އެފްއޭއެމް އިން ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު ރޭޑިއަންޓުން ފުލުހަށް

Sep 22, 2026, 1:04 PM
މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު އިންޓަވިއުއެއް ދެނީ.--- ފޮޓޯ: އިމޭޖަސް,އެމްވީ

މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު އިންޓަވިއުއެއް ދެނީ.--- ފޮޓޯ: އިމޭޖަސް,އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި، މާޒިޔާގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒެއިރުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ. 

ނިއު އިން ވަނީ އެންމެ ފަހުން ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުުތުގެ ފަހު މިނިޓްގައި ލަނޑު ޖަހައި، 3-2 އިން މާޒިޔާ ބަލިކޮށްފަ އެވެ. މިއީ، 2022 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން ލީގުގެ މެޗަކުން މާޒިޔާ ބަލިވި ފުރަތަމަ ފަަހަރެވެ. އަނެއްކޮޅުން، 2018 ގެ ފަހުން ލީގުގެ މެޗަކުން ނިއު އަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ. 

އެ މެޗުގެ ތެރެއިން، މާޒިޔާގެ އެސިސްޓަންޓް ކޯޗު، ސުޒެއިރު އަށް ރަތެއް ދެއްކީ، ނިއުގެ އެސިސްޓަންޓް ކޯޗު، ލޫޝިއާނޯ ބާބޯސާ އަށް ހަމަލާ ދިނުމުން ކަމަށް ނިއު އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.  

އެ މައްސަލަ އެފްއޭއެމް އިން ބަލަމުން އަންނަކަން ނިއު އާއި މާޒިޔާ އަށް ވަނީ އަންގައިފަ އެވެ. އެފްއޭއެމް އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު، ނިއު އިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. 

މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރުގެ މައްސަލަ ނިއު ރޭޑިއަންޓުން އެފްއޭއެމް އަށް ހުށަހަޅައިފި

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން، މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން މައްސަލަ އެފްއޭއެމްއަށް ހުށަހަޅައިފި. ނިއު އިން ނެރުނު ބަޔާނެއްގައި މިފަދަ އަމަލުތައް ކުށްވެރިކޮށް، ސުޒެއިރާ މެދު އެކަށޭނަ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައި

ނިއު އާއި މާޒިޔާ ކުޅުނު އެ މެޗުގެ 73 ވަނަ މިނިޓްގައި ހިނގަދިިޔަ ހަމަނުޖެހުމެއްގެ ސަބަބުން، ހަތް ވަރަކަށް މިނިޓަށް މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުމުންނެވެ. ހަމަނުޖެހުން ހިނގީ، ރެފްރީ ފައުލަކަށް ކަށިގަނޑު ފުމެފައިވަނިކޮށް، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު ޔާޔާ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް ގައިގައި ޖެހުމުންނެވެ.

އެ ވަގުތު ދަނޑަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެރިއިރު، ވަގުތުތަކަކަށް މެޗުގެ ކުޅުން ހުއްޓާލަން ޖެހުނެވެ. އެ ވަގުތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބަލައި، ނިއުގެ ބިލިޓީ އާއި އީތަން އިބްރާހިމް ޒަކީ އަދި މާޒިޔާގެ އިޔާން އަބްދުލް އަލީމް އަށް ރީނދޫ ކާޑެއް ދެއްކިއިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ އަބްދުﷲ މައިސާން (މައި) އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި، ސުޒެއިރަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. 

މީގެ ކުރިން ވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މި ފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅައި، ޖޫރިމަނާކޮށް ސަސްޕެންޝަންތައް ދީފައިވެ އެވެ. އަދި، ސަޕޯޓަރުން ދަނޑަށް އަރައިގެން ހިނގާފައިވާ ހަމަނުޖެހުންތަކުގެ މައްސަލަތައް ފުލުހުން ވެސް ބަލާފައިވެ އެވެ. އެކަމަކު، އެފްއޭއެމް ޑިސިޕްލިނަރީ ކޮމީޓީން ދެ ޓީމެއްގެ އޮފިޝަލެއްގެ މި ފަދަ މައްސަލައެއް ބަލަމުންދަނިކޮށް، ފުލުހަށް މި ގޮތަށް މައްސަލައެއް މި ހުށަހެޅީ ފުރަތަމަ ފަހަރެވެ. ފުލުހުން ގަލޮޅު ދަނޑުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލާފައިވަނީ، 2024 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން މެޗެއްގެ ތެރެއިން، ސަޕޯޓަރުން ވެސް ދަނޑަށް އަރައިގެން ހިނގި ހަމަނުޖެހުމެއްގެ މައްސަލަ އެވެ. 

ބައިނަލް އަގުވާމީ ބޮޑެތި މުބާރާތްތަކުގައި، މެޗެއްގެ ތެރެއިން ދެ ޓީމެއްގެ މެދުގަައި ހަަމަނުޖެހުމާއި މާރާމާރީ ހިންގުމާ ގުޅިގެން، ފުރަތަމަ މައްސަލަ ބަލަނީ، އެސޯސިއޭޝަނެއްގެ ތެރޭގައި ހިމެނޭ ޑިސިޕްލިނަރީ ކޮމީޓީންނެވެ. އެ ކޮމިޓީން މައްސަލަ ނިންމާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ފުލުހުންނާއި ކޯޓު މަރުހަލާގައި ވެސް މި ބާވަތުގެ މައްސަލަތައް ކުރިއަށްގެންގޮސްފައިވެ އެވެ. އަދި، ބައެއް ގައުމުުތަކުގައި ސަޕޯޓަރުންނާއި އާންމުން ޝާމިލުވެގެން މެޗުތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ މައްސަލަ ސީދާ ފުލުހުން ވެސް ބަލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox