ބިސް ބުރުން ޕްރިމިއާ ލީގުގައި ވާދަކުރާއިރު ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

Oct 9, 2026, 11:14 AM
މީގެ ކުރިން ދަ ގްރާންޑޭ އަށް ކޯޗުކޮށްދިންއިރު ޕްރެކްޓިހެއްގެ ތެރެއިން ނާދު.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

މީގެ ކުރިން ދަ ގްރާންޑޭ އަށް ކޯޗުކޮށްދިންއިރު ޕްރެކްޓިހެއްގެ ތެރެއިން ނާދު.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

މާލެ ރީޖަން ލީގުގެ (ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ) ޗެމްޕިއަންކަން ހޯދައިގެން، ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބުން ވާދަކުރާއިރު، މި ލެވަލްގައި ވާދަކުރުމުގެ ފެންވަރާއި ތަޖުރިބާ ހުރި ޓީމުތަކާ ކުޅެވޭ ވަރުގެ "ނަމެއް" ބިސް ބުރުން ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު، އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ. 

ބިސް ބުރު ޓީމާ ހަވާލުވެ، ނާދު އަށް ލީގުގައި އެ ޓީމު ގޮވައިގެން ފުރަތަމަ މެޗުތަކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވެން ނެތީ، އުމުރާގެ އަޅުކަން އަދާކުރަން ފުރަން ޖެހުމުންނެވެ. އެކަމަކު، އެނބުރި އައިސް، ގައުމީ ޓީމަށް މި ދިޔަ ޕްރިމިއާ ލީގުގެ ބްރޭކުގެ ތެރޭގައި ނާދު ވަނީ ޓީމު ގޮވައިގެން ރަނގަޅު މަސައްކަތަކެއް ކޮށްފަ އެވެ. 

"ފުދޭ ވަރަކަށް އުނދަގޫވޭ ފުރަތަމަ ޑިވިޝަނުގެ ޓީމަކާ ހަވާލުވެފައި އަދި ދުވަސްކޮޅަކަށް ދާންވީމަ، ތަންކޮޅެއް އުނދަގޫތަކެއް އައި އެހެން ނަމަވެސް މިހާރު ޓީމަށް ޖޮއިން ވި ފަހުން ޓީމު އިންނާނީ ހަމަޔަކަށް އަޅުވާފައި، ޕްލޭޔަރުން ވެސް ހިއްލާލާފައި މުބާރާތަށް، މެޗުތަކަށް ވެސް ރަނގަަޅަށް ތައްޔާރުކުރެވިފައި މިހާރު އޮތީ، ފުރަތަމަ މެޗުގައި ނެތީ، ދެ ވަނަ މެޗަށް އައިން،" ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކޯޗުކޮށްދިން ނާދު ބުންޏެވެ. 

"ފުރަތަމަ ކަމަކީ, ބިސް ބުރު މި ނަން ވެސް މިއީ, ފުރަތަމަ ޑިވިޝަނަށް ވަރަށް މުހިންމު އެއްޗެއް. އީގަލްސް، ބުރު، ބުނާއިރު އެއީ، ކުރިމައްޗަށް އަރާނެ ފުރަތަމަ ޑިވިޝަނުގެ ހަމަ ޕްރިމިއާ ލީގު އެއްޗެހީގައި ނަން އެއީ ވަރަށް މުހިންމު އެއްޗެއް. އެއީ، ވިސްނަން ޖެހޭނެ ތަންކޮޅެއް، އަޅުގަނޑުމެން ޓީމު މުޅިން އަލަށް މި ނުކުންނަނީ (މި ސީޒަނުގައި). އެހެންވީމަ، ބިސް ބުރަކީ ނަމުގެ ގޮތުން ތާރީހެއް ނޯވެދާނެ، ޕްރިމިއާ ލީގުގައި، އެއީ އެންމެ އުނދަގޫވާނެ ކަމަކަށް ދިމާވާނެ ކަމަކީ. އެ އަށް ވެސް ތައްޔާރުކުރަމުން ޓީމު މި އަންނަނީ،" 

ޕްރިމިއާ ލީގުގައި ބިސް ބުރުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން 3-1 އިން ބަލިވީ އެވެ. ދެ ވަނަ މެޗުގައި، ބިސް ބުރުން ވަނީ 1-0 އިން ދިއްދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެެވެ. ފުރަތަމަ ދެ މެޗުގެ ނަތީޖާ އަށް އަދި ލީގުގައި ދެން އޮތް ޓީމުތަކަށް ބަލާއިރު ނާދު ވަނީ މެދު ފަންތީގައި އުޅޭ ކްލަބްތަކުގެ ތެރޭގައި ބިސް ބުރު ހިމެނޭނެ ކަމަށް ބުނެފަ އެވެ. 

"އަޅުގަނޑުމެން މި މުބާރާތަށް ތައްޔާރުވިއިރު ވެސް އަޅުގަނޑު ވެސް ވިސްނާނެ، ރޭންކް ކުރާނެ ލެވަލްތަކެއް ހުންނާނެ، އެންމެ މަތީ ފަންތީގައި ވެސް، އެއާ ޖެހުނު، ދެން އެއާ ޖެހުނު. އަޅުގަނޑުމެން ޓީމު ރޭންކްކުރެވެނީ ދެ ވަނަ ފަންތީގައި ހިމެނޭނެކަމަށް އުންމީދުކުރަނީ. އެއީ، މިސާލަކަށް (އެންމެ މަތީގައި) އޭގެ ތެރޭގައި އުޅޭނެ، މިހާރު އެންމެ ބޮަޑަށް އޮތް ޓީމުތައް، ދެން އޭގެ ދަށުން އުޅޭ ޓީމުތައް، ދެން އުޅޭނެ މުޅިން އަލަށް ބައިވެރިވެ ރަށްރަށުން އަންނަ ޓީމުތަކާ އެއްޗެހި އުންމީދުކުރަނީ އެ ޓީމުތަކަށް ވުރެން އަޅުގަނޑުމެން ރަނގަޅުވާނެ ކަމަށް،" ނާދު ބުންޏެވެ. 

ބިސް ބުރުން މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. މިދިޔަ ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި ނިންމި ބުރުން މި ފަަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން، ބުރުން ކަޕް ވިނާސް ކަޕްގައި ކުޅުނު ތިން މެޗާ އެކު، ޖެހިޖެހިގެން ފަސް މެޗުން. މި ވަނީ ބަލިވެފަ އެވެ. 

ނާދު ބުނީ، ބުރާ ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗަކުން ވަރަށް ރަނގަޅަށް އެ ޓީމުގެ ކަންކަން އެނގިފައިވާ ކަމަށެވެ. އަދި، އެހެންކަމުން، މެޗަށް ތައްޔާރުވާނީ އެ އަށް ބަލައިގެން ކަމަށް ނާދު ފާހަގަކުރި އެވެ. 

"އަޅުގަނޑުމެން މެޗުތަކާ އެއްޗެހި ވެސް ބަލާލިން ބުރަކީ ވެސް އެންމެ ވަރުގަދަ އެއް ޓީމު، އުނދަގޫތަކެއް ހުންނާނެ، އެހެން ނަމަވެސް އަޅުގަނޑުމެން މި ޓީމު ވެސް ޕްލޭޔަރުން އެ ތިބީ އެ މެޗު ނަގަން ކެތްމަދުވެފައި. ސަބަބަކީ ބުރާ އެކީ ކުޅެފައި އިން މެޗަކަށް ވިސްނާފައި އެ ތިބީ،" ނާދު ބުންޏެވެ. 

ބުރުގެ ކޯޗު ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒް ބުނީ، އެ ޓީމަށް މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި ލިބުނު މުއްދަތުގައި ގިނަ ކަންތައްތަކެއް ރަނގަޅުކުރަން މަސައްކަތް ކުރެވުނު ކަމަށެވެ. އަދި، ކުރެވުނު ކަންކަމަށް ބަލާއިރު، ބިސް ބުރުއާ ދެކޮޅަށް ކުޅޭ މެޗުގައި ގިނަ ބަދަލުތަކެއް ގެނެވޭނެ ކަމަށް ރޮޑްރިގޭޒް ވަނީ ފާހަގަކޮށްފަ އެވެ. 

ރާއްޖޭގެ ފުޓްބޯޅަ މާހައުލުގައި އޭނާ ވެސް ކަންކަން ދަސްކުރަމުން އަންނަ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާއިރު، ބުރުގައި މި އޮތް ޖުމްލަކޮށް ޒުވާން ސްކޮޑާ އެކު ނަތީޖާ ނެރުމަށް މަސައްކަތް ކުރާ ކަމަށް ވެސް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. އަދި، މިހާރު ކުޅުންތެރިންނާއި މުޅި ޓީމުގެ ފޯކަސްއާ ކަންކަމަށް ބަލާއިރު، ޓީމު އޮތީ ރަނގަޅު މިސްރާބުގައި ކަމަށް ރޮޑްރިގޭޒް ގަބޫލުކުރެ އެެވެ. 

ބިސް ބުރު އާއި ބުރުގެ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox