކިއިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ އަބްދުﷲ މައިސާން (މައި) އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި، ސުޒެއިރަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. 

މީގެ ކުރިން ވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މި ފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅައި، ޖޫރިމަނާކޮށް ސަސްޕެންޝަންތައް ދީފައިވެ އެވެ. އަދި، ސަޕޯޓަރުން ދަނޑަށް އަރައިގެން ހިނގާފައިވާ ހަމަނުޖެހުންތަކުގެ މައްސަލަތައް ފުލުހުން ވެސް ބަލާފައިވެ އެވެ. އެކަމަކު، އެފްއޭއެމް ޑިސިޕްލިނަރީ ކޮމީޓީން ދެ ޓީމެއްގެ އޮފިޝަލެއްގެ މި ފަދަ މައްސަލައެއް ބަލަމުންދަނިކޮށް، ފުލުހަށް މި ގޮތަށް މައްސަލައެއް މި ހުށަހެޅީ ފުރަތަމަ ފަހަރެވެ.

ފުލުހުން އެންމެފަހުން ގަލޮޅު ދަނޑުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލާފައިވަނީ، 2024 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން މެޗެއްގެ ތެރެއިން، ސަޕޯޓަރުން ވެސް ދަނޑަށް އަރައިގެން ހިނގި ހަމަނުޖެހުމެއްގެ މައްސަލަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox