ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

Oct 9, 2026, 7:30 PM
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ނަމަވެސް ފަހު ވަގުތު ލަނޑު ޖަހައި، ބިސް ބުރު ސްޕޯޓްސް ކްލަބުން 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ. 

ޕްރިމިއާ ލީގުގައި ބިސް ބުރުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން 3-1 އިން ބަލިވީ އެވެ. ދެ ވަނަ މެޗުގައި، ބިސް ބުރުން ވަނީ 1-0 އިން ދިއްދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެެވެ. އަދި، ބިސް ބުރުން މިއަދުގެ މެޗުގައި ބުރު ބަލިކުރީ ފަހަތުން އަރަ އެވެ. މި ނަތީޖާއާ އެކު މި ވަގުތު ބިސް ބުރު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެއީ، ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބުުރުން ވަނީ ލީޑުނަގައިފަ އެވެ. ރަނގަޅު  ކުޅުމަކާ އެކު މެޗު ފެށި ބުރުން ލީޑުނެގީ 30 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާނު) އެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު މިސްރުގެ މިޑްފީލްޑަރު، ހަލީލް ޖަމާލް ދިން ބޯޅައަކަށް އަރައި ޔާނު މި ލަނޑު ޖެހީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިގެންނެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރު އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

މެޗުގައި ބިސް ބުރަށް އުނދަގޫ ހާލަތެއް ކުރިމަތިވީ ކުޅުންތެރިއަކު މަދުވުމުންނެވެ. އެއީ، އެ ޓީމުގެ އުލޫފް އަހުމަދު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ، 76 ވަނަ މިނިޓްގަ އެވެ. އެކަމަކު ކުޅުންތެރިއަކު މަދުކޮށް ކުޅެ، ލަސްތަކެއް ނުވެ ބިސް ބުރުން އެއްވަރުކުރި އެވެ. 

ބިސް ބުރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 80 ވަނަ މިނިޓްގަ އެެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ބިދޭސީ ކުޅުންތެރިޔާ، އަލިއޫ އޮވޮލާބީ އެވެ. އޭނާ ފޮނުވާލި ބޯޅަ އަަމާޒުވީ ގޯލުގެ ކަނަށެވެ. އަދި، ބިސް ބުރުން ހިތްވަރު އެލުވާނުލައި ކުޅެ، އިތުރު ވަގުތުގެ ވެސް ފަހުކޮޅުގައި ލަނޑު ޖަހައި، ލީގުގައި ޖެހިޖެހިގެން ދެ ވަނަ މޮޅު މި ވަނީ ހޯދައިފަ އެވެ. މި ލަނޑު ޖަހައިދިނީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ފެނުނު، މަޖުދާން ސޯލިހު އެެވެ. 

މި ނަތީޖާއާ އެކު، ބުރު މި ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެވެ. ސީޒަން ފަށަން ކުޅުނު ކަޕް ވިނާސް ކަޕްގެ ތިން މެޗުން ބަލިވި ބުރު މި ވަނީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ތިން މެޗުން ވެސް ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox