ނިއު ރޭޑިއަންޓުން ފުލުހަށް ހުށަހެޅި މާޒިޔާގެ ސުޒެއިރުގެ މައްސަލަ އަނބުރާ ގެންގޮސްފި

Sep 27, 2026, 8:17 AM
މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު، ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ހިފައިގެން.

މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު، ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ހިފައިގެން.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި، މާޒިޔާގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒެއިރުގެ މައްސަލައެއް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފުލުހުންނަށް ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފި އެވެ. 

ނިއު އިން ވަނީ މީގެ ހަފްތާއެއް ކުރިން، ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުުތުގެ ފަހު މިނިޓްގައި ލަނޑު ޖަހައި، 3-2 އިން މާޒިޔާ ބަލިކޮށްފަ އެވެ. މިއީ، 2022 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން ލީގުގެ މެޗަކުން މާޒިޔާ ބަލިވި ފުރަތަމަ ފަަހަރެވެ. އަނެއްކޮޅުން، 2018 ގެ ފަހުން ލީގުގެ މެޗަކުން ނިއު އަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ.  އެ މެޗުގެ ތެރެއިން، މާޒިޔާގެ އެސިސްޓަންޓް ކޯޗު، ސުޒެއިރު އަށް ރަތެއް ދެއްކީ، ނިއުގެ އެސިސްޓަންޓް ކޯޗު، ލޫޝިއާނޯ ބާބޯސާ އަށް ހަމަލާ ދިނުމުން ކަމަށް ނިއު އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.  

އެފްއޭއެމް އިން ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު ރޭޑިއަންޓުން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

އެ މައްސަލަ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑިސިޕްލިނަރީ ކޮމިޓީ އިން ބަލަމުން އަންނަކަން ނިއު އާއި މާޒިޔާ އަށް ވަނީ އަންގައިފަ އެވެ. އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބަލަމުން އަންނަނިކޮށް ނިއު އިން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. 

އެކަމަކު، ނިއު އިން މިހާރު ވަނީ ފުލުުހުންނަށް ހުށަހެޅި އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. 

"އާދެ، (ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ) ގެންގޮސްފިން. އެފްއޭއެމް އިން މައްސަލަ ބަަލަމުންދާތީ އެ ގޮތަށް ނިންމީ،" ނިއު ރޭޑިއަންޓްގެ ޗެއާމަން، އަހުމަދު މުބީން، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވި އެވެ. 

ބައިނަލް އަގުވާމީ ބޮޑެތި މުބާރާތްތަކުގައި، މެޗެއްގެ ތެރެއިން ދެ ޓީމެއްގެ މެދުގަައި ހަަމަނުޖެހުމާއި މާރާމާރީ ހިންގުމާ ގުޅިގެން، ފުރަތަމަ މައްސަލަ ބަލަނީ، އެސޯސިއޭޝަނެއްގެ ތެރޭގައި ހިމެނޭ ޑިސިޕްލިނަރީ ކޮމީޓީންނެވެ. އެ ކޮމިޓީން މައްސަލަ ނިންމާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ފުލުހުންނާއި ކޯޓު މަރުހަލާގައި ވެސް މި ބާވަތުގެ މައްސަލަތައް ކުރިއަށްގެންގޮސްފައިވެ އެވެ. އަދި، ބައެއް ގައުމުުތަކުގައި ސަޕޯޓަރުންނާއި އާންމުން ޝާމިލުވެގެން މެޗުތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ މައްސަލަ ސީދާ ފުލުހުން ވެސް ބަލާފައިވެ އެވެ.

 ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުން

ނިއު އާއި މާޒިޔާ ކުޅުނު އެ މެޗުގެ 73 ވަނަ މިނިޓްގައި ހިނގަދިިޔަ ހަމަނުޖެހުމެއްގެ ސަބަބުން، ހަތް ވަރަކަށް މިނިޓަށް މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުމުންނެވެ. ހަމަނުޖެހުން ހިނގީ، ރެފްރީ ފައުލަކަށް ކަށިގަނޑު ފުމެފައިވަނިކޮށް، ނިއުގެ ލައިބީރިއާ މިޑްފީލްޑަރު ޔާޔާ ބިލީޓީ ޖެހި ބޯޅައެއް މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް ގައިގައި ޖެހުމުންނެވެ.

އެ ވަގުތު ދަނޑަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެރިއިރު، ވަގުތުތަކަކަށް މެޗުގެ ކުޅުން ހުއްޓާލަން ޖެހުނެވެ. އެ ވަގުތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބަލައި، ނިއުގެ ބިލިޓީ އާއި އީތަން އިބްރާހިމް ޒަކީ އަދި މާޒިޔާގެ އިޔާން އަބްދުލް އަލީމް އަށް ރީނދޫ ކާޑެއް ދެއްކިއިރު، މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އާއި ނިއުގެ އަބްދުﷲ މައިސާން (މައި) އަށް ރަތް ކާޑެއް ދެއްކި އެވެ. އަދި، ސުޒެއިރަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. 

މީގެ ކުރިން ވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މި ފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅައި، ޖޫރިމަނާކޮށް ސަސްޕެންޝަންތައް ދީފައިވެ އެވެ. އަދި، ސަޕޯޓަރުން ދަނޑަށް އަރައިގެން ހިނގާފައިވާ ހަމަނުޖެހުންތަކުގެ މައްސަލަތައް ފުލުހުން ވެސް ބަލާފައިވެ އެވެ. އެކަމަކު، އެފްއޭއެމް ޑިސިޕްލިނަރީ ކޮމީޓީން ދެ ޓީމެއްގެ އޮފިޝަލެއްގެ މި ފަދަ މައްސަލައެއް ބަލަމުންދަނިކޮށް، ފުލުހަށް މި ގޮތަށް މައްސަލައެއް މި ހުށަހެޅީ ފުރަތަމަ ފަހަރެވެ.

ފުލުހުން އެންމެފަހުން ގަލޮޅު ދަނޑުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލާފައިވަނީ، 2024 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން މެޗެއްގެ ތެރެއިން، ސަޕޯޓަރުން ވެސް ދަނޑަށް އަރައިގެން ހިނގި ހަމަނުޖެހުމެއްގެ މައްސަލަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox