ރަސްމާލެ ދޫކޮށްލަން ހެދި އެގްރިމެންޓު ހާމަކުރަން ގޮވާލައި މަޖިލީހަށް މައްސަލައެއް ވައްދައިފި

Oct 5, 2026, 9:01 AM
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލްސް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ހެދި އެގްރިމެންޓު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މެންބަރު މީކާއިލް އަހުމަދު ނަސީމް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. 

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މީކާއީލް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރަސްމާލެ ދޫކޮށްލަން ސެޕްޓެމްބަރު 21، ގައި ހެދި އެގްރިމެންޓާމެދު ވަރަށް ގިނަ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން އޭނާ ފާހަގަ ކުރި މައްސަލަތަކުގެ ތެރޭގައި؛ 

  • އެއްބަސްވުން ހާމަނުކުރުން ދައުލަތުގެ މާލިއްޔަތަށް ގެއްލުންލިބި، ކޮރަޕްޝަނަށް މަގުފަހިވުން
  • އެއްބަސްވުން ހާމަނުކުރުމުގެ ސަބަބުން
  • ރައްޔިތުންގެ ފައިސާއިން ބިން ހިއްކުމަށްފަހު، ދިޔަ ހަރަދު ވެސް ނުލިބޭ ގޮތަށް އެތަން އީގަލް ހިލްސްއަށް ދޫކޮށްލުން
  • ރަސްމާލެއިން 500 ހެކްޓަރު 99 އަހަރަށް ދިނުން
  • އެކުއިޒިޝަން ކޮސްޓެއް ނުވަތަ ބިމު ކުއްޔަށް ނުނަގާ ގޮތަށް ރަސްމާލެ ދޫކޮށްލުން
  • ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީގެން (ރޯލިން އިންޓްރެސްޓް އުފެއްދުމުގެ ހައްގު) އީގަލް ހިލްސްއަށް އޮތުން

އޭގެ އިތުރުން، ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ބަޔަކަށް ދޫނުކޮށްލެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް މީކާއީލް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި ރަސްމާލެ ދޫނުކޮށްލަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެކަން ވެސް މީކާއީލްގެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

ޔޫއޭއީގެ އީގަލް ހިލްސް އަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ 99 އަހަރަށެވެ. ރަސްމާލެއިން އެޕާޓްމަންޓެއް ގަންނަ ބިދޭސީ މީހާއަށް ލިބޭ 99 އަހަރުގެ ލީސް މުއްދަތުގައި އެތަން ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ދިނުން ގާނޫނުއަސާސީ ހުއްދަ ކުރެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގާނޫނެއް މިހާތަނަކަށް ނެތެވެ. ޓޫރިޒަމާ ބެހޭ ގާނޫނުން ހުއްދަ ލިބެނީ 50 އަހަރަށެވެ. އަދި ލީސް މުއްދަތު އިތުރު 49 އަހަރަށް އެކްސްޓެންޑު ކުރެވިދާނެ އެވެ. 

ސްޕެޝަން އިކޮނޮމިކް ގާނޫނުގެ ދަށުން ބިދޭސީ ބަޔަކަށް އެންމެ ގިނަވެގެން ބިމެއް ދޫކުރެވެނީ 66 އަހަރަށެވެ. އެކަމަކު އެ މުއްދަތު 33 އަހަރަށް އިތުރު ކުރެވިދާނެ އެވެ. 

ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ވަޒީރު މުއްތަލިބު ވިދާޅުވީ ރަސްމާލޭގައި އަޅާ އިމާރާތްތައް ވިއްކައިގެން ދައުލަތަށް ތިން ބިލިއަން ޑޮލަރު ނުވަތަ 46 ބިލިއަން ރުފިޔާ 10 އަހަރު ތެރޭގައި ލިބޭނެ ކަމަށެވެ. އެއީ މިދިޔަ އަހަރު ބަޖެޓަށްވުރެ ވެސް ކުޑަ އަދަދެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox