އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

Oct 9, 2026, 10:58 PM
ގައްދޫ ކޮޅަށް އަހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައްދޫ ކޮޅަށް އަހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅެފައިވާ އާޖެންޓީނާގެ ލޫޝިއާނޯ ތެއިލާ ހަމަޖެއްސި ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ، ގދ. ގަައްދޫ އަތުން 4-0 އިން ބޮޑު މޮޅެއް ހޯދައި ވަރުގަދަކޮށް ފަށައިފި އެވެ. 

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޮޑިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނީ ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ އެވެ. އޭނާ ކޯޗުކަމުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވަނީ ބަލިވެފަ އެވެ. އޭގެ ފަހުން، ގްރެގޯރިއޯ ޓީމުން ދިއުމާ އެކު، އެސިސްޓަންޓް ކޯޗު، އަހުމަދު ފައްރާހު (ފައްރަ)ގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން ވަނީ މޮޅުވެފަ އެވެ. އަަަދި، އިންޓަނޭޝަނަލް ބްރޭކު ފެށުނުތަނާހެން އޮޑިން ވަނީ، 2008 ވަނަ އަހަރު ވިކްޓަރީ އަށް ކުޅުނު ތެއިލާއާ ޓީމު ހަވާލުކޮށްފަ އެވެ. 

މިރޭގެ ނަތީޖާއާ އެކު، އޮޑި ވަނީ ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، ތިން މެޗުން ހަ ޕޮއިންޓް ހޯދައި، ފައިދާ ގޯލުގެ ތަފާތުންނެވެ. އޮޑި އެކޭ އެއްވަރަށް ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި މާޒިޔާ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެ ތިން ޓީމުން ވެސް އަދި ކުޅުނީ ދެ މެޗެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އޮޑިން ފުރަތަމަ ހާފުގައި ވެސް ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. އޮޑިން ފުރަތަމަ ލަނޑު ޖެހީ ނުވަ ވަަނަ މިނިޓްގަ އެވެ. މިއީ، އެ ޓީމުގެ އަހުޒަމް ރަޝީދު (އަހު) ނެގި ކޯނަރަކަށް އަރައި، ބްރެޒިލްގެ ފޯވާޑް ހަޑްސަން ޑިއާޒް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ލަނޑު ޖަހައިދޭން ފުރުސަތު ހޯދައިދިން އަހު ވަނީ މެޗުގެ 16 ވަނަ މިނިޓްގައި އޮޑީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އަހު ޖެހި ލަނޑެކެވެ. 

މެޗުގެ 35 ވަނަ މިނިޓްގައި އޮޑިން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މުޒްދާން ހަސަން ހުސްކޮށްލާފައި ދިން ބޯޅައަކަށް އޭރިއާތެރެއިން ހުސްކޮށް އަރައި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ގޯލެކެވެ. އިއްބެ ވަނީ ހަމަޖެހިލައިފައި ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އޮޑިން ވަނީ ދެ ވަނަ ހާފަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން، މުހައްމަދު ސަހާއު (ބޭލް) އާއި ސާބިއާގެ ފޯވާޑް، ޓޮމިސްލާވް ޓޮޑޮރޯވިޗް ވަނީ ކުޅެން ނެރެފަ އެވެ. އޮޑިން ޖެހި ހަތަރު ވަނަ ލަނޑުގައި ފެނިގެންދިޔައީ އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނެވެ. އެ ގޮތުން، ސަހާއު ހުސްކޮށްލާފައި ދިން ބޯޅައަށް އަރައި، ސާބިއާގެ 19 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅުނު ޓޮޑޮރޯވިޗް ވަނީ ހަމަޖެހިލައިފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. 

މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި ކުޅޭ ގައްދޫން ލީގުަގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. ގައްދޫ ފުރަތަމަ ތިން މެޗު ކުޅުނީ އަމިއްލަ ދަނޑުގަ އެވެ. އެއީ، ނިއު އާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސްއާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox